ކައުންސިލުން ހިންގާ ޙަރަކާތްތައް

2023 ވަނައަހަރު އަތޮޅު ކައުންސިލުން ހިންގި މުހިންމު ޙަރަކާތްތައް

ފ. އަތޮޅު ޤުރުއާން މުބާރާތް 2023 ބޭއްވުން

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން މިއަތޮޅުގެ ރަށްރަށުގެ ސްކޫލް މަދަރުސާތަކަށް ހުޅުވާލައިގެން ޤުރުއާން މުބާރާތެއް 2023 ނޮވެންބަރު 23 އިން 25 އަށް ބާއްވާފައި ވެއެވެ. މި ޤުރުއާން މުބާރާތުގައި މިއަތޮޅުގެ ހުރިހާ ރަށެއްގެ ސްކޫލް މަދަރުސާތަކުން ބައިވެރި ވެފައި ވެއެވެ. ޖުމްލަ 88 ދަރިވަރުން ބައިވެރިވި މި މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮފީގައި ބައިވެރި ވެފައިވަނީ 51 ދަރިވަރުންނެވެ. ނުބަލައި ކިޔެވުމުގެ ގޮފީގައި ބައިވެރިވެފައިވަނީ 37 ދަރިވަރުންނެވެ. އަންހެން ދަރިވަރުންގެ ގޮތުގައި 53 ދަރިވަރުން ބައިވެރިވެފައިވާއިރު، ފިރިހެން ދަރިވަރުންގެ ގޮތުގައި ބައިވެރި ވެފައިވަނީ 35 ދަރިވަރުންނެވެ.

ފ. އަތޮޅު ޤުރުއާން މުބާރާތް މީގެކުރިން ބާއްވަމުން ގެންދިޔައީ މުބާރާތް ބޭއްވުމަށް އަތޮޅު ކައުންސިލުން ނިންމާ ރަށެއްގައި ނަމަވެސް 2023 ވަނަ އަހަރުން ފެށިގެން ޤުރުއާން މުބާރާތް ބާއްވާ ރަށެއް ކަނޑައަޅާނީ މުބާރާތް ހޯސްޓް ކޮށްގެން ކަމަށާއި، ސްކޫލްތަކާއި ގުޅުންހުރި މުބާރާތްތައް ކުރިއަށް ގެންދާނީ އަތޮޅު ކައުންސިލާއި ސްކޫލްތަކާ ގުޅިގެން ކަމަށް އަތޮޅު ކައުންސިލުން ނިންމާފައިވާތީ، ޤުރުއާން މުބާރާތް ހޯސްޓްކުރުމުގެ ފުރުޞަތު މިއަތޮޅުގެ ސްކޫލް މަދަރުސާ ތަކަށް ހުޅުވާލުމުން މުބާރާތް ހޯސްޓް ކުރުމަށް ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެންމެގިނަ މާކްސް ހޯދައިގެން މުބާރާތް ހޯސްޓްކޮށްފައިވަނީ ފ. މަގޫދޫ ސްކޫލުންނެވެ. މަގޫދޫ ސްކޫލުން މުބާރާތް ހޯސްޓް ކޮށްފައިވާތީ މިއަހަރުގެ މުބާރާތް ބާއްވާފައިވަނީ މަގޫދޫގައެވެ. މުބާރާތް ފެށީ 2023 ނޮވެންބަރު 23 ވަނަ ދުވަހުގެރޭ 20.30 ގައެވެ. މުބާރާތް ނިންމާފައިވަނީ 2023 ނޮވެންބަރު 25 ވަނަ ދުވަހުގެ 13.00 ގައެވެ.

މުބާރާތުގެ އިންތިޒާމްތައް ހަމަޖެއްސުމަށް މުބާރާތް ބާއްވާ ރަށެއްގެ ސްކޫލަކަށް ދިނުމަށް އަތޮޅު ކައުންސިލުން ނިންމާފައިވާ -/20،000 ރުފިޔާ މަގޫދޫ ސްކޫލާއި ޙަވާލު ކުރެވިފައި ވެއެވެ. ޤުރުއާން މުބާރާތުގައި ބައިވެރިވި ސްކޫލް މަދަރުސާތަކުގެ ތެރެއިން މުބާރާތް ބާއްވާ ރަށްފިޔަވައި އެހެން ރަށްރަށުގެ ސްކޫލް މަދަރުސާތަކަށް ދޭ ރަމްޒީގެ އެހީގެ ފައިސާގެ ޢަދަދަދު -/3،000 ރުފިޔާއިން -/5،000 ރުފިޔާއަށް މިއަހަރު ބޮޑުކޮށް ކޮންމެ ސްކޫލަކަށް -/5،000 ރުފިޔާ ދިނުމަށް އަތޮޅު ކައުންސިލުން ނިންމާފައިވާތީ، ފ. އަތޮޅު މަދަރުސާ، ބިލެއްދޫ ސްކޫލް، ދަރަނބޫދޫ ސްކޫލް، ފ. އަތޮޅު ތަޢުލީމީ މަރުކަޒަށް މުބާރާތް ފެށުމުގެ ކުރިން -/5،000 ރުފިޔާ ޙަވާލު ކުރެވިފައި ވެއެވެ.

2023 ވަނަ އަހަރުގެ ފ. އަތޮޅު ޤުރުއާން މުބާރާތުން 01 ވަނަ ހޯދާފައިވަނީ ފ. އަތޮޅު މަދަރުސާގެ ދަރިވަރު ޢާއިޝަތު ޔާނާ އަޙްމަދެވެ. 02 ވަނަ ހޯދާފައިވަނީ ފ. އަތޮޅު މަދަރުސާގެ ދަރިވަރު ރުޚާއު ރިފްޢަތު މުޙައްމަދެވެ. 03 ވަނަ ހޯދާފައިވަނީ ފ. ދަރަނބޫދޫ ސްކޫލްގެ ދަރިވަރު މިޝްކާ މޫސާއެވެ. މި މުބާރާތުން 01 ވަނަ ސްކޫލަކަށް ހޮވިފައިވަނީ ފ. އަތޮޅު ތަޢުލީމީ މަރުކަޒެވެ. 02 ވަނަ ސްކޫލަކަށް ހޮވިފައިވަނީ ފ. އަތޮޅު މަދަރުސާއެވެ. 03 ވަނަ ސްކޫލަކަށް ހޮވިފައިވަނީ ބިލެއްދޫ ސްކޫލެވެ.

މި މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން 01 ވަނަ ހޯދާފައިވަނީ ފ. އަތޮޅު މަދަރުސާގެ ދަރިވަރު ޢާއިޝަތު ޔާނާ އަޙްމަދެވެ. 02 ވަނަ ހޯދާފައިވަނީ ފ. ދަރަނބޫދޫ ސްކޫލްގެ ދަރިވަރު މިޝްކާ މޫސާއެވެ. 03 ވަނަ ހޯދާފައިވަނީ ފ. މަގޫދޫ ސްކޫލްގެ ދަރިވަރު ރައިޠަތު ބިންތި މުޙައްމަދު މުޞްތަފާއެވެ. ބަލައިގެން ކިޔެވުމުގެ ގޮފިން 01 ވަނަ ސްކޫލަށް ހޮވިފައިވަނީ ފ. އަތޮޅު ތަޢުލީމީ މަރުކަޒެވެ. 02 ވަނަ ސްކޫލަކަށް ހޮވިފައިވަނީ ފ. ބިލެއްދޫ ސްކޫލެވެ. 03 ވަނަ ސްކޫލަކަށް ހޮވިފައިވަނީ ފ. މަގޫދޫ ސްކޫލެވެ.

މި މުބާރާތުގެ ނުބަލައި ކިޔެވުމުގެ ގޮފިން 01 ވަނަ ހޯދާފައިވަނީ ފ. އަތޮޅު މަދަރުސާގެ ދަރިވަރު ރުޚާއު ރިފްޢަތު މުޙައްމަދެވެ. 02 ވަނަ ހޯދާފައިވަނީ ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު އާމިނަތު މަލްހާ ނަސީމެވެ. 03 ވަނަ ހޯދާފައިވަނީ ފ. ބިލެއްދޫ ސްކޫލްގެ ދަރިވަރު އަޙްމަދު އައިކް ފާރިޝްއެވެ. ނުބަލައި ކިޔެވުމުގެ ގޮފިން 01 ވަނަ ސްކޫލަށް ހޮވިފައިވަނީ ފ. އަތޮޅު ތަޢުލީމީ މަރުކަޒެވެ. 02 ވަނަ ސްކޫލަކަށް ހޮވިފައިވަނީ ފ. އަތޮޅު މަދަރުސާއެވެ. 03 ވަނަ ސްކޫލަކަށް ހޮވިފައިވަނީ ފ. ބިލެއްދޫ ސްކޫލެވެ.

ފ. އަތޮޅު ޤުރުއާން މުބާރާތުން 01 ވަނައަށް ދިޔަ ފ. އަތޮޅު ތަޢުލީމީ މަރުކަޒަށް -/10،000 ރުފިޔާ، 02 ވަނައަށް ދިޔަ ފ. އަތޮޅު މަދަރުސާއަށް -/7،000 ރުފިޔާ އަދި 03 ވަނައަށް ދިޔަ ފ. ބިލެއްދޫ ސްކޫލަށް -/5،000 ރުފިޔާގެ ފައިސާގެ އިނާމު ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ދީފައި ވެއެވެ. އަދި ޤުރުއާން މުބާރާތުގެ ދެ ގޮފީގައި ހިމެނޭ 01 ވަނަ 02 ވަނަ އަދި 03 ވަނައަށް ދިޔަ ދަރިވަރުންނަށާއި، މުޅި މުބާރާތުން 01 ވަނަ 02 ވަނަ އަދި 03 ވަނައަށް ދިޔަ ދަރިވަރުންނަށްވެސް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ހުށަހަޅާފައިވާ ފައިސާގެ އިނާމުވެސް މިރަސްމިއްޔާތުގައި އެ ދަރިވަރުންނާއި ޙަވާލު ކޮށްފައި ވެއެވެ.

ފ. އަތޮޅު ޤުރުއާން މުބާރާތުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން މާލޭގައި ބާއްވާ 36 ވަނަ ޤައުމީ ޤުރުއާން މުބާރާތަށް ހޮވުނު ދަރިވަރުންނަށް ހަނދާނީ ލިއުން މިރަސްމިއްޔާތުގައި ހަވާލުކޮށްފައި ވެއެވެ. ޤައުމީ ޤުރުއާން މުބާރާތަށް ހޮވާފައިވަނީ 22 ދަރިވަރުންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފިން 12 ދަރިވަރުންނާއި، ނުބަލައި ކިޔެވުމުގެ ގޮފިން 10 ދަރިވަރުންނެވެ.


ފ. އަތޮޅު އިންޓަރސްކޫލް ކުޅިވަރު މުބާރާތް 2023 ބޭއްވުން

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން މިއަތޮޅުގެ ރަށްރަށުގެ ސްކޫލް މަދަރުސާތަކަށް ހުޅުވާލައިގެން ކުޅިވަރު މުބާރާތެއް 2023 އޮކްޓޫބަރު 08 އިން 13 އަށް މިއަތޮޅު ބިލެއްދޫގައި ބާއްވާފައި ވެއެވެ. މި ކުޅިވަރު މުބާރާތުގައި ހިމެނެނީ ހޭންޑްބޯލް މުބާރާތަކާއި ފުޓްސަލް މުބާރާތެކެވެ. މި ކުޅިވަރު މުބާރާތުގައި މިއަތޮޅުގެ ހުރިހާ ރަށެއްގެ ސްކޫލް މަދަރުސާތަކުން ބައިވެރި ވެފައި ވެއެވެ. ހޭންޑްބޯލް މުބާރާތް ކުރިއަށް ގެންދިޔައީ ސްކޫލް މަދަރުސާ ތަކުގެ އަންހެން ދަރިވަރުންގެ މެދުގައެވެ. ފުޓްސަލް މުބާރާތް ކުރިއަށް ގެންދިޔައީ ފިރިހެން ދަރިވަރުންގެ މެދުގައެވެ. މިއީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން މިއަތޮޅުގެ ސްކޫލް މަދަރުސާ ތަކުގެ މެދުގައި ކުރިއަށް ގެންދިޔަ ފުރަތަމަ ކުޅިވަރު މުބާރާތެވެ. މުބާރާތް ހޯސްޓްކޮށްފައިވަނީ ފ. ބިލެއްދޫ ސްކޫލުންނެވެ.

ސްކޫލް މަދަރުސާތަކުގެ ގްރޭޑް 01 އިން 10 އާއި ދެމެދުގެ ދަރިވަރުންގެ މެދުގައި ކުރިއަށް ގެންދިޔަ މި ކުޅިވަރު މުބާރާތުގައި ކޮންމެ ސްކޫލަކުން އަންހެން ޓީމަކާއި ފިރިހެން ޓީމެއް ހިމެނޭގޮތަށް ޖުމްލަ 10 ޓީމު ބައިވެރި ވެފައި ވެއެވެ. ފ. ބިލެއްދޫ ފުޓްސަލް ދަނޑުގައި ކުރިއަށް ގެންދިޔަ މި ކުޅިވަރު މުބާރާތުގައި ފައިނަލް 02 މެޗާއެކު ޖުމްލަ 22 މެޗް ކުޅެފައި ވެއެވެ. ހަވީރު ކުރިއަށް ގެންގޮސްފައިވަނީ ހޭންޑްބޯލް މުބާރާތުގެ މެޗްތަކެވެ. ރޭގަނޑު ކުރިއަށް ގެންދިޔައީ ފުޓްސަލް މުބާރާތުގެ މެޗްތަކެވެ. ފައިނަލްމެޗް އޮތް ދުވަސް ފިޔަވައި އެހެން ކޮންމެ ދުވަހަކު ހޭންޑްބޯލް މުބާރާތުގެ 02 މެޗް، ފުޓްސަލް މުބާރާތުގެ 02 މެޗްގެ ކުޅުން ކުރިއަށް ގެންގޮސްފައި ވެއެވެ.

ލީގު އުޞޫލުން ކުރިއަށް ގެންދިޔަ މި ކުޅިވަރު މުބާރާތުގައި ހިމެނޭ ހޭންޑްބޯލް މުބާރާތުގެ ޗެންޕިއަންކަން ހޯދާފައިވަނީ ފ. އަތޮޅު މަދަރުސާގެ އަންހެން ޓީމެވެ. ރަނަރަޕް ޓީމަކީ ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އަންހެން ޓީމެވެ. ފެއާޕްލޭ ޓީމަކީ ފ. ބިލެއްދޫ ސްކޫލްގެ އަންހެން ޓީމެވެ. ފުޓްސަލް މުބާރާތުގެ ޗެންޕިއަންކަން ހޯދާފައިވަނީ ފ. ދަރަނބޫދޫ ސްކޫލްގެ ފިރިހެން ޓީމެވެ. ރަނަރަޕް ޓީމަކީ ފ. އަތޮޅު މަދަރުސާގެ ފިރިހެން ޓީމެވެ. ފެއާޕްލޭ ޓީމަކީ ފ. ބިލެއްދޫ ސްކޫލްގެ ފިރިހެން ޓީމެވެ.

މި ކުޅިވަރު މުބާރާތުގައި ހިމެނޭ ހޭންޑްބޯލް މުބާރާތާއި ފުޓްސަލް މުބާރާތުގެ ޗެންޕިއަންޓީމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން -/10،000 ރުފިޔާގެ ފައިސާގެ އިނާމު ދީފައި ވެއެވެ. ރަނަރަޕްޓީމަށް ދީފައިވަނީ -/7،000 ރުފިޔާގެ ފައިސާގެ އިނާމެވެ. މި މުބާރާތުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ފ. ބިލެއްދޫ ސްކޫލަށް ދީފައިވަނީ -/20،000 ރުފިޔާއެވެ.

މި ކުޅިވަރު މުބާރާތުގެ ކޯ ސްޕޮންސަރަކީ ރިއަލް ޖާޒީއެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ދަނިއުސްއެވެ. މި މުބާރާތުގެ މީޑިއާގެބައި ކުރިއަށްގެންދިއުމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލާއި، ދަނިއުސްއާއި ދެމެދު އެއްބަސްވެފައިވާ ގޮތުގެމަތިން މުބާރާތުގެ ހުރިހާ މެޗުތަކެއް ދަނިއުސްއިން ވަގުތުން ލައިވް ކޮށްފައި ވެއެވެ.


ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން އޭޒޯން ލައިސަންސްގެ ޚިދުމަތްދޭން ފެށުން

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ފަހަރު ދުއްވުމުގެ އޭޒޯން ލައިސަންސް ދޫކުރުމުގެ ޚިދުމަތް 03 އޮކްޓޫބަރ 2023 އިން ފެށިގެން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ދޭން ފަށައިފިއެވެ. މި ޚިދުމަތް ފެށުމާއެކު، މީގެކުރިން ދޫކުރަމުން ގެންދިޔަ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ފަހަރު ދުއްވުމުގެ ސީ ޒޯން ލައިސަންސް ދޫކުރުން އެތާރީޚުންފެށިގެން ވަނީ ހުއްޓާލާފައެވެ. އަލަށް ދޫކުރަންފެށި އޭޒޯން ލައިސަންސްގައި ދޫކުރާނީ ޑިޖިޓަލް ކާޑެވެ. ސީ. ޒޯން ލައިސަންސްގައި ދޫކުރަމުން ގެންދިޔައީ ފޮތެވެ.

އޭޒޯން ލައިސަންސްގެ ޚިދުމަތަށް އެދޭ ފަރާތްތަކުން ޚިދުމަތަށް އެދެންޖެހޭނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ސިމްސް https://sims.transport.gov.mv/login ޕޯޓަލްގެ ތެރެއިން އެމީހެއްގެ އީ ފާސް އެކަންޓް މެދުވެރިކޮށެވެ. މި ޚިދުމަތް ހޯދުމަށް ބޭނުންވާ ކޮންމެ މީހަކުވެސް އީ ފާސް އެކައުންޓެއް ހަދަންޖެހޭނެއެވެ.

އޭޒޯން ލައިސަންސް ހެއްދުމަށް ސަރުކާރަށް ދައްކަންޖެހޭ ފީތައް ދައްކަންޖެހޭނީ ސީދާ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނަށެވެ. އެމިނިސްޓްރީއަށް ފައިސާ ދައްކާނީ ސިމްސް ޕޯޓަލްގެ ތެރެއިން މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯޓަލް https://bandeyripay.finance.gov.mv މެދުވެރިކޮށެވެ. ލައިސަންސް ކާޑު އެމީހެއްގެ އީފާސްގެ ތެރެއިން ލިބޭގޮތަށް ހަމަޖެހިފައިވުމާއެކު، އެއްވެސް ފަރާތަކުން ލައިސަންސް ކާޑު ހޯދުމަށް އަތޮޅު ކައުންސިލަށް އަންނާކަށް ނުޖެހޭނެއެވެ.

ލައިސަންސް އަލަށް ހެއްދުން، އާކޮށްދިނުން، ކެޓަގަރީ އިތުރުކުރުން، ގެއްލިގެން، މަޢުލޫމާތު ބަދަލުވެގެން ހައްދާއިރު މިއިން ކޮންމެ ޚިދުމަތަކަށް -/100 ރުފިޔާ، ލައިސަންސްގެ ޢަމަލީ އިމްތިޙާނު ހަދާ ކޮންމެ ފަހަރަކު ދެފުރޮޅުލީ ވެހިކަލަކަށް -/25 ރުފިޔާ، ދެފުރޮޅަށްވުރެ ގިނަފުރޮޅުލީ ވެހިކަލަކަށް -/50 ރުފިޔާ، ހެވީ ގިންތީގައި ހިމެނޭ ވެހިކަލަށް -/150 ރުފިޔާގެ ފީއެއް ޚިދުމަތުގެ ފީގެ ގޮތުގައި ނެގުމަށް އަތޮޅު ކައުންސިލުން ނިންމާފައިވާތީ ލައިސަންސްގެ ޚިދުމަތް ހޯދާ ފަރާތްތަކުން މި ފީތައް އަތޮޅު ކައުންސިލަށް ދައްކަން ޖެހޭނެއެވެ.

ލައިސަންސް ޓްރެކްގެ ބޮޑުމިނަކީ 120X120 ފޫޓެވެ. ޓްރެކް ތައްޔާރު ކުރުމަށް ބޭނުންވާ ބިން ނިލަންދޫ ކައުންސިލުން އަތޮޅު ކައުންސިލާއި ޙަވާލުކުރީ 22 މޭ 2022 ގައެވެ. ޓްރެކް ތައްޔާރު ކުރުމުގެ މަސައްކަތްފެށީ 25 އޮކްޓޫބަރ 2022 ގައެވެ. މަސައްކަތް ނިމުނީ 15 ޖޫން 2023 ގައެވެ. ޚިދުމަތް ދިނުމަށްފެށިއިރު ޓްރެކްގެ ނަމުނާގައިވާ ގޮތުގެމަތިން ފުރިހަމަ ކުރަންޖެހޭ ހުރިހާ ކަމެއްވަނީ ފުރިހަމަކޮށްފައެވެ.

އޭޒޯން ލައިސަންސްގެ ޚިދުމަތް ދިނުމަށް މިއަތޮޅު ނިލަންދޫގައި ތައްޔާރުކުރި ލައިސަންސް ޓްރެކަކީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭވިއޭޝަނުން ކަނޑައަޅާފައިވާ މިންގަނޑަށް ތައްޔާރު ކޮށްފައިވާ ޓްރެކެކެވެ. މިޓްރެކް ތައްޔާރު ކޮށްފައިވާގޮތް އެމިނިސްޓްރީން ޗެކް ކުރެއްވުމަށްފަހު މިއަތޮޅުގައި އޭޒޯން ލައިސަންސް ދޫކުރުމުގެ ހުއްދަ 13 ޖުލައި 2023 ގައި ދެއްވާފައި ވެއެވެ.


މިއަހަރުގެ ޤައުމީ ދުވަހުގައި ދިދަނެގުމުގެ ރަސްމިއްޔާތު ބޭއްވުން

މިއަހަރުގެ ޤައުމީދުވަސް (01 ރަބީޢުލް އައްވަލު 1445) ފާހަގަ ކުރުމުގެ ގޮތުން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާގައި ދިދަ ނެގުމުގެ ރަސްމިއްޔާތު މިއަދުގެ ހެނދުނު 6.00 ގައި ބާއްވައިފިއެވެ. ޤުރުއާނުގެ ބަރާކާތުން މި ރަސްމިއްޔާތު ފައްޓަވައި ދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ ލީގަލް އޮފިސަރ ޙައްވާ އަނޫޝާއެވެ. ތަޢާރަފް ކުރުމާއި މަރުޙަބާ ދެންނެވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ އެސިސޓެންޓް ކައުންސިލް އޮފިސަރ ޢާއިޝަތު ޔުމްނާއެވެ.

މިރަސްމިއްޔާތުގައި އަތޮޅުކައުންސިލްގެ ރައީސް ޢަލީ މުޙައްމަދު ދެއްކެވި ވާހަކަ ފުޅުގައި، ދިވެހިރާއްޖޭގެ ޤައުމީ ދުވަހަކީ ކޮންދުވަހެއް ކަމާއި، އެދުވަސް ދިވެހިން ފާހަގަކުރަމުން ގެންދަނީ ކިހެނެއްވެގެންކަން ދިވެހިންނަށް އެނގެންޖެހޭ ކަމަށާއި، މިދުވަހަކީ ދިވެހިންގެ މެދުގައި ފަނޑުވެގެން ނުދާނޭ ދުވަހެއް ކަމަށާއި، ޕޯޒްގީޒުންގެ އަނިޔާވެރިކަމުން މި ދިވެހި ޤައުމު މިނިވަންކޮށްދެއްވި ބަޠަލް މުޙައްމަދު ތަކުރުފާނު ކުރެއްވި ވަރުގަދަ ޖިހާދުގެ ހަނދާންތައް އަނބަދުމެ އާކުރުމަކީ ދިވެހިންނަށް ލިބެމުންދާ ވަރަށްމަތިވެރި ފަޚްރަކާއި ޝަރަފެއްކަމުގައި ވިދާޅުވިއެވެ.

ދިވެހިންގެ މިނިވަންކަމާއި އިސްތިޤްލާލު ދަމަހައްޓައި ދިވެހިންގެ މިނިވަންކަން ގެއްލިގެންދިޔަ ނުދިނުމަށް މަސައްކަތްކުރުމަކީ ކޮންމެ ދިވެހި ރައްޔިތަކުވެސް ކުރަންޖެހޭ ކަމެއްކަމަށާއި، ދިވެހިންގެ މިނިވަންކަން ގެއްލިގެންދިޔަ ކޮންމެ ފަހަރަކުވެސް ދިވެހި ރައްޔިތުން ބަރުދާސްތު ކުރަމުން ގެންގޮސްފައިވާ ކަންތައްތައް ތާރީޚުން މިއަދު ފެންނަންހުރި ކަމަށްވިދާޅުވެ، ބޮޑުތަކުރުފާނު އެ ދެއްކެވި ނަމޫނާ ދިވެހި ކޮންމެ ރައްޔިތަކުވެސް ދެއްކެވުމަށް ރައީސް ޢަލީ މުޙައްމަދުގެ ވާހަކަ ފުޅުގައި ވިދާޅުވިއެވެ.

ޤައުމީ ސަލާމުން ނިންމި މިރަސްމިއްޔަތުގައި ނިލަންދޫގައިހުރި ސަރުކާރުގެ މުވައްސަސާތަކުގެ ވެރިންނާއި، މުވައްޒަފުންގެ އިތުރުން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ ވެރިންނާއި މުވައްޒަފުން ބައިވެރި ވެފައި ވެއެވެ.


ފ. އަތޮޅު ކައުންސިލްގެ ވޮލީ މުބާރާތް 2023 ބޭއްވުން

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން މިއަތޮޅުގެ ރަށްރަށުގެ ރަށުކައުންސިލް އިދާރާތަކަށް ހުޅުވާލައިގެން ވޮލީ މުބާރާތެއް 2023 އޮގަސްޓް 10 އިން 16 އަށް މިއަތޮޅު ނިލަންދޫގައި ބާއްވައިފިއެވެ. މި މުބާރާތުގައި މިއަތޮޅު ބިލެއްދޫ ކައުންސިލްގެ އިދާރާ ފިޔަވައި އެހެން ކައުންސިލް އިދާރާތަކުން އަންހެން ޓީމަކާއި ފިރިހެންޓީމެއް ހިމެނޭގޮތަށް ޖުމްލަ 08 ޓީމު ބައިވެރި ވެފައި ވެއެވެ.

ކޮންމެ ޑިވިޜަނަކުންވެސް ކޮންމެ ޓީމެއް ކޮންމެޓީމަކާ ވާދަކޮށްގެން އެންމެގިނަ ޕޮއިންޓްހޯދާ ދެ ޓީމެއް ފައިނަލުން ޖާގަހޯދާގޮތަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި ފިރިހެން ޑިވިޜަންގެ ޗެންޕިއަންކަން ހޯދާފައިވަނީ ނިލަންދޫ ކައުންސިލްގެ ޓީމެވެ. ފިރިހެން ޑިވިޜަންގެ ރަނަރަޕް ޓީމަކީ ފީއަލީ ކައުންސިލްގެ ޓީމެވެ. ފިރިހެން ޑިވިޜަންގެ ފެއަރޕްލޭ ޓީމަކީ މަގޫދޫ ކައުންސިލްގެ ޓީމެވެ.

އަންހެން ޑިވިޜަންގެ ޗެންޕިއަންކަން ހޯދާފައިވަނީ މަގޫކައުންސިލްގެ ޓީމެވެ. އަންހެން ޑިވިޜަންގެ ރަނަރަޕް ޓީމަކީ ފީއަލީ ކައުންސިލްގެ ޓީމެވެ. އަންހެން ޑިވިޜަންގެ ފެއަރޕްލޭ ޓީމަކީ ދަރަނބޫދޫ ކައުންސިލްގެ ޓީމެވެ.

މި މުބާރާތުގެ ކޯ ސްޕޮންސަރަކީ ރިއަލް ޖާޒީއެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ދަނިއުސްއެވެ. މި މުބާރާތުގެ މީޑިއާގެބައި ކުރިއަށްގެންދިއުމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލާއި، ދަނިއުސްއާއި ދެމެދު އެއްބަސްވެފައިވާ ގޮތުގެމަތިން މުބާރާތުގެ ހުރިހާ މެޗުތަކެއް ދަނިއުސްއިން ލައިވް ކޮށްފައި ވެއެވެ.

މި މުބާރާތުގެ ކޮންމެ ޑިވިޜަނެއްގެ ޗެންޕިއަންޓީމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން -/20،000 ރުފިޔާގެ ފައިސާގެ އިނާމު ދީފައި ވެއެވެ. ރަނަރަޕްޓީމަށް ދީފައިވަނީ -/10،000 ރުފިޔާގެ ފައިސާގެ އިނާމެވެ. މި މުބާރާތުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ނިލަންދޫ ކައުންސިލަށް އަތޮޅު ކައުންސިލުން ދީފައިވަނީ -/30،000 ރުފިޔާއެވެ.


މިއަހަރުގެ މިނިވަން ދުވަހުގައި ފ. އަތޮޅުކައުންސިލްގައި ދިދަނެގުމުގެ ރަސްމިއްޔާތު ބޭއްވުން

މިއަހަރުގެ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާގައި ދިދަ ނެގުމުގެ ރަސްމިއްޔާތު މިއަދުގެ ހެނދުނު 6.00 ގައި ބާއްވައިފިއެވެ. މިރަސްމިއްޔާތުގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާގެ ދިދަ ނަންގަވައި ދެއްވީ މިރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނު ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް ޢަލީ މުޙައްމަދެވެ.

އަތޮޅުކައުންސިލް އިދާރާގެ ގޯތިތެރޭގައި ބޭއްވި މިރަސްމިއްޔާތު ފެށުމުގެ ގޮތުން ޤުރުއާންކިޔެވީ ފ.އަތޮޅު ކައުންސިލް އިދާރާގެ ސީނިއަރ ކައުންސިލް އޮފިސަރ ޙައްވާ ޢަބްދުލް ޢަޒީޒެވެ. ރަސްމިއްޔާތު ތަޢާރަފުކޮށް، ރަސްމިއްޔާތަށް ވަޑައިގެންނެވި ބޭފުޅުންނަށް މަރުޙަބާ ދެންނެވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ފަރީދާ އިބްރާހީމެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ ދިދަ ނަންގަވައި ދެއްވުމަށްފަހު ދުވަހާ ގުޅޭގޮތުން ރައީސް ޢަލީ މުޙައްމަދު ވާހަކަފުޅު ދެއްކެވިއެވެ. ރައީސް ޢަލީ މުޙައްމަދު ދެއްކެވި ވާހަކަ ފުޅުގައި، ދިވެހިންނަކީ މިނިވަންކަމުގެ ފަޚުރުވެރި މާޒީއެއް އޮތް ބައެއް ކަމަށާއި، ދިވެހިންނާ ބެހޭގޮތުން އެނގެން އޮތް އެންމެ ދޮށީ ތާރީޚަކާ ހަމަޔަށް ވެސް ދިވެހީންނަކީ އަމިއްލަ މުސްތަޤިއްލު ވެރިކަމެއް ކުރަމުން އައި ބައެއްކަމަށް ވިދާޅުވިއެވެ.

ދިވެހިންގެ މިނިވަންކަމުގެ ތާރީޚު ކިތަންމެ ދިގު ކަމަށް ވިޔަސް އެ މިނިވަންކަމަށް ކޮންމެ ވެސް ވަރެއްގެ ކިލަނބުކަމެއް އައި ދުވަސްތަކެއް މާޒީގެ ސަފުހާތަކުގެ ތެރެއިން ފެންނަން އެބައޮތްކަމާއި، ކޮންމެ ފަހަރަކު ވެސް ދިވެހިންގެ މިނިވަންކަން ގެއްލިފައި ވަނީ ދިވެހިންގެ ބަޔަކު ވެރިކަމުގެ ދަހިވެތިކަމުގައި ކޮންމެ ވެސް ބޭރު ބައެއްގެ އެހީތެރިކަން ހޯދުމުންކަމަށް ވިދާޅުވިއެވެ.

ދިވެހިރާއްޖެ އިނގިރޭސިންގެ ޙިމާޔަތުގައި އޮތުމަށްފަހު ދިވެހިރާއްޖެއަށް މިނިވަންކަން ލިބިފައިވަނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 26 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ މިނިވަންދުވަސް ކަމުގައި ސަރުކާރުންވަނީ ހަމަޖައްސަވާފައެވެ. މިއަހަރަކީ ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނުތާ 58 ވަނަ އަހަރު ފުނުރު އަހަރެވެ.


ފަތުރުވެރިކަމުގެ ވިޔަފާރި ކުރުމަށް "މާގާ" ގޯތިން ބައެއް ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލަށް އާމްދަނީ ހޯދުމުގެ ގޮތުން ފަތުވެރިކަމުގެ ވިޔަފާރި ކުރުމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ "މާގާ" ގޯތިން 42630 (210 ފޫޓު ދިގު، 203 ފޫޓް ފުޅާ) އަކަފޫޓްގެ ބިން ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި ބިމަކީ ފ.އަތޮޅު ސްޓޭޓް ހައުސްގެ ގޯތީގެ ދެކުނުން އޮންނަ ބިމެކެވެ.

މި ބިމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް 2023 ޖުލައި 20 ވަނަ ދުވަހުގެ ހަވީރު 5.00 ގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތުގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް ޢަލީ މުޙައްމަދެވެ. މިބިން ކުއްޔަށްނެގި ފަރާތްކަމުގައިވާ ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ އޯކިޓް ޓުރަސްޓްގެ ފަރާތުން ސޮއި ކުރެއްވީ ފ.މަގޫދޫ އޯކިޑްވިލާ އިބްރާހީމް ނަޞީރު މުޙައްމަދެވެ.

ފަތުރުވެރި ކަމުގެ ވިޔަފާރި ކުރުމަށް މިބިން ކުއްޔަށް ދޫކޮށްފައިވަނީ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުންފެށިގެން 30 އަހަރު ދުވަހުގެ މުއްދަތަށެވެ. ގްރޭސް ޕީރިއަޑަކީ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުންފެށިގެން 01 އަހަރު ދުވަހުގެ މުއްދަތެވެ.

ފަތުވެރިވަކަމުގެ ވިޔަފާރި ކުރުމަށް މިބިމުގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ޢިމާރާތްކޮށްފައިވާ ދެ ޢިމާރާތްވެސް އޯކިޑް ޓުރަސްޓަށްވަނީ ދޫކޮށްފައެވެ. މި ދެ ޢިމާރާތުގައި 04 ކޮޓަރި ހުރެއެވެ. އޭގެ ތެރެއިން ދެ ކޮޓަރިއަކީ މިހާރުވެސް ބޭނުން ކުރަމުން ގެންދާ ދެ ކޮޓަރިއެވެ. އަނެއް ދެ ކޮޓަރީގެ ފިނީޝިން މަސައްކަތްހުރީ ނުނިމިއެވެ.

މިބިމުގެ ކުލި ދައްކަން ފަށާނީ 2024 ޖުލައި މަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ.


ލައިސަންސް ދޫކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުން

މިއަތޮޅުގެ ރަށްރަށުގައި އެއްގަމާއި ކަނޑުގެ ލައިސަންސް ދޫކުރުމަށް ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން މިއަތޮޅު ދަރަނބޫދޫގައި އެއްގަމު ލައިސަންސް ދޫކުރުމުގެ ޕްރޮގްރާމެއް 2023 ޖޫން 12 ވަނަ ދުވަހު ދަރަނބޫދޫގައި ކުރިއަށް ގެންގޮސްފިއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި، ދަރަނބޫދޫ ކައުންސިލާއި ގުޅިގެން އެރަށުގައި ކުރިއަށް ގެންދިޔަ ލައިސަންސް ދޫކުރުމުގެ މި ޕްރޮގްރާމްގައި ދަރަނބޫދޫގެ 30 ފަރާތަކުން ބައިވެރިވެފައި ވެއެވެ. މިދަތުރުގައި ޢަމަލީ އިމްތިޙާނުންނާއި، ދުއްވުމުގެ އިމްތިޙާނުން ފާސްވި ފަރާތްތަކަށް އެއްގަމު ލައިސަންސްފޮތް ދޫކޮށްފައި ވެއެވެ.


ރަށުކައުންސިލްތަކުގެ މުވައްޒަފުން ތާޒާކުރުމުގެ ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުން

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން އިސް ނަގައިގެން މިއަތޮޅުގެ ރަށުކައުންސިލް ތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދަށާއި، ޕްރޮކިއުމެންޓް ނިޒާމާއި، ވިޔަމޮޑިއުލަށް އަހުލުވެރި ކުރުވުގެ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ނިލަންދޫ ކައުންސިލްގެ މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 2023 ޖޫން 04 އިން 05 އަށެވެ. ބިލެއްދޫ ކައުންސިލްގެ މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 2023 ޖޫން 06 އިން 07 އަށެވެ. ދަރަނބޫދޫ ކައުންސިލްގެ މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 2023 ޖޫން 10 އިން 12 އަށެވެ. މަގޫދޫ ކައުންސިލްގެ މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 2023 ޖޫން 12 އިން 13 އަށެވެ. ފީއަލީ ކައުންސިލްގެ މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 2023 ޖުލައި 04 އިން 06 އަށެވެ.

ކޮންމެ ކައުންސިލެއް ވަކިން ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމްގައި 40 މުވައްޒަފުން ބައިވެރިވެ ތަމްރީނު ފުރިހަމަ ކޮށްފައި ވެއެވެ.


ތަޖުރިބާ ހޯދުމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ މުވައްޒަފުން ދަތުރެއް ކުރުން

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުން ތަޖުރިބާ ހޯދުމަށް ކޮޅުމަޑުލަށް ދަތުރެއް ކޮށްފިއެވެ. މި ދަތުރުގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް ޢަލީ މުޙައްމަދާއި، ސެކްރެޓަރީ ޖެނެރަލް އަޙްމަދު އިބްރާހީމްގެ އިތުރުން އިދާރީ ވެރިންނާއި އިދާރީ މުވައްޒަފުންނާއި މަސައްކަތު މީހުންގެ ތެރެއިން 17 މުވައްޒަފުން ބައިވެރި ވެފައި ވެއެވެ.

2023 ޖޫން 01 އިން 03 އަށް ކޮޅުމަޑުލަށް ކުރި މިދަތުރުގައި ކޮޅުމަޑުލުގެ 06 ރަށަކަށް ޒިޔާރަތްކޮށް އެ ރަށްރަށުގެ ކައުންސިލް ތަކުގެ މަސައްކަތްތައް ހިނގަމުންދާ ގޮތުގެ މަޢުލޫމާތު ހޯދާފައި ވެއެވެ. މީގެ އިތުރުން ކޮޅުމަޑުލު އަތޮޅުކައުންސިލް އިދާރާއިން ކުރަމުން ގެންދާ މަސައްކަތްތަކުގެ މަޢުލޫމާތާއި ތަޖުރިބާވެސް މިދަތުރުގައި ހޯދާފައި ވެއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ކޮޅުމަޑުލަށް ކުރި މިދަތުރުގައި ކޮޅުމަޑުލު އަތޮޅު ކައުންސިލުންނާއި، އެ އަތޮޅުގެ ރަށުކައުންސިލްތަކުން ވަރަށް ރަގަނޅު މެހުމާންދާރީއެއް އަދާކުރައްވާފައިވާކަން ފާހަގަ ކުރެވެއެވެ.


ބިނާވެށިޕްލޭން ތައްޔާރުކޮށް އަޕްޑޭޓް ކުރުމާބެހޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބޭއްވުން

ނިލަންދެއަތޮޅު އުތުރުބުރީގެ ރަށްރަށުގެ ބިނާވެށިޕްލޭން ތައްޔާރުކޮށް އަޕްޑޭޓް ކުރުމާބެހޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް މިއަތޮޅުގެ ރަށުކައުންސިލް ތަކުގެ މުވައްޒަފުންނަށް ބާއްވައިފިއެވެ.

2023 އެޕްރީލް 22 ގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލްގައި އޮންލައިންކޮށް ކުރިއަށް ގެންދިޔަ މިބައްދަލުވުމުގައި ރަށުކައުންސިލް އިދަރާތަކުން 16 މުވައްޒަފުން ބައިވެރި ވެފައި ވެއެވެ. މި ބައްދަލުވުމުގައި މަޢުލޫމާތު ދެއްވާފައިވަނީ ބިނާވެށި ޕްލޭނާއި ލޭންޑް ސާރވޭ ކުރުމުގެ ތަޖުރިބާހުރި ކުންފުންޏެއް ކަމަށްވާ ފޯސައިޓު ކުންފުނީގެ ފަރާތުން ހަމްދޫނު ޚަލީލެވެ.


ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ އޮފީސްގޯތީގެ އިންފާރުގައި ކުލަލުން

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ އޮފީސް ގޯތީގެ ވަށާ އިންފާރުގައި ކުލަނުލާތާ ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން ކުލަ ވަރަށްބޮޑަށް ބާވެފައިވާތީ އިންފާރު މަރާމާތުކޮށް ކުލަކަހައި އިންފާރުގެ އެތެރެއާއި ބޭރުގައި ކުލަލުމުގެ މަސައްކަތް ކޮށްފިއެވެ.

އިންފާރުގައި ކުލަކަހައި މަރާމާތު ކުރަންޖެހޭ ތަންތަން މަރާމާތު ކުރުމުގެ މަސައްކަތްފެށީ 12 މާރިޗު 2023 ގައެވެ. މި މަސައްކަތް ރަމަޟާންމަހަށް މެދުކަޑާލުމަށްފަހު އަލުން މަސައްކަތްފެށީ 30 އެޕްރީލް 2023 ގައެވެ.

އިންފާރުގެ ދެފަރާތުގައި ކުލަލާންޖެހޭ ތަންތަނުގައި ކުލަލުމުގެ މަސައްކަތް ނިމުނީ 10 މޭ 2023 ގައެވެ. މި މަސައްކަތްކުރީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ އިދާރީ ބައެއް މުވައްޒަފުންނާއި އެއްގަމާއި ކަނޑުގެ އުޅަނދު ފަހަރުގެ މުވައްޒަފުންނެވެ.


ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ދީނީ ދަރުސްދިނުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިއުން

މިއަތޮޅުގެ ރަށްރަށުގެ ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ޕްރޮގްރާމް 2023 ވަނައަހަރުވެސް ކުރިއަށް ގެންގޮސްފިއެވެ. ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމްތައް މިއަހަރު ކުރިއަށް ގެންގޮސްފައިވަނީ އެކިފަރާތްތަކާއި ގުޅިގެންނެވެ.

1444 ވަނައަހަރުގެ ރަމަޟާންމަހަށް ތައްޔާރު ވުމުގެ ގޮތުން (2023 މާރިޗު 20 އިން 21 އަށް) މިއަތޮޅުގެ ފީއަލި ފިޔަވައި އެހެން ރަށްރަށުގައި ކުރިއަށް ގެންދިޔަ ދީނީދަރުސް ދިނުމުގެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލާއި، ފ.ޕޮލިސް ކުލަބާއި، ފ.ނިލަންދޫ ކައުންސިލްގެ އިދާރާއާއި، ފ.ނިލަންދޫ ޑޭލައިޓް ކުލަބާ ގުޅިގެންނެވެ.

ނިލަންދެއަތޮޅު އުތުރުބުރީގެ ހުރިހާ ރަށެއްގައި ރަމަޟާންމަހުގައި (2023 މާރިޗު 30 އިން 2023 އެޕްރީލް 01 އަށް) ކުރިއަށް ގެންދިޔަ ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލާއި، ފ.ޕޮލިސް ކުލަބާއި، ރަށްރަށުގެ ރަށުކައުންސިލްތަކާއި، ފ.ނިލަންދޫ ޑޭލައިޓް ކުލަބާއި، ފ.އަތޮޅު ހޮސްޕިޓަލްގެ ރެކްރިއޭޝަން ކްލަބާ ގުޅިގެންނެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލާއި، ފ.ޕޮލިސް ކްލަބާއި މިއަތޮޅު ނިލަންދޫގެ މުއައްސަސާތަކާއި ކްލަބް ޖަމްޢިއްޔާތަކާއި ގުޅިގެން ރަމަޟާންމަހުގެ ތެރޭގައި (14 އެޕްރީލް 2023 ގައި) މިއަތޮޅު ނިލަންދޫގައި ކުރިއަށް ގެންދިޔަ ދީނީދަރުސް ދިނުމުގެ ޕްރޮގްރާމްގައި ދީނީދަރުސް ދެއްވާފައިވަނީ އައްޝައިޚު އިބްރާހިމް އަޙުމަދެވެ.


ކީރިތި ޤުރުއާން ކިޔެވުމުގެ 35 ވަނަ ޤައުމީ މުބާރާތުން ވަނަހޯދި ދަރިވަރަށް މަރުޙަބާ ކިއުން

ކީރިތި ޤުރުއާނާބެހޭ މަރުކަޒުން އިންތިޒާމުކޮށްގެން 2022 ވަނައަހަރު ބޭއްވި ކީރިތި ޤުރުއާން ކިޔެވުމުގެ 35 ވަނަ ޤައުމީ މުބާރާތުގައި ކީސްޓޭޖު 05 ން ބަލައިގެން ކިޔެވުމުގެ ގޮފިން 03 ވަނަހޯދި ދަރިވަރަށް މަރުޙަބާ ކިއަފިއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ނަމުގައި ދެގޮފިން ޖުމްލަ 22 ދަރިވަރުން ބައިވެރިވި މި މުބާރާތުގައި ވަނަ ހޯދާފައިވަނީ ހަމައެކަނި ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ މަލާޒު މުޞްލިޙް މޫސާއެވެ.

ޤުރުއާން މުބާރާތުން މުސްލިޙް މޫސާ ހޯދި ކަމިޔާބީ ފާހަގަ ކުރުމުގެ ގޮތުން މުސްލިޙް މޫސާ އަށް މަރުޙަބާ ކިއުމުގެ ޙަފްލާއެއް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގައި 21 މާރިޗު 2023 ދުވަހު ބާއްވާފައި ވެއެވެ. މި ޙަފްލާގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ވެރިންނާއި މުވައްޒަފުންގެ އިތުރުން މުޞްލިޙް މޫސާއާއި އޭނާގެ މައިން ބަފައިން ބައިވެރިވެފައި ވެއެވެ.

މުސްލިޙް މޫސާ ހޯދި ކާމިޔާބީއާއި ގުޅިގެން އަތޮޅުކައުންސިލުން ދޭ ޓްރޮފީއާއި، ފައިސާގެ އިނާމުގެ ގޮތުގައި -/1500 ރުފިޔާ މުސްލިޙް މޫސާއާއި ޙަވާލު ކޮށްފައި ވެއެވެ.


ނިލަންދެއަތޮޅު އުތުރުބުރީގައި "ހަފްތާރެސް" ޕްރޮގްރާމް ބޭއްވުން

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ކުރިއަށް ގެންދާ "ހަފްތާރެސް" ޕްރޮގްރާމް 2023 މާރިޗު 07 އިން 12 އަށް ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫގައި ބާއްވައިފިއެވެ. މި ޕްރޮގްރާމްގެ މަޤްޞަދަކީ މުޖްތަމަޢުގައި ހުންނަ އެކިއެކި މައްސަލަތަކާގުޅޭ ދާއިރާތަކުން ޢާންމުންނާއި ޒުވާނުންގެ ހޭލުންތެރިކަން އިތުރުކުރުމާއި ޒުވާނުން ވަޒީފާގެ ބާޒާރަށް ނެރުމަށް މަސައްކަތް ކުރުމެވެ.

08 މާރިޗު 2023 ދުވަހު ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ޓީއާރުސީ ހޯލްގައިފެށި މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ޕްރޮގްރާމް ފައްޓަވައި ދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް ޢަލީ މުޙައްމަދެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި، ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބައިވެރިވެގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި މިއަތޮޅުގައި ހުރި ސަރުކާރުގެ އިދާރާތަކުގެ ވެރިންނަށް އަމާޒުކޮށްގެން "ލީޑަރުންނާއެކު" މިނަމުގައި ބައްދަލުވުމެއް ބޭއްވުމާއި، ތަރުބިއްޔަތު ކުރުމާގުޅޭގޮތުން މިއަތޮޅުގެ ސްކޫލް ތަކުގެ ދަރިވަރުންގެ ބެލެނިވެރިންނަށް މަޢުލޫމާތު ދިނުމާއި، "އަމާން ވިލުންތެރި މުޖްތަމަޢުއެއް ބިނާކުރުމަށް" މިނަމުގައި މިއަތޮޅުގެ ރަށްރަށުގެ ޒުވާނުންނަށާއި، ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް އަމާޒުކޮށްގެން ބައްދަލުވުންތައް ބޭއްވުމުގެ އިތުރުން މިއަތޮޅު ނިލަންދޫގައި ޢާއިލީ ހަވީރެއް ބައްވާފައި ވެއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫގައި ބޭއްވި މި "ހަފްތާރެސް" ޕްރޮގްރާމަކީ ވަރަށްބޮޑު ތަރުޙީބެއް ލިގެންދިޔަ ޕްރޮގްރާމެކެވެ.


2023 ވަނައަހަރު ރަށުކައުންސިލްތައް މޮނިޓަރ ކުރުން

މިއަތޮޅުގެ ރަށްރަށުގެ ރަށުކައުންސިލްތައް މޮނިޓަރ ކުރުމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން މިއަތޮޅުގެ ހުރިހާ ރަށުކައުންސިލްތައް މޮނިޓަރ ކުރުމުގެ މަސައްކަތް މިއަހަރު ނިންމައިފިއެވެ. ކައުންސިލްތައް މޮނިޓަރ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ 04 މުވައްޒަފުންގެ މައްޗަށް އެކުލެވޭ ޓީމަކުންނެވެ.

މިއަހަރު މޮނިޓަރ ކުރުމުގެ މަސައްކަތްފެށީ ނިލަންދޫ ކައުންސިލުންނެވެ. އެކައުންސިލް މޮނިޓަރ ކުރުމުގެ މަސައްކަތްފެށީ 08 ފެބްރުވަރީ 2023 ގައެވެ. ކައުންސިލްތައް މޮނިޓަރ ކުރުމުގެ މަސައްކަތް ނިންމީ 17 މާރިޗު 2023 ގައެވެ. 2021 ވަނައަހަރުގެ ނިޔަލަށް ހުރިހާ އަހަރުތަކެއްގެ މަސައްކަތް މޮނިޓަރ ކޮށްފައިވާތީ، މިއަހަރު ކުރިއަށް ގެންގޮސްފައިވަނީ ހަމައެކަނި 2022 ވަނަ އަހަރުގެ މަސައްކަތްތަކެވެ.

ރަށުކައުންސިލްތައް މޮނިޓަރ ކުރުމުގެ ބޭނުމަކީ ރަށުކައުންސިލް ތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް އަދާކުރަމުން ގެންދާގޮތް ބެލުމާއި، ހުށަހަޅަންޖެހޭ ރިޕޯޓްތަކާއި ލިއުންތައް ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހަޅާފައިވޭތޯ ބެލުމާއި ކައުންސިލްގެ މުދަލާއި ފައިސާގެ ކަންކަންތައްތަކާއި އިދާރީ ކަންތައްތައް ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތަށް ގެންދޭތޯ ބަލައި، އަތޮޅުކައުންސިލުން އެހީތެރިވެދޭންޖެހޭ ކަންކަމުގައި އެހީތެރިކަން ފޯރުކޮށް ދިނުމެވެ.

ރަށުކައުންސިލްތައް މޮނިޓަރ ކުރުމަށްފަހު މޮނިޓަރިންގައި ފާހަގަ ކުރެވުނު ކަންތައްތައް އިޞްލާޙްކޮށް ރަގަނޅު ކުރުމަށް ލަފާދެވޭ ކަންތައްތައް އިޞްލާޙްކޮށް ރަގަނޅުކުރާ މިންވަރު ބެލުމުގެ ގޮތުން 2022 ވަނައަހަރުން ފެށިގެން މޮނިޓަރިންގެ މަސައްކަތްތައް ރިވިއުކުރާގޮތަށް ނިންމައި އެމަސައްކަތް 2022 ވަނައަހަރުގެ ފަހުކޮޅުގައިވަނީ ކުރެވިފައެވެ. މިއީ މޮނިޓަރިންގެ މަސައްކަތުގެ ތެރެއިން އަލަށް ކުރަންފެށި މަސައްކަތެކެވެ.


2023 ވަނައަހަރުގެ ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުން

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން މިއަހަރުގެ (2023 ވަނައަހަރުގެ) ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކޮށްފިއެވެ. މިދުވަސް ފާހަގަ ކުރުމުގެ ގޮތުން 13 މާރިޗު 2023 ދުވަހު ބޭއްވި ޙަފްލާއޮތީ ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ތުނޑިމަތީގައެވެ. މިޙަފްލާގައި އަންހެން މުވައްޒަފުންގެ އިތުރުން ހުރިހާ ފިރިހެން މުވައްޒަފުންވެސް ބައިވެރިވެފައި ވެއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ އަންހެން މުވައްޒަފުންނަށް ޚާއްޞަ ކޮށްގެން ފާހަގަކުރި ކައުންސިލް އިދާރާގެ ފިރިހެން މުވައްޒަފުންގެ ފަރާތުން އަންހެން މުވައްޒަފުންނަށް ގިފްޓެއް ދިނުން އޮތެވެ. މިގިފްޓް އަންހެން މުވައްޒަފުންނާއި ޙަވާލުކޮށްދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ނައިބްރައީސާ ޢަޒުމީރާ އިބްރާހީމެވެ.

ބައިނަލް އަޤަވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ މި ޙަރަކާތުގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ އަންހެން މުވައްޒަފުންގެ މެދުގައި ތަފާތު ކުޅިވަރުތައް ބާއްވާފައި ވެއެވެ.

މިދުވަސް ފާހަގަ ކުރުމުގެ ގޮތުން ފިރިހެން މުވައްޒަފުންގެފަރާތުން ތައްޔާރުކުރި ހަވީރުގެ ސައިފޮދެއް އޮތެވެ. މި ސައިފޮދުގައި އަންހެން މުވައްޒަފުންގެ އިތުރުން ފިރިހެން މުވައްޒަފުންވެސް ބައިވެރިވެފައި ވެއެވެ.


ރަށުކައުންސިލްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން

މިއަތޮޅު ދަރަނބޫދޫ ކައުންސިލްގެ 2022 ވަނަ އަހަރުގެ މާލީ ބަޔާން ފުރިހަމަކޮށް ނިންމުމުގައި ފަންނީ އެހީތެރިކަން ދިނުމާއި ޢަމަލީގޮތުން މަސައްކަތުގެ އެހީތެރިކަން ފޯރުކޮށްދެވިފައި ވެއެވެ. އެގޮތުން މިމަސައްކަތުގައި 2023 މާރިޗް 02 އިން 04 އަށް ދަރަނބޫދޫ ކައުންސިލްގައި މިއިދާރާގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް އަޙްމަދު ރަފީޢު މަސައްކަތް ކުރައްވާފައި ވެއެވެ.

މިއަތޮޅު ބިލެތްދޫ ކައުންސިލްގެ މުވައްޒަފުން ޖެމްސްއަށް އަހުލުވެރި ކުރުމުގެ ގޮތުން ޖެމްސްގެ ތެރެއިން މަސައްކަތްތައް ކުރާނެގޮތްތަކާއި ލިޔެކިއުންތައް ޖެމްސްގައި ފައިލްކޮށް ބަލަހައްޓާނެގޮތުގެ މަޢުލޫމާތު 2023 މާރިޗް 02 އިން 04 އަށް ބިލެއްދޫ ކައުންސިލްގެ މުވައްޒަފުންނަށް ދެވިފައި ވެއެވެ. މިމަސައްކަތް ބިލެއްދޫ ކައުންސިލްގައި ކުރައްވާފައިވަނީ މިއިދާރާގެ ސީނިއަރ ކައުންސިލް އޮފިސަރ ޙައްވާ ޢަބްދުލް ޢަޒީޒެވެ.

މިއަތޮޅު ފީއަލީ ބިނާވެށި ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތުގައި ފީއަލީ ކައުންސިލަށް ފަންނީ އެހީތެރިކަން ދިނުމާއި، މަސައްކަތުގައި ޢަމަލީގޮތުން އެހީތެރިކަން ފޯރުކޮށްދެވިފައިވެއެވެ. އެގޮތުން މިމަސައްކަތުގައި 2023 ފެބުރުވަރީ 12 އިން 14 އަށް ފީއަލީ ކައުންސިލްގައި މިއިދާރާގެ ސީނިއަރ ކައުންސިލް އެގްޒެކްޓިވް އިބްރާހީމް ޝިފާޙް ޢަބްދުއްރަޙްމާނު މަސައްކަތް ކުރައްވާފައި ވެއެވެ.

މިއަތޮޅު މަގޫދޫ ކައުންސިލްގެ އައި.ޓީ އިންފްރާސްޓްރަކްޗަރ ރަނގަޅުކުރުމުގެ މަސައްކަތުގައި މަގޫދޫ ކައުންސިލަށް ފަންނީ އެހީތެރިކަން ދިނުމާއި، މަސައްކަތުގައި ޢަމަލީގޮތުން އެހީތެރިކަން ފޯރުކޮށްދެވިފައި ވެއެވެ. އެގޮތުން މިމަސައްކަތުގައި 2023 ފެބުރުއަރީ 02 އިން 05 އަށް މަގޫދޫ ކައުންސިލްގައި މިއިދާރާގެ ކޮމްޕިއުޓަރ ޓެކްނީޝަން ޢަބުދުލްވާހިދު ޢަބުދުލްއަޒީޒް މަސައްކަތް ކުރައްވާފައި ވެއެވެ.


ތަޖްރިބާ ހޯދުމަށް އަތޮޅު ކައުންސިލަރުން އިންޑިއާގެ ބެންގަލޫރަށް ދަތުރެއް ކުރުން

ތަޖުރިބާ ހޯދުމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލަރުން 2023 ފެބްރުވަރީ 20 އިން 23 އަށް އިންޑިޔާގެ ބެންގަލޫރަށް ދަތުރެއް ކޮށްފިއެވެ. މި ދަތުރުގައި އަތޮޅުކައުންސިލްގެ ނައިބްރައީސް ޢަބްދުﷲ ވަޙީދާއި، މެންބަރު ޢަބްދުލް ޙަމީދު އާދަމާއި، މެންބަރު އަޙްމަދު އަސްލަމާއި، މެންބަރު މޫސާ އަޙްމަދުގެ އިތުރުން އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު އިބްރާހީމްވެސް ބައިވެރިވެ ލެއްވިއެވެ.

އިންޑިޔާގެ ބެންގަލޫރަށް ކުރެއްވި މި ދަތުރުގައި ބެންގަލޫރު ސިޓީގައިހުރި އުކާލާ ކުނިބުނިން ކާނާ އުފެއްދުމާއި، ކުނި ނައްތާލުމުގެ މެޝިން އުފައްދާ ކާރުޚާނާއަކަށް ޒިޔާރަތް ކުރައްވައި އެކުންފުނިން އުފައްދާ މެޝިންތަކަކީ ރަށްރަށުގެ ކުނި ނައްތާލުމަށް ބޭނުންކުރެވިދާނެ މެޝިންތަކެއްތޯ ބަލައި، އަދި އެމެޝިންތައް ބޭނުންކޮށްގެން ކައުންސިލަށް އިތުރު އާމްދަނީ ހޯދުމުގެ މަސައްކަތްތައް ކުރެވިދާނެތޯއާއި، މެޝިންތައް ގަންނަންލިބޭ އަގަކީ އެކަށީގެންވާ އަގެއްތޯ ބަލައި، މެޝިންތަކުން ކުރާ ބޭނުމާއި މަސައްކަތްތައް ކުރަމުން ގެންދާ ގޮތުގެ މަޢުލޫމާތު އޮޅުންފިލުވާ ފައި ވެއެވެ.


ރަށުކައުންސިލް ތަކުގެ މުވައްޒަފުންނަށް މާލީބަޔާން ތައްޔާރުކުރަން ދަސްކޮށްދިނުމުގެ ތަމްރީނު ޕްރޮގްރާމެއް ހިންގުން

ނިލަންދެއަތޮޅު އުތުރުބުރީގެ ރަށުކައުންސިލް ތަކުގެ މުވައްޒަފުންނަށް މާލީ ބަޔާން ތައްޔާރު ކުރަން ދަސްކޮށްދިނުމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން 2023 ވަނަ އަހަރުވެސް މިއަތޮޅުގެ ހުރިހާ ރަށެއްގެ ރަށުކައުންސިލް ތަކުގެ މުވައްޒަފުންނަށް މާލީ ބަޔާން ތައްޔާރުކުރަން ދަސްކޮށް ދިނުމުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފިއެވެ.

މާލީ ބަޔާން ތައްޔާރު ކުރަން ދަސްކޮށް ދިނުމުގެ މިތަމްރީނު ޕްރޮގްރާމްގައި ހުރިހާ ކައުންސިލް ތަކުން ޖުމްލަ 15 ބައިވެރިން ބައިވެރިވެ ތަމްރީނު ފުރިހަމަކޮށްފައި ވެއެވެ. އެއީ ފީއަލީ ކައުންސިލުން 04 މުވައްޒަފުން، ބިލެއްދޫ ކައުންސިލުން 02 މުވައްޒަފުން، މަގޫދޫ ކައުންސިލުން 03 މުވައްޒަފުން، ދަރަނބޫދޫ ކައުންސިލުން 03 މުވައްޒަފުން އަދި ނިލަންދޫ ކައުންސިލުން 03 މުވައްޒަފުންނެވެ.

ރަށުކައުންސިލް ތަކުގެ މުވައްޒަފުންނަށް މާލީ ބަޔާން ތައްޔާރު ކުރަން ދަސްކޮށްދިނުމުގެ ތަމްރީނު ޕްރޮގްރާމް ހިންގަންފެށީ 2019 ވަނަ އަހަރުގައެވެ. ކޮވިޑްގެ ޙާލަތާ ގުޅިގެން 2020 ވަނައަހަރާއި، 2021 ވަނައަހަރު މި ޕްރޮގްރާމް ކުރިއަށް ގެންދެވިފައެއް ނުވެއެވެ. މިތަމްރީނު ޕްރޮގްރާމުން ގިނަ މުވައްޒަފުންތަކެއް ތަމްރީނު ކުރެވިފައި ވެއެވެ.


މިއަތޮޅުގެ ސްކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް ސައިބާ ސޭފްޓީ ޕްރޮގްރާމެއް ހިންގުން

ފ.ޕޮލިސްކުލަބާއި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް ގުޅިގެން މިއަތޮޅުގެ ހުރިހާ ސްކޫލްތަކެއްގެ ގްރޭޑް 06 އިން 10 ގެ ދަރިވަރުންނާއި އެދަރިވަރުންގެ ބެލެނިވެރިންނަށް ސައިބާ ސޭފްޓީއަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ. މި ޕްރޮގްރާމްގައި ރައްކާތެރިކަމާއެކު އިންޓަރނެޓް ބޭނުންކުރާނެގޮތާއި ދަރިވަރުން އިންޓަރނެޓް ބޭނުންކުރާއިރު ބެލެނިވެރިން ސަމާލުކަން ދޭންޖެހޭ ކަންތައްތަކާއި ދަރިވަރުން އިންޓަރނެޓް މެދުވެރިކޮށް ކުރާ ކަންތައްތައް ބަލާ މޮނިޓަރ ކުރާނެ ގޮތްތަކުގެ މަޢުލޫމާތު ދީފައި ވެއެވެ. މި ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވާފައިވަނީ ހެޑް އޮފް ސައިބަރ ޕޮލިސިންގ ސެނޓަރ ޗީފް އިންސްޕެކްޓަރ އަމީން އަބްދުލް ޤައްޔޫމްއެވެ.

ސައިބަރ ސޭފްޓީއަށް އަހުލުވެރި ކުރުމުގެ މިޕްރޮގްރާމްގައި ފ.އަތޮޅު މަދަރުސާއިން 104 ބެލެނިވެރިން، 84 ދަރިވަރުން، ބިލެއްދޫ ސްކޫލުން 50 ބެލެނިވެރިން، 62 ދަރިވަރުން، މަގޫދޫ ސްކޫލުން 72 ބެލެނިވެރިން، 62 ދަރިވަރުން، ދަރަނބުދޫ ސްކޫލުން 33 ބެލެނިވެރިން، 37 ދަރިވަރުން، ފ.އަތޮޅު ތަޢުލީމީ މަރުކަޒުން 107 ބެލެނިވެރިން ބައިވެރިވެފައި ވެއެވެ.

2022 ވަނައަހަރު ހިންގި މުހިންމު ޙަރަކާތްތައް

2022 ވަނަ އަހަރުގެ އަތޮޅު ކައުންސިލްގެ އަހަރީ ޙަފްލާ ބޭއްވުން

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގައި ވަޒީފާ އަދާކުރާ، ޚިދުމަތްތެރި މުވައްޒަފުންގެ އަގު ވަޒަން ކުރުމުގެ ގޮތުން 2022 ވަނަ އަހަރުގެ އަހަރީ ހަފްލާ 2022 ޑިސެންބަރ 10 ވަނަ ދުވަހުގެރޭ ފ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ބާއްވާފައި ވެއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ކުރީގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޖަލީލު ޝަރަފްވެރި ކޮށްދެއްވި މި ޙަފްލާގައި ޤުރުއާން ކިޔެވީ ސީނިއަރ ކައުންސިލް އޮފިސަރ ޙައްވާ ޢަބްދުލް ޢަޒީޒެވެ. ކިޔެވި އާޔަތްތަކުގެ ތަރުޖަމާ ކިޔައި ދެއްވީ ފައިނޭންސް އޮފިސަރ ފާޠިމަތު އިބްރާހީމެވެ. ޙަފްލާ ތަޢާރަފް ކުރުމާއި މަރުޙަބާ ދެންނެވީ ސެކްރެޓަރީ ޖެނެރަލް އަޙްމަދު އިބްރާހީމެވެ. ޙަފްލާ ހިނގަމުންދާގޮތް ހުށަހަޅައިދިނީ ސީނިއަރ ކައުންސިލް އޮފިސަރ ސީމާ ޢަލީއާއި، އޭރުގެ އެކައުންޓްސް އޮފިސަރ އާމިނަތު ރިލްފާއެވެ. ހަނދާނީފިލައި ލިބޭ ފަރާތްތައް އިޢުލާނުކޮށްދެއްވީ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ފަރީދާ އިބްރާހީމެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލަށް 33 އަހަރު ޚިދުމަތްކުރައްވައި އަމިއްލައަށް އެދިވަޑައިގެން 2021 އެޕްރީލް 04 ގައި ވަޒީފާއިން މުސްކުޅި ކުރައްވާފައިވާ މިއިދާރާގެ ކުރީގެ ޑިރެކްޓަރ ފ. މަގޫދޫ އޯކިޑްވިލާ އިބްރާހީމް ނަޞީރު މުޙައްމަދު އަތޮޅު ކައުންސިލަށް ކުރައްވާފައިވާ ޚިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން އަތޮޅު ކައުންސިލުންދޭ ހަނދާނީ ފިލައާއި، ހަނދާނީ ލިއުން ޙަވާލު ކުރުން މިޙަފްލާގައި އޮތެވެ. ހަނދާނީ ފިލައާއި، ހަނދާނީ ލިއުން އިބްރާހީމް ނަޞީރާއި ޙަވާލު ކޮށްދެއްވީ ފ. އަތޮޅު ކައުންސިލްގެ ރައީސް ޢަލީ މުޙައްމަދެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން އަތޮޅު ކައުންސިލްގެ ޚިދުމަތުގައި 15 އަހަރު ވެފައިވާ 09 ފަރާތަކަށާއި މިއިދާރާގެ ބެލުމުގެދަށުން ހިންގާ ފ. އަތޮޅު ސްޓޯރުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން އަތޮޅު ސްޓޯރުގެ ޚިދުމަތުގައި 15 އަހަރު ވެފައިވާ 01 ފަރާތަށް ޖުމްލަ 10 ފަރާތަކަށް ހަނދާނީ ފިއަލާއި، ހަނދާނީ ލިއުން ޙަވާލު ކުރުންވެސް މިޙަފްލާގައި ކުރިއަށް ގެންގޮސްފައި ވެއެވެ. ހަނދާނީ ފިއަލާއި ހަނދާނީ ލިއުން ޙަވާލުކޮށްދެއްވީ މިޙަފްލާގެ ޝަރަފްވެރި މެހުމާނު މުޙައްމަދު ޖަލީލެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ދެވަނަ ޙަފްލާގެ ގޮތުގައި ބޭއްވި މި ޙަފްލާގައި އަތޮޅުކައުންސިލްގެ ރައީސާއި، އަތޮޅުކައުންސިލްގެ މެންބަރުންނާއި، އަތޮޅުކައުންސިލްގެ ވެރިންނާއި މުވައްޒަފުންގެ އިތުރުން ނިލަންދޫގައި ހުރި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިންނާއި، އަތޮޅު ކައުންސިލްގައި ކުރީގައި ވަޒީފާ އަދާކުރައްވާފައިވާ ބައެއް މުވައްޒަފުން ބައިވެރިވެފައި ވެއެވެ.


2022 ވަނަ އަހަރުގެ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ޤުރުއާން މުބާރާތް ބޭއްވުން

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ޤުރުއާން މުބާރާތް 2022 އޮކްޓޫބަރު 26 އިން 28 އަށް މިއަތޮޅު ނިލަންދޫގައި ބާއްވައިފިއެވެ. މި މުބާރާތަކީ ނިލަންދެއަތޮޅު އުތުރުބުރީގެ ސްކޫލް / މަދަރުސާތަކުގެ ދަރިވަރުންނަށް ހުޅުވާލައިގެން ބޭއްވި މުބާރާތެކެވެ.

2022 އޮކްޓޫބަރު 26 ވަނަ ދުވަހުގެރޭ ފ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ފެށި މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލަށާއި، ނިލަންދެއަތޮޅު އުތުރުބުރިއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ކުރީގެ ޑިރެކްޓަރ ޖެނެރަލް ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ މިރިހި އަލްފާޟިލް މުޙައްމަދު ޖަލީލެވެ.

ކީރިތި ޤުރުއާނުގެ ބަރަކާތުން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ލީގަލް އޮފިސަރ އަލްއުސްތާޛާ އާމިނަތު ޢަރޫޝާ ފައްޓަވައި ދެއްވި މި ރަސްމިއްޔާތު ތަޢާރަފް ކުރުމާއި މަރުޙަބާ ދެންނެވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް ޢަލީ މުޙައްމަދެވެ.

ނިލަންދެއަތޮޅު އުތުރުބުރީގެ ހުރިހާ ސްކޫލް ތަކުން ބަލައިގެންނާއި ނުބަލައި ކިޔެވުމުގެ ގޮފިން ޖުމްލަ 77 ދަރިވަރުން (ބަލައިގެން ކިޔެވުމުގެ ގޮފިން 50 ދަރިވަރުން، ނުބަލައި ކިޔެވުމުގެ ގޮފިން 27 ދަރިވަރުން) ބައިވެރިކުރި މި މުބަރާތުގައި މިއަހަރު ކުދިން ބައިވެރި ކޮށްފައިވަނީ ޢުމުރުފުރާ ތަކުގެ ބަދަލުގައި ކީސްޓޭޖް ތަކުންނެވެ. މީގެ ތެރޭގައި ފައުންޑޭޝަން ސްޓޭޖްވެސް ހިމެނެއެވެ.

މި މުބަރާތް ނިންމުމުގެ ރަސްމިއްޔާތު ބޭއްވީ 2022 އޮކްޓޫބަރު 28 ވަނަ ދުވަހުގެރޭ ފ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ވިލާ ފައުންޑޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ޙަމީދެވެ.

ކީރިތި ޤުރުއާނުގެ ބަރަކާތުން ފ.އަތޮޅު މަދަރުސާގެ ދަރިވަރު ޢާއިޝަތު ޔާނާ އަޙްމަދު ފައްޓަވައި ދެއްވި މި ރަސްމިއްޔާތު ތަޢާރަފް ކުރުމާއި މަރުޙަބާ ދެންނެވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް ޢަލީ މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ޤުރުއާން މުބަރާތަށް އެކިއެކި ގޮތްގޮތުން އެހީވެ ދެއްވާފައިވާ ފަރާތްތަކުގެ ނަންތައް ކައުންސިލްގެ ރައީސް އަލްފާޟިލް ޢަލީ މުޙައްމަދު ފާހަގަ ކުރައްވައި އެފަރާތްތަކަށް އަތޮޅުކައުންސިލްގެ ނަމުގައި ޝުކުރު އަދާކުރެއްވިއެވެ.


މިއަތޮޅުގެ ރަށްރަށުގެ ގޮނޑުދޮށާއި ހޭޅިފަށް ސާފުކުރުމުގެ ޙަރަކާތެއް ކުރިއަށް ގެންދިއުން

ދިވެހިރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޙަރަކާތްތަކުގެ ތެރެއިން މިއަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ގޮނޑުދޮށާއި ހޭޅިފަށް ސާފުކުރުމުގެ ޙަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

ކޮންމެ ރަށެއްގެ ރަށުކައުންސިލުން އިންތިޒާމް ކޮށްގެން އެރަށެއްގައި ހުރި ސަރުކާރުގެ މުވައްސަސާތަކާ ގުޅިގެން 08 އޮކްޓޫބަރު 2022 ދުވަހު ކުރިއަށް ގެންދިޔަ މިޙަރަކާތުގައި ހުރިހާ ރަށަކުންވެސް ބައިވެރިވެ ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވެއެވެ. މި މަސައްކަތަށް ބޭނުންވާ އަންގީއާއި ބޯފެނުގެ އިންތިޒާމްތައް ހަމަޖައްސާފައިވަނީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުންނެވެ.

ރަށްރަށް ސާފުކުރުމަށް ކުރިއަށް ގެންދިޔަ މިޙަރަކާތަށް ހުރިހާ ރަށަކުންވެސް ވަރަށްބޮޑު ތަރުޙީބެއް ލިބިފައި ވެއެވެ.

ޓޫރިޒަމަށް 50 ފުރުން ފާހަގަ ކުރުމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ އިތުރު ޙަރަކާތްތައް މިމަހުގެ 21 އަދި 22 ގައި ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.


ރެކްރިއޭޝަން ކުލަބުގެ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ހޯދި ފައިސާ ކުލަބާއި ޙަވާލު ކުރުން

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރެކްރިއޭޝަން ކްލަބުން ކުރުމަށް ރާވާފައިވާ ޙަރަކާތްތަކާއި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކުލަބުގެ މުވައްޒަފުން ހޯދި -/135,000 ރުފިޔާ ކުލަބާއި ޙަވާލުކޮށްފިއެވެ.

ކުލަބާއި ފައިސާ ޙަވާލުކުރުމަށް 06 އޮކްޓޫބަރު 2022 ދުވަހުގެރޭ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމްގައި ބޭއްވި ބައްދަލުވުމުގައި ކުލަބާއި ފައިސާ ޙަވާލުކުރީ ދެ ގުރޫޕްގެ ދެ ވެރިން ކަމުގައިވާ އަޙްމަދު އިބްރާހީމާއި، އިބްރާހީމް ޝިފާޙް ޢަބްދުއްރަޙްމާނެވެ. ކުލަބުން ފައިސާއާއި ޙަވާލުވީ ކުލަބުގެ ރައީސް އިބްރާހީމް މޫސާއާއި، ނައިބްރައީސް ޢަބްދުއްރައްޒާޤް އިބްރާހީމެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ވެރިންނާއި މުވައްޒަފުން ދެ ގުރޫޕަކަށް ބަހާލައިގެން ހުސްވި ސެޕްޓެންބަރ މަހުގެ 07 ވަނަ ދުވަހުން ފެށިގެން މިމަހުގެ 06 ދުވަހުގެ ނިޔަލަށް 01 މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ފައިސާ ހޯދުމުގެ މި ޕްރޮގްރާމްގައި އެއްގުރޫޕުން -/60,000 ރުފިޔާ ހޯދާފައިވާއިރު އަނެއް ގުރޫޕުން ހޯދާފައިވަނީ -/75,000 ރުފިޔާއެވެ.

މިފައިސާ ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ އަތޮޅުކައުންސިލް އިދާރާގެ ގޯތިތެރޭގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ކޮންފަރެންސް ހޯލްގެ މަސައްކަތަށާއި، އަދަބީ އަދި ކުޅިވަރު ޙަރަކާތްތައް ބޭއްވުމަށާއި، އެކިއެކި އިޖްތިމާޢީ ޙަރާކާތްތައް ހިންގުމާއި، ދުވަސްތައް ފާހަގަ ކުރުމަށެވެ.


އޭޒޯން ލައިސަންސް ދޫކުރުމަށް ތައްޔާރުކުރާ ޓުރެކްގެ ބިންގާ އެޅުން

ނިލަންދެއަތޮޅު އުތުރުބުރީގައި އޭޒޯން ލައިސަންސް ދޫކުރުމަށް ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫގައި ތައްޔާރުކުރާ ޓުރެކްޓްގެ ބިންގާ 05 އޮކްޓޫބަރ 2022 ގައި އަޅައިފިއެވެ.

ޓުރެކުގައި ކުރަންޖެހޭ ފުރަތަމަ މަސައްކަތެއްގެ ގޮތުގައި ކުރުމަށް ޙަވާލުކޮށްފައިވަނީ ޓުރެކްގެ ވަށާއިންފާރާއި، އެތެރޭގެ ގާފޮޅުތައް ރާނައި ސިމެންތި ޖެހުމުގެ މަސައްކަތެވެ.

ނިލަންދޫ އެޗް.ވުޑް އިންވެސްޓް މަންޓާއި ޙަވާލުކޮށްގެން ކުރިއަށް ގެންދާ މި މަސައްކަތަކީ 60 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ޙަވާލުކޮށްފައިވާ މަސައްކަތެކެވެ. -/162,000 ރުފިޔާއަށް ޙަވާލުކުރި މި ޓުރެކްގެ ބޮޑުމިނަކީ 120X120 ފޫޓެވެ.

މިއަތޮޅުގައި އޭޒޯން ލައިންސަންސްގެ ޚިދުމަތް ފެށުމަކީ މިއަތޮޅުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް މުހިންމު ޚިދުމަތެކެވެ.


ޕާކިސްތާނަށް އެހީވުމުގެ ފަންޑަށް ހަދިޔާ ކުރުމަށް ހޯދި ފައިސާ ނިލަންދޫ ކައުންސިލާއި ޙަވާލު ކުރުން

ވިއްސާރައިގެ ސަބަބުން ޙާލުގައި ޖެހިފައިވާ ޕާކިސްތާނުގެ ރައްޔިތުންނަށް އެހީވުމުގެ ފަންޑަށް ހަދިޔާ ކުރުމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލާއި ފާފު ފެމެލީ އެންޑް ޗިލްޑްރެން ސާރވިސް ސެންޓަރާއި ގުޅިގެން 03 އޮކްޓޯބަރު 2022 ގައި ކުރި މަސައްކަތުން ލިބުނު ފައިސާ ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލާއި ޙަވާލުކޮށްފިއެވެ.

މިފައިސާ ނިލަންދޫ ކައުންސިލާއި ޙަވާލު ކުރުމަށް 05 އޮކްޓޫބަރ 2022 ދުވަހުގެރޭ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމްގައި ބޭއްވި ރަސްމިއްޔާތުގައި ނިލަންދޫ ކައުންސިލާއި ފައިސާ ޙަވާލުކޮށްދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް ޢަލީ މުޙައްމަދާއި، ފާފު ފެމެލީ އެންޑް ޗިލްޑްރެން ސާރވިސް ސެންޓަރގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ ޙައްވާ މުޙައްމަދެވެ. ފައިސާއާއި ޙަވާލުވެ ލެއްވީ ނިލަންދޫ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލާއި، ފާފު ފެމެލީ އެންޑް ޗިލްޑްރެން ސާރވިސް ސެންޓަރގެ މުވައްޒަފުންގެ ފަރާތުން ޕާސްކިސްތާނުގެ ރައްޔިތުންނަށް ހަދިޔާ ކުރުމަށް ނިލަންދޫ ކައުންސިލާއި ޙަވާލުކޮށްފައިވަނީ -/31,120 ރުފިޔާއެވެ.

މިފައިސާ ޙަވާލު ކުރުމުގެ ރަސްމިއްޔާތުގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލާއި، ނިލަންދޫ ކައުންސިލާއި، ފެމެލީ އެންޑް ޗިލްޑްރެން ސާރވިސް ސެންޓަރގެ އިސްވެރިން ބައިވެރިވެފައި ވެއެވެ.


ޕާކިސްތާނަށް އެހީވުމުގެ ފަންޑަށް ފައިސާ ހޯދުމުގެ ޙަރަކާތް ތަކެއް ކުރިއަށް ގެންދިއުން

ޙާލުގައި ޖެހިފައިވާ ޕާކިސްތާނުގެ ރައްޔިތުންނަށް އެހީވުމުގެ ފަންޑަށް ފައިސާ ހޯދުމަށްޓަކައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލާއި ފާފު ފެމެލީ އެންޑް ޗިލްޑްރެން ސާރވިސް ސެންޓަރާއި ގުޅިގެން 03 އޮކްޓޯބަރު 2022 ގައި ޙަރަކާތް ތަކެއް ކުރިއަށް ގެންގޮސްފިއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލުން އިސްނަގައިގެން ނިލަންދޫ އިރުމަތީ ބަނދަރު ސަރަޙައްދުގައި ކުރިއަށް ގެންދިޔަ މި ޙަރަކާތުގައި ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލާއި، ފ.އަތޮޅު ޕޮލިސްސްޓޭޝަނާއި ނިލަންދޫ ޑޭލައިޓް ކުލަބުންވެސް ބައިވެރިވެ ފަންޑަށް ފައިސާ ހޯދުމުގެ ޙަރަކާތް ތަކެއް ކުރިއަށް ގެންގޮސްފައި ވެއެވެ. ފައިސާ ހޯދުމަށް ކުރިއަށް ގެންދިޔަ މި ޙަރަކާތުގައި ނިލަންދޫގެ ލޮބުވެތި ރައްޔިތުންވެސް ބައިވެރިވެ ފަންޑަށް ފައިސާ ހަދިޔާ ކޮށްފައި ވެއެވެ.

އެ ދުވަހުގެ ހަވީރު 4:00 ގައި ޙަރަކާތް ފަށައި އިރުއޮއްސި 6.00 ގައި ނިންމާލައި، އަދި ރޭގަނޑުގެ 8.30 ގައި ފަށައި 11:00 އަށް ނިންމާލިއިރު، ޕާކިސްތާނަށް އެހީވާފަންޑަށް ލައްކައަކަށްވުރެ ގިނަ ރުފިޔާ ލިބިފައި ވެއެވެ. ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި، ފާފު ފެމިލީ އެންޑް ޗިލްޑްރެން ސާރވިސް ސެންޓަރާއި ގުޅިގެން ކުރެވުނު މަސައްކަތުންވެސް -/31,120 ރުފިޔާ ހޯދާފައި ވެއެވެ.

މިދިޔަ ޖޫން މަހުން ފެށިގެން ޕާކިސްތާނަށް ކުރަމުން ގެންދިޔަ ގަދަ ވިއްސާރައިގައި، އެ ގައުމުގެ ތިން ބައިކުޅަ އެއްބަޔަށްވުރެ ބޮޑު ސަރަޙައްދެއްގައި ވަނީ ފެންބޮޑުވެފައެވެ. ފެންބޮޑުވުމުގެ އިތުރުން ބިންގަނޑު ކަނޑައިގެން ދިއުމާއި ކިސަޑު ފޭބުމުގެ ޙާދިސާތައް ކުރިމަތިވެ އެތައް ބައެއްގެ ގެދޮރުގެއްލި ޙާލުގައި ޖެހި ބޮޑަތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.


ޝާމިލު އިސްވެރިންގެ މަހާސިންތާއެއް ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫގައި ބާއްވުން

ޑިޕާރޓްމަންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަނާއި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލާއި ފ.އަތޮޅު ތަޢުލީމީ މަރުކަޒާއި ގުޅިގެން "ޝާމިލު އިސްވެރިންގެ މަހާސިންތާ" ގެ ނަމުގައި މަހާސިންތާއެއް މިއަތޮޅު ނިލަންދޫގައި ބާއްވައި ފިއެވެ.

2022 ސެޕްޓެންބަރ 28 އިން 29 އަށް 02 ދުވަހުގެ މުއްދަތަށް ބޭއްވި މި މިހާސިންތާއަކީ އިންކްލޫސިވް އެޑިއުކޭޝަން ހަރުދަނާ ކުރުމާއި ޝާމިލް ކުރުމުގެ ޘަޤާފަތެއް ރަށްރަށުގައި އާލާކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާމެދު މަޝްވަރާކުރުމަށް ބޭއްވި މަހާސިންތާ އެކެވެ.

މުލަކައަތޮޅާއި ނިލަންދެއަތޮޅު އުތުރުބުރީގެ އަތޮޅުކައުންސިލްގެ ރައީސާއި، ސެކްރެޓަރީ ޖެނެރަލްގެ އިތުރުން މި ދެއަތޮޅުގެ ސްކޫލް މަދަރުސާތަކުގެ ޕްރިންސިޕަލުންނާއި ކައުންސިލް ތަކުގެ ރައީސުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސާއާއި، މި ދެއަތޮޅުގެ ވެރިކަންކުރާ ރަށުގެ ބައެއް އެހެނިހެން ދާއިރާތަކާއި އެން.ޖީ.އޯސްތައް ހިމެނޭގޮތަށް 50 ބައިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މި މަހާސިންތާގައި މި ދެއަތޮޅުގެ ހުރިހާ ރަށަކުންވެސް ބައިވެރިވެފައި ވެއެވެ.

މި މަހާސިންތާގައި މަޢުލޫމާތު ދެއްވާފައިވަނީ ޑިޕާރޓްމަންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަންގެ ބޭފުޅުންނެވެ. މި މަހާސިންތާ ނިމިގެން ގޮސްފައިވަނީ ބައިވެރިންނަށް ގިނަގުނަ މަޢުލޫމާތު ތަކެއް ލިބިގެންދިޔަ، ކާމިޔާބު މަހާސިންތާއެއްގެ ގޮތުގައެވެ.


ކުނި މެނޭޖް ކުރުމާބެހޭ ގޮތުން ތައްޔާރުކުރި ލީފްލެޓްތަައް ރަށު ކައުންސިލް ތަކާއި ޙަވާލު ކުރުން

ނިލަންދެއަތޮޅު އުތުރުބުރިއަކީ އެންމެ ސާފު އަތޮޅު ކަމުގައި ހެދުމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ކުރިއަށް ގެންދާ "ފާފު އެންމެ ސާފު" ޕްރޮގްރާމްގެ ދަށުން މިއަތޮޅުގެ ރަށްރަށުގައި ކުނިމެނޭޖް ކުރުމަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން ނިލަންދެ އަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ތައްޔާރުކުރި ލީފްލެޓްތައް ރަށު ކައުންސިލް ތަކާއި ޙަވާލުކޮށްފިއެވެ.

ލީފްލެޓްތައް ރަށު ކައުންސިލް ތަކާއި ޙަވާލު ކުރުމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލްގައި މިއަދު (21 ސެޕްޓެންބަރ 2022) ބޭއްވި ރަސްމިއްޔާތުގައި ލީފްލެޓްތައް ރަށު ކައުންސިލްތަކާއި ޙަވާލުކޮށްދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް ޢަލީ މުޙައްމަދެވެ. ލީފްލެޓްތަކާއި ޙަވާލުވެފައިވަނީ ކައުންސިލް ތަކުން ކަނޑައަޅާފައިވާ ބޭފުޅުންނެވެ.

މި ރަސްމިއްޔާތުގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް ޢަލީ މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި މިއަތޮޅުގެ ރަށްރަށުގައި ކުނި މެނޭޖް ކުރުމަށް ރަށު ކައުންސިލް ތަކުން ކުރަމުން ގެންދާ މަސައްކަތް ތަކުގައި އަތޮޅުކައުންސިލުން ވެދެވެން އޮންނަ އެހީތެރިކަމެއް ވެ ދެއްވާނެ ކަމަށާއި، ކުނި މެނޭޖްކުރުމަށް އަތޮޅު ކައުންސިލުން ކުރަމުން ގެންދާ މަސައްކަތް ތަކުގައި ރަށުކައުންސިލް ތަކުގެ އެއްބާރުލުން ދެއްވުމަށާއި، ލީފްލެޓްތައް ގޭބިސީތަކާއި އިދާރާތަކާއި ޙަވާލުކޮށް ދެއްވުމަށް ވިދާޅުވިއެވެ. ލީފްލެޓްތައް ޙަވާލު ކުރެވުނު ގޮތަކީ ފީއަލި 210، ބިލެއްދޫ 210، މަގޫދޫ 150، ދަރަނބޫދޫ 100 އަދި ނިލަންދޫ 360 ޖުމްލަ 1030 ލީފްލެޓެވެ.

ރަށްރަށުގެ ކުނި މެނޭޖް ކުރުމުގެ މަސައްކަތަށް އެހީތެރި ވުމުގެ ގޮތުން ބަގީއެއް ގަތުމަށް މިއަތޮޅުގެ ކޮންމެ ރަށުކައުންސިލަކަށް ނިލަންދެ އަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން -/35,000 ރުފިޔާ ދޫކޮށް، ނިލަންދޫ ކައުންސިލް ފިޔަވައި ކޮންމެ ކައުންސިލަކަށް 120 ލީޓަރުގެ 20 ޑަސްބިން، ނިލަންދޫ ކައުންސިލަށް 30 ޑަސްބިން ޖުމްލަ 110 ޑަސްބިން ދެވިފައި ވެއެވެ.


ކުނި މެނޭޖް ކުރުމުގެ މަސައްކަތަށް ބޭނުންވާ ޑަސްބިންތައް ރަށުކައުންސިލް ތަކާއި ޙަވާލު ކުރުން

ނިލަންދެއަތޮޅު އުތުރުބުރިއަކީ އެންމެ ސާފު އަތޮޅު ކަމުގައި ހެދުމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ކުރިއަށް ގެންދާ "ފާފު އެންމެ ސާފު" ޕްރޮގްރާމްގެ ދަށުން މިއަތޮޅުގެ ރަށުކައުންސިލް ތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ޑަސްބިންތައް ޙަވާލުކޮށްފިއެވެ.

ޑަސްބިންތައް ރަށުކައުންސިލް ތަކާއި ޙަވާލު ކުރުމަށް މިއިދާރާގެ ކޮންފަރެންސް ހޯލްގައި 11 ސެޕްޓެންބަރ 2022 ގައި ބޭއްވި ރަސްމިއްޔާތުގައި ރަށުކައުންސިލް ތަކާއި ޑަސްބިން ޙަވާލުކޮށްދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް ޢަލީ މުޙައްމަދެވެ. ޑަސްބިންތަކާއި ޙަވާލުވެފައިވަނީ ކައުންސިލް ތަކުން ކަނޑައަޅާފައިވާ ބޭފުޅުންނެވެ.

ކުނި މެނޭޖް ކުރުމުގެ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ރަށުކައުންސިލް ތަކަށް ދޫކުރެވުނު 90 ޑަސްބިނަކީ 120 ލީޓަރގެ ޑަސްބިން ތަކެކެވެ. ޑަސްބިންތައް ރަށުކައުންސިލް ތަކަށް ދޫކުރެވިފައިވާ ގޮތަކީ ފީއަލި، މަގޫދޫ، ދަރަނބޫދޫ މިއިން ކޮންމެ ރަށަކަށް 20 ޑަސްބިން، ނިލަންދޫއަށް 30 ޑަސްބިންއެވެ. މީގެ ކުރިން މިމަސައްކަތަށް ހޯދި 20 ޑަސްބިން ބިލެއްދޫ ކައުންސިލާއި ވަނީ ޙަވާލު ކުރެވިފައެވެ.


އޭޒޯން ލައިސަންސްގެ ޓުރެކްގެ އިންފާރާއި ގާފޮޅުތައް ރޭނުމުގެ މަސައްކަތް ޙަވާލު ކުރުން

ނިލަންދެއަތޮޅު އުތުރުބުރީގައި އޭޒޯން ލައިސަންސް ދޫކުރުމަށް މިއަތޮޅު ނިލަންދޫގައި ތައްޔާރުކުރާ ޓުރެކްޓްގެ އިންފާރާއި އެތެރޭގެ ގާފޮޅުތައް ރާނައި ސިމެންތި ޖެހުމުގެ މަސައްކަތް މިއަތޮޅު ނިލަންދޫ އެޗް.ވުޑް އިންވެސްޓް މަންޓާއި ޙަވާލުކޮށްފިއެވެ.

މިމަސައްކަތް ޙަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއިދާރާގެ ކޮންފަރެންސް ހޯލްގައި މިއަދު (07 ސެޕްޓެންބަރ 2022) ބޭއްވި ރަސްމިއްޔާތުގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޢަލީ މުޙައްމަދެވެ. އެޗް.ވުޑް އިންވެންސްމަންޓްގެ ފަރާތުން ސޮއިކުރެއްވީ ފ.ނިލަންދޫ ނޫރާނީވިލާ ޢަލީ ރަޝީދެވެ.

60 ދުވަހުގެ ތެރޭގައި ނިންމާގޮތަށް -/162,000 ރުފިޔާއަށް ޙަވާލުކުރި މި ޓުރެކްގެ ބޮޑުމިނަކީ 120X120 ފޫޓެވެ.

މިއަތޮޅުގައި އޭޒޯން ލައިންސަންސްގެ ޚިދުމަތް ފެށުމަކީ މިއަތޮޅުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް މުހިންމު ޚިދުމަތެކެވެ.


މިއަހަރުގެ މިނިވަން ދުވަހުގައި އަތޮޅުކައުންސިލްގައި ދިދަނެގުމުގެ ރަސްމިއްޔާތު ބޭއްވުން

މިއަހަރުގެ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާގައި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތެއް މިއަދު (26 ޖުލައި 2022) ހެނދުނު 6.00 ގައި ބާއްވައިފިއެވެ. މިރަސްމިއްޔާތުގައި ދިދަ ނަންގަވައި ދެއްވީ މިރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް ޢަލީ މުޙައްމަދެވެ.

އަތޮޅުކައުންސިލް އިދާރާގެ ގޯތިތެރޭގައި ބޭއްވި މިރަސްމިއްޔާތު ފެށުމުގެ ގޮތުން ޤުރުއާންކިޔެވީ ފ.ނިލަންދޫ ބަގީޗާގޭ ޒާމިން ޢަބްދުﷲ ޚަލީލެވެ. ރަސްމިއްޔާތު ތަޢާރަފުކޮށް، ރަސްމިއްޔާތަށް ވަޑައިގެންނެވި ބޭފުޅުންނަށް މަރުޙަބާ ދެންނެވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ ސީނިއަރ ކައުންސިލް އޮފިސަރ ޙައްވާ ޢަބްދުލް ޢަޒީޒެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ ދިދަ ނަންގަވައި ދެއްވުމަށްފަހު ދުވަހާ ގުޅޭގޮތުން ރައީސް ޢަލީ މުޙައްމަދު ވާހަކަފުޅު ދެއްކެވިއެވެ. ރައީސް ޢަލީ މުޙައްމަދު ދެއްކެވި ވާހަކަ ފުޅުގައި، ދިވެހިންނަކީ މިނިވަންކަމުގެ ފަޚުރުވެރި މާޒީއެއް އޮތް ބައެއް ކަމަށާއި، ދިވެހިންނާ ބެހޭގޮތުން އެނގެން އޮތް އެންމެ ދޮށީ ތާރީޚަކާ ހަމަޔަށް ވެސް ދިވެހީންނަކީ އަމިއްލަ މުސްތަގިއްލު ވެރިކަމެއް ކުރަމުން އައި ބައެއްކަމަށް ވިދާޅުވިއެވެ. ދިވެހިންގެ މިނިވަންކަމުގެ ތާރީޚު ކިތަންމެ ދިގު ކަމަށް ވިޔަސް އެ މިނިވަންކަމަށް ކޮންމެ ވެސް ވަރެއްގެ ކިލަނބުކަމެއް އައި ދުވަސްތަކެއް މާޒީގެ ސަފުހާތަކުގެ ތެރެއިން ފެންނަން އެބައޮތްކަމާއި، ކޮންމެ ފަހަރަކު ވެސް ދިވެހިންގެ މިނިވަންކަން ގެއްލިފައި ވަނީ ދިވެހިންގެ ބަޔަކު ވެރިކަމުގެ ދަހިވެތިކަމުގައި ކޮންމެ ވެސް ބޭރު ބައެއްގެ އެހީތެރިކަން ހޯދުމުންކަމަށް ވިދާޅުވިއެވެ.


2022 ވަނަ އަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުން

ނިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން 2022 ވަނައަހަރުގެ ކުޑަކުދިންގެ ދުވަސް މިއަތޮޅު ނިލަންދޫގައި ރަށުފެންވަރުގައި ފާހަގަކުރުމުގެގޮތުން 20 މޭ 2022 ދުވަހުގެ ހަވީރު 4.30 ގައި ކުރިއަށް ގެންދިޔަ ޙަރަކާތްތަކުގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާއިންވެސް ބައިވެރިވެ ޙަރަކާތްތަކެއް ހިންގާފައިވެއެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޙަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ނިލަންދޫގައިހުރި ސަރުކާރުގެ ހުރިހާ މުވައްސަސާތަކެއް ގުޅިގެން ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ކުޅިވަރު ބިމުގައެވެ. ކުޑަކުދިންނާގުޅޭ ގޮތަށް އަތޮޅުކައުންސިލުން ގެންދިޔަ ޙަރަކާތްތަކުގައި ކުޑަކުދިންނާއި ބެލެނިވެރިންގެ ވަރަށްބޮޑު ތަރުޙީބެއް ލިބިފައި ވެއެވެ.


މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގައި ހުރި ވަޒީފާގެ ފުރުޞަތުތަކުގެ މަޢުލޫމާތު ދިނުން

ނިލަންދެއަތޮޅު އުތުރުބުރީގެ ރަށްރަށުގެ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި މިއިދާރާއާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި ގުޅިގެން ކަރެކްޝަނަލް ސާރވިސްގައި ހުރި ފުރުޞަތުތަކުގެ މަޢުލޫމާތު ދިނުމުގެ ގޮތުން މިއަތޮޅުގެ ރަށްރަށުގައި މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހިންގާފައި ވެއެވެ.

2022 މެއި 17 އަދި 18 މި މެދުވަހުގައި ކަރެކްޝަނަލް ސާރވިސްގެ ފަރާތުން މިއަތޮޅުގެ ރަށްރަށަށް ޒިޔާރަތް ކުރައްވައި ވަޒީފާގެ ފުރުޞަތުތައް ހުރިގޮތާއި މުސާރައާއި ޢިނާޔަތްތަކާއި ބޭސްފަރުވާގެ ކަންތައް ތަކާބެހޭގޮތުން ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި ޒުވާނުންނާއި ސްކޫލްތަކުގެ މަތީގްރޭޑް ތަކުގެ ދަރިވަރުންނާ ބައްދަލުކޮށް މަޢުލޫމާތު ޙިއްޞާކޮށްފައި ވެއެވެ. މިއީ ކަރެކްޝަނަލް ސާރވިސްގެ ފަރާތުން މިފަދަގޮތަށް މަޢުލޫމާތު ދިން ފުރަތަމަ ފަހަރެވެ.


މިއަތޮޅު ނިލަންދޫ ކައުންސިލްގެ އިދާރާ މޮނިޓަރ ކުރުން

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން 2022 ވަނައަހަރު ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ ރަށުކައުންސިލް އިދާރާތައް މޮނިޓަރ ކުރުމުގެ މަސައްކަތުގެ ތެރެއިން މިއަތޮޅު ނިލަންދޫ ކައުންސިލް އިދާރާ މޮނިޓަރ ކުރުމުގެ މަސައްކަތް 2022 މޭ 09 އިން 12 އަށް ކުރެވިފައި ވެއެވެ. މިއީ މިއަހަރު އެންމެފަހުން މޮނިޓަރކުރި ރަށެވެ. ނިލަންދޫ ކައުންސިލް އިދާރާ މޮނިޓަރކުރީ 01 ޖަނަވަރީ 2021 އިން 31 ޑިސެންބަރ 2021 ގެ ނިޔަލަށް 01 އަހަރު ދުވަހެވެ.

ރަށުކައުންސިލްތައް މޮނިޓަރ ކުރާއިރު ބަލަމުންގެންދާ ކަންތައް ތަކުގެ ތެރޭގައި އިދާރީ ކަންތައްތަކާއި، ފައިސާގެ ކަންތައްތައް ބެލުމުގެ އިތުރުން ރަށުކައުންސިލުން ކުރަމުން ގެންދާ މައިގަނޑު ހުރިހާކަމެއް ބެލުން ހިމެނެއެވެ.

ނިލަންދޫ ކައުންސިލްގެ އިދާރާ މޮނިޓަރ ކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން އެއިދާރާގެ ކައުންސިލަރުންނާއި މުވައްޒަފުން ހިމެނޭގޮތަށް ބައްދަލުވުމެއް ބާއްވައި، މޮނިޓަރިންގެ މަސައްކަތާބެހޭ ގޮތުން މަޢުލޫމާތު ދެވިފައި ވެއެވެ. އަދި މޮނިޓަރިންގެ މަސައްކަތް ނިންމުމަށްފަހު ފާހަގަ ކުރެވުނު ކަންތައްތަކާއި ރަގަނޅު ކުރަންޖެހޭ ކަންތައްތަކުގެ މަޢުލޫމާތުވެސް އެ އިދާރާގެ ވެރިންނާއި މުވައްޒަފުންނަށް ދެވިފައި ވެއެވެ.


ފ.އަތޮޅުސްޓޯރުގެ މުވައްޒަފުންނަށް ކަސްޓަމަރ ކެއަރ ތަމްރީނު ޕްރޮގްރާމެއް ހިންގުން

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ ފަރާތުން ހިންގަމުން ގެންދާ ފ.އަތޮޅުސްޓޯރުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކަސްޓަމަރ ކެއަރ ތަމްރީނު ޕްރޮގްރާމެއް އަތޮޅުކައުންސިލުން ހިންގާފައި ވެއެވެ.

29 އެޕްރީލް 2022 ދުވަހު ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމްގައި ފ.އަތޮޅުސްޓޯރުގައި ވަޒފާ އަދާކުރައްވާ 06 މުވައްޒަފުން ބައިވެރިވެފައި ވެއެވެ. މި މުވައްޒަފުންނަށް މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސް ދެއްވާފައިވަނީ ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަލްފާޟިލް ޢަބްދުﷲ އަޙްމަދެވެ.

މި ތަމްރީނު ޕްރޮގްރާމަކީ މުވައްޒަފުންގެ މެދުގައި ޚިދުމަތް ދިނުމުގެ ރޫޙު އާލާކޮށް ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތި ކުރުމަށް ހިންގުނު ތަމްރީނު ޕްރޮގްރާމެކެވެ. މިއީ މިގޮތުން ހިންގުނު ފުރަތަމަ ތަމްރީނު ޕްރޮގްރާމެވެ.


ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިއުން

ބަރަކާތްތެރި ރަމަޟާންމަހާ ގުޅިގެން ނިލަންދެއަތޮޅު ނިލަންދެއަތޮޅު އުތުރުބުރީގެ ރަށްރަށުގެ ރައްޔިތުންގެ ދިނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލާއި ނިލަންދޫ ޑޭލައިޓް ކުލަބާއި ފ. ނިލަންދޫ ކައުންސިލްގެ އިދާރާއާއި، ފ. އަތޮޅު ތަޢުލީމީ މަރުކަޒާއި ފ. އަތޮޅު ޕޮލިސް ގުޅިގެން 2022 އެޕްރީލް 9 އިން 10 އަށް ދީނީ ދަރުސްދިނުމުގެ ޕްރޮގްރާމެއް މިއަތޮޅުގެ ރަށްރަށުގައި ކުރިއަށް ގެންދެވިފައި ވެއެވެ. ދީނީ ދަރުސް ދެއްވީ އައްޝައިޚް އިލްޔާސް ޙުސައިންއެވެ.

އަދި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލާއި ނިލަންދޫ ޖަމްޢިއްޔާތު ޝަބާބާއި، ނިލަންދޫ ޑޭލައިޓު ކުލަބާއި، ނިލަންދޫ ކައުންސިލްގެ އިދާރާއާއި ފ. އަތޮޅު ޕޮލިސް ކްލަބާއި ގުޅިގެން 2022 އެޕްރީލް 20 ން 22 އަށް ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމެއް މިއަތޮޅުގެ ރަށްރަށުގައި ކުރިއަށް ގެންދެވިފައި ވެއެވެ. ދީނީ ދަރުސް ދެއްވީ އައްޝައިޚް އަޙްމަދު މައުމޫން ޢަބްދުލް ޢަޒީޒެވެ. ދީނީ ދަރުސް ދިނުމަށް ހިންގި ޕްރޮގްރާމް ތަކަށް ރަށްރަށުގެ ރައްޔިތުންގެ ތަރުޙީބު ވަރަށްބޮޑަށް ލިބިފައި ވެއެވެ.


2022 ވަނައަހަރުގެ ދިވެހި ބަހުގެ ދުވަސް ފާހަގަ ކުރުން

2022 ވަނަ އަހަރުގެ ދިވެހިބަހުގެ ދުވަސް ކުލަގަދަގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލާއި، ނިލަންދޫގައިހުރި ސަރުކާރުގެ މުވައްސަސާތަކާ ގުޅިގެން 14 އެޕްރީލް 2022 ދުވަހުގެރޭ ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ މަލްޓިޕާޕަސް ހޯލްގައި ޚާއްޞަ އެސެމްބްލީއެއް ބާއްވާފައި ވެއެވެ. މި އެސެމްބްލީ ޝަރަފްވެރި ކޮށްދެއްވީ ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ކުރީގެ އެސިސްޓެންޓް ހެޑްމާސްޓްރ އަލްފާޟިލް މުޙައްމަދު ފަރީދެވެ.

ދިވެހިވަންތަގޮތަށް ކުރިއަށް ގެންދިޔަ މި އެސެމްބްލީގައި ދުވަހާގުޅޭ އެކިއެކި ޙަރަކާތްތައް ކުރިއަށް ގެންގޮސްފައި ވެއެވެ. އެގޮތުން އަލަށް ތަޢާރަފްކޮށްފައިވާ ދިވެހިބަސްތަކާއި، ވާހަކަ ދެއްކުމުގައި ގެންގުޅެންޖެހޭ އުޞޫލްތައް އަދި ދިވެހި އަދަބިއްޔާތުގެ ބައިތައް ހުށަހަޅާދީފައި ވެއެވެ.

އަލަށް ތައްޔާރު ކޮށްފައިވާ ދިވެހި ބަސްތައް ހުށަހަޅާދީފައިވަނީ ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ފަރާތުންނެވެ. ވާހަކަ ދެއްކުމުގައި ގެންގުޅެންޖެހޭ އުޞޫލްގެ މައްޗަށް ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަން ހުށަހަޅާދީފައިވަނީ ފ.އަތޮޅު ޕޮލިސްސްޓޭޝަންގެ ފަރާތުންނެވެ. ދިވެހި އަދަބިއްޔާތުގެ ބައިތައް ހުށަހަޅާދީފައިވަނީ ފ.އަތޮޅު ހޮސްޕިޓަލްގެ ފަރާތުންނެވެ. މީގެ ތެރޭގައި ރައިވަރު، ބަނދި، ކާ، ޅެން، ލަވަ ހުށަހަޅާދީފައި ވެއެވެ. އެސެމްބްލީއަށް ދަޢުވަތު އެރުވުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ނިލަންދޫ ކައުންސިލްގެ އިދާރާއިންނެވެ.

މި އެސެމްބްލީގައި ނިލަންދޫގައިހުރި ސަރުކާރުގެ މުވައްސަސާތަކުގެ ވެރިންނާއި، ނިލަންދޫގެ އިސް ރަށްވެހިންނާއި، ކަމުވޮށިގެންވާ ބޭފުޅުންގެ އިތުރުން ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ މަތީ ކްލާސްތަކުގެ ދަރިވަރުން ބައިވެރިވެފައި ވެއެވެ.


ކީރިތި ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުން އަތޮޅުކައުންސިލަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް ޙަފްލާއެއް ބޭއްވުން

ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލަށް ލިބުނު ކާމިޔާބީއާއި، މުބާރާތުގައި ބައިވެރިވި ދަރިވަރުން ކޮށްދެއްވި މަސައްކަތްތަކާއި އަދި މިއަތޮޅުގެ ސްކޫލްތަކުން ކޮށްދެއްވި މަސައްކަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން އިންތިޒާމް ކޮށްގެން 24 މާރިޗް 2022 ދުވަހުގެ ރޭގައި ޚާއްޞަ ޙަފްލާއެއް ބާއްވައިފިއެވެ.

ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ މަލްޓިޕާޕަސް ހޯލްގައި ބޭއްވި މި ޙަފްލާ ޝަރަފްވެރި ކޮށްދެއްވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސްޓޭޓްމިނިސްޓަރ އަދި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ވެރިޔާ އައްޝައިޚް އިލްޔާސް ޖަމާލެވެ.

މި ޙަފްލާގައި މުބާރާތުގައި ބައިވެރިވި ދަރިވަރުންނާއި ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި އަތޮޅު ކައުންސިލް މެންބަރުންނާއި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ ވެރިންނާއި މުވައްޒަފުންގެ އިތުރުން ނިލަންދޫގެ ކަމުވޮށިގެންވާ ބޭފުޅުން ބައިވެރިވެރި ވެފައި ވެއެވެ.

މި ޙަފްލާގައި ޤުރުއާން މުބާރާތުން ވަނަތައް ހޯދި 04 ދަރިވަރުންނަށް ހަދާނީ ފިލައާއި ފައިސާގެ އިނާމު ދިނުމުގެ އިތުރުން މުބާރާތުގައި ބައިވެރިވި ކޮންމެ ދަރިވަރަކަށްވެސް ހަދާނީ ލިއުމާއި ފައިސާގެ އިނާމު ދިނުމާއި، ސްކޫލްތަކަށް ހަނދާނީ ފިލައި ޙަވާލުކޮށްފައި ވެއެވެ.


ކީރިތި ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުން ވަނަތައް ހޯދި ދަރިވަރުންނަށް މަރުޙަބާ ކިއުން

ކީރިތި ޤުރުއާނާބެހޭ މަރުކަޒުން އިންތިޒާމުކޮށްގެން 2021 ވަނައަހަރު ބޭއްވި ކީރިތި ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގައި ނިލަންދެއަތޮޅު އުތުރުބުރި ތަމްސީލްކޮށް މުބާރާތުން ފަޚްރުވެރި ވަނަތަކެއް ހޯދާފައިވާ ދަރިވަރުންނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން އިސްނަގައިގެން ނިލަންދޫގައި ހުރި ސަރުކާރުގެ ހުރިހާ މުވައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ މި ޙަރަކާތް އޮތީ 17 މާރިޗް 2022 ދުވަހު ނިލަންދޫ އިރުމަތީ ބަދަނރު ސަރަޙައްދުގައެވެ. މިޙަރަކާތުގައި މުވައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންނާއި ނިލަންދޫގެ ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވެފައި ވެއެވެ.

ކީރިތި ޤުރުރާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގައި މިއަތޮޅުން ބައިވެރިކުރި މިއަތޮޅުގެ ސްކޫލް ތަކުގެ ދަރިވަރުންގެ ތެރެއިން 04 ދަރިވަރަކަށް (ފ.އަތޮޅު މަދަރުސާގެ 02 ދަރިވަރުން، ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ 02 ދަރިވަރުން) ވަނަ ލިބިފައި ވެއެވެ. މުބާރާތުގައި ބައިވެރިވި އަތޮޅުކައުންސިލް ތަކުގެ ބައިންނާއި، މުބާރާތުގައި ބައިވެރިވި ހުރިހާ މުވައްސަސާތަކުގެ ބައިން ފަޚްރުވެރި 01 ވަނަ މިއަތޮޅު އަތޮޅުކައުންސިލަށް ލިބިފައިވެއެވެ. މިއަހަރުގެ މުބާރާތުގައި ދަރިވަރުން ބައިވެރިކުރާ ގޮތަށް ހަމަޖައްސާފައިވަނީ އަތޮޅުކައުންސިލްގެ ނަމުގައެވެ.


ރާއްޖެ އެޓޯލް ވޮލީބޯލް ޗެންޕިއަންޝިޕް 2022 ގެ ފ.އަތޮޅު މުބާރާތް ބޭއްވުން

ރާއްޖޭގެ ހުރިހާ އަތޮޅެއްގެ އަތޮޅުކައުންސިލްތައް މެދުވެރިކޮށް ވޯލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ބާއްވާ، ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕް 2022 ގެ މުބާރާތުގެ ތެރެއިން ނިލަންދެއަތޮޅު އުތުރުބުރީގައި ބާއްވާ މުބާރާތް 11 މާރިޗް 2022 ދުވަހުގެރޭގައި މިއަތޮޅު މަގޫދޫގައި ފަށާފައި ވެއެވެ. މި މުބާރާތް އެންމެ ފުރަތަމަ ފެށި އަތޮޅަކީ މިއަތޮޅެވެ.

މިއަތޮޅުގެ ހުރިހާ ރަށަކުންވެސް އަންހެން ވޮލީޓީމަކާއި، ފިރިހެން ވޮލީޓީމެއް ހިމެނޭގޮތަށް ޖުމްލަ 10 ޓީމު ވާދަކުރާ މި މުބާރާތް ހުޅުވައި ދެއްވީ މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް އެންޕަވަރމެންޓް އޮނަރަބްލް އަލްފާޟިލް އަޙްމަދު މަޙްލޫފެވެ.

މަގޫދޫ ޒުވާނުންގެ ކުލަބްގެ އަންހެން ވޮލީޓީމާއި، ދަރަނބޫދޫ ޕާޕަލް ޕަވާ ޕާޕަލްސް އަންހެން ވޮލީ ޓީމުން ފައްޓައިދިން މި މުބާރާތް ކުރިއަށްދާނީ މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ. އަތޮޅު މުބާރާތް ކާމިޔާބުކުރާ ޓީމެއް ކޮލިފައި ވާނީ ޒޯން ބުރަށެވެ.

މި މުބާރާތުގައި ފިރިހެން ވޮލީގެ ޗެންޕިއަންކަން ހޯދާފައިވަނީ ބިލެއްދޫ ފިރިހެން ވޮލީ ޓީމެވެ. އަންހެން ވޮލީގެ ޗެންޕިއަންކަން ހޯދާފައިވަނީ މަގޫދޫ އަންހެނުންގެ ވޮލީ ޓީމެވެ. މި މުބާރާތުގެ ހުރިހާ އިންތިޒާމްތަކެއް ހަމަޖައްސާފައިވަނީ މަގޫދޫ ކައުންސިލުންނެވެ.


2022 ވަނައަހަރުގެ ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުން

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން މިއަހަރުގެ ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް (08 މާރިޗް 2022) ފާހަގަ ކުރުމުގެ ގޮތުން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގައި 08 މާރިޗް 2022 ދުވަހުގެ ހެނދުނު ޙަފްލާއެއް ބާއްވާފައި ވެއެވެ. މި ޙަފްލާގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ ވެރިންނާއި މުވައްޒަފުން ބައިވެރިވެފައި ވެއެވެ.

މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި މިޙަފްލާގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ ފިރިހެން މުވައްޒަފުންގެ ފަރާތުން އަންހެން މުވައްޒަފުންނަށް ދުވަހާގުޅޭ ހަނދާނީ ފިލައަކާއި މަލަކާއި ގިފްޓެއް ދިނުމާއި މިދުވަހާ ގުޅޭގޮތުން ތައްޔާރުކުރި ކޭކުފެޅުން އޮތެވެ. ހަނދާނީ ފިލައާއި މަލާއި ގިފްޓް އަންހެން މުވައްޒަފުންނާއި ޙަވާލުކޮށްދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް ޢަލީ މުޙައްމަދެވެ. މި ޙަފްލާގައި އަންހެން މުވައްޒަފުންގެ އިތުރުން ހުރިހާ ފިރިހެން މުވައްޒަފުންވެސް ބައިވެރިވެފައި ވެއެވެ.

އަންހެން މުވައްޒަފުންގެ ޝަރަފްގައި ފިރިހެން މުވައްޒަފުންގެ ފަރާތުން ތައްޔާރުކުރި މެންދުރުގެ ޖާފަތެއް ފ.އަތޮޅުސްޓޭޓް ހައުސްގައި އޮތެވެ. މި ޖާފަތުގައި އަންހެން މުވައްޒަފުންގެ އިތުރުން ފިރިހެން މުވައްޒަފުންވެސް ބައިވެރިވެފައި ވެއެވެ.


މިއަތޮޅު މަގޫދޫ ކައުންސިލްގެ އިދާރާ މޮނިޓަރ ކުރުން

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން 2022 ވަނައަހަރު ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ ރަށުކައުންސިލް އިދާރާތައް މޮނިޓަރ ކުރުމުގެ މަސައްކަތުގެ ތެރެއިން މިއަތޮޅު މަގޫދޫ ކައުންސިލް އިދާރާ މޮނިޓަރ ކުރުމުގެ މަސައްކަތް 2022 ފެބްރުވަރީ 20 އިން 22 އަށް ކުރެވިފައި ވެއެވެ. މިއީ މިއަހަރު މޮނިޓަރކުރި ތިންވަނަ ރަށެވެ. ދަރަނބޫދޫ ކައުންސިލް އިދާރާ މޮނިޓަރކުރީ 01 ޖަނަވަރީ 2021 އިން 31 ޑިސެންބަރ 2021 ގެ ނިޔަލަށް 01 އަހަރު ދުވަހެވެ.

ރަށުކައުންސިލްތައް މޮނިޓަރ ކުރާއިރު ބަލަމުންގެންދާ ކަންތައް ތަކުގެ ތެރޭގައި އިދާރީ ކަންތައްތަކާއި، ފައިސާގެ ކަންތައްތައް ބެލުމުގެ އިތުރުން ރަށުކައުންސިލުން ކުރަމުން ގެންދާ މައިގަނޑު ހުރިހާކަމެއް ބެލުން ހިމެނެއެވެ.

މަގޫދޫ ކައުންސިލްގެ އިދާރާ މޮނިޓަރ ކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން އެއިދާރާގެ ކައުންސިލަރުންނާއި މުވައްޒަފުން ހިމެނޭގޮތަށް ބައްދަލުވުމެއް ބާއްވައި، މޮނިޓަރިންގެ މަސައްކަތާބެހޭ ގޮތުން މަޢުލޫމާތު ދެވިފައި ވެއެވެ. އަދި މޮނިޓަރިންގެ މަސައްކަތް ނިންމުމަށްފަހު ފާހަގަ ކުރެވުނު ކަންތައްތަކާއި ރަގަނޅު ކުރަންޖެހޭ ކަންތައްތަކުގެ މަޢުލޫމާތުވެސް އެ އިދާރާގެ ވެރިންނާއި މުވައްޒަފުންނަށް ދެވިފައި ވެއެވެ.


މިއަތޮޅު ބިލެއްދޫ ކައުންސިލްގެ އިދާރާ މޮނިޓަރ ކުރުން

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން 2022 ވަނައަހަރު ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ ރަށުކައުންސިލް އިދާރާތައް މޮނިޓަރ ކުރުމުގެ މަސައްކަތުގެ ތެރެއިން މިއަތޮޅު ބިލެއްދޫ ކައުންސިލް އިދާރާ މޮނިޓަރ ކުރުމުގެ މަސައްކަތް 2022 ފެބްރުވަރީ 17 އިން 19 އަށް ކުރެވިފައި ވެއެވެ. މިއީ މިއަހަރު މޮނިޓަރކުރި ތިންވަނަ ރަށެވެ. ދަރަނބޫދޫ ކައުންސިލް އިދާރާ މޮނިޓަރކުރީ 01 ޖަނަވަރީ 2021 އިން 31 ޑިސެންބަރ 2021 ގެ ނިޔަލަށް 01 އަހަރު ދުވަހެވެ.

ރަށުކައުންސިލްތައް މޮނިޓަރ ކުރާއިރު ބަލަމުންގެންދާ ކަންތައް ތަކުގެ ތެރޭގައި އިދާރީ ކަންތައްތަކާއި، ފައިސާގެ ކަންތައްތައް ބެލުމުގެ އިތުރުން ރަށުކައުންސިލުން ކުރަމުން ގެންދާ މައިގަނޑު ހުރިހާކަމެއް ބެލުން ހިމެނެއެވެ.

ބިލެއްދޫ ކައުންސިލްގެ އިދާރާ މޮނިޓަރ ކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން އެއިދާރާގެ ކައުންސިލަރުންނާއި މުވައްޒަފުން ހިމެނޭގޮތަށް ބައްދަލުވުމެއް ބާއްވައި، މޮނިޓަރިންގެ މަސައްކަތާބެހޭ ގޮތުން މަޢުލޫމާތު ދެވިފައި ވެއެވެ. އަދި މޮނިޓަރިންގެ މަސައްކަތް ނިންމުމަށްފަހު ފާހަގަ ކުރެވުނު ކަންތައްތަކާއި ރަގަނޅު ކުރަންޖެހޭ ކަންތައްތަކުގެ މަޢުލޫމާތުވެސް އެ އިދާރާގެ ވެރިންނާއި މުވައްޒަފުންނަށް ދެވިފައި ވެއެވެ.


މިއަތޮޅު ދަރަނބޫދޫ ކައުންސިލްގެ އިދާރާ މޮނިޓަރ ކުރުން

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން 2022 ވަނައަހަރު ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ ރަށުކައުންސިލް އިދާރާތައް މޮނިޓަރ ކުރުމުގެ މަސައްކަތުގެ ތެރެއިން މިއަތޮޅު ދަރަނބޫދޫ ކައުންސިލް އިދާރާ މޮނިޓަރ ކުރުމުގެ މަސައްކަތް 2022 ފެބްރުވަރީ 09 އިން 11 އަށް ކުރެވިފައި ވެއެވެ. މިއީ މިއަހަރު މޮނިޓަރކުރި ދެވަނަ ރަށެވެ. ދަރަނބޫދޫ ކައުންސިލް އިދާރާ މޮނިޓަރކުރީ 01 ޖަނަވަރީ 2021 އިން 31 ޑިސެންބަރ 2021 ގެ ނިޔަލަށް 01 އަހަރު ދުވަހެވެ.

ރަށުކައުންސިލްތައް މޮނިޓަރ ކުރާއިރު ބަލަމުންގެންދާ ކަންތައް ތަކުގެ ތެރޭގައި އިދާރީ ކަންތައްތަކާއި، ފައިސާގެ ކަންތައްތައް ބެލުމުގެ އިތުރުން ރަށުކައުންސިލުން ކުރަމުން ގެންދާ މައިގަނޑު ހުރިހާކަމެއް ބެލުން ހިމެނެއެވެ.

ދަރަނބޫދޫ ކައުންސިލްގެ އިދާރާ މޮނިޓަރ ކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން އެއިދާރާގެ ކައުންސިލަރުންނާއި މުވައްޒަފުން ހިމެނޭގޮތަށް ބައްދަލުވުމެއް ބާއްވައި، މޮނިޓަރިންގެ މަސައްކަތާބެހޭ ގޮތުން މަޢުލޫމާތު ދެވިފައި ވެއެވެ. އަދި މޮނިޓަރިންގެ މަސައްކަތް ނިންމުމަށްފަހު ފާހަގަ ކުރެވުނު ކަންތައްތަކާއި ރަގަނޅު ކުރަންޖެހޭ ކަންތައްތަކުގެ މަޢުލޫމާތުވެސް އެ އިދާރާގެ ވެރިންނާއި މުވައްޒަފުންނަށް ދެވިފައި ވެއެވެ.


މާލީބަޔާން ތައްޔާރުކުރަން ދަސްކޮށްދިނުމުގެ ތަމްރީނު ޕުރޮގުރާމެއް ހިންގުން

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން އިސް ނަގައިގެން ނިލަންދެއަތޮޅު އުތުރުބުރީގެ ރަށުކައުންސިލް އިދާރާތަކުގެ މުވައްޒަފުންނަށް މާލީބަޔާން ތައްޔާރުކުރަން ދަސްކޮށް ދިނުމުގެ ތަމްރީނު ޕުރޮގުރާމެއް 2022 ފެބްރުވަރީ 06 އިން 08 އަށް ހިންގިފައިވެއެވެ. މިތަމްރީނު ޕުރޮގުރާމް ހިންގުމުގެ ބޭނުމަކީ، މާލީބަޔާން ތައްޔަރު ކުރުމުގެ ހުނަރުވެރިކަމާއި ޤާބިލުކަން ރަށުކައުންސިލް އިދާރާ ތަކުގެ މުވައްޒަފުންގެ ކިބައިގައި އުފައްދައި، ހުރިހާ ރަށުކައުންސިލް އިދާރާތަކުންވެސް މާލީބަޔާން ތައްޔާރުކުރަންޖެހޭ ހަމަތަކާއި އުޞޫލްތަކާ އެއްގޮތަށް ތައްޔާރުކޮށް ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވަންޖެހޭ މުއްދަތުގައި ފޮނުވުމަށް މަގުފަހި ކުރުމެވެ.

މިތަމްރީނު ޕުރޮގުރާމްގައި ރަށުކައުންސިލް އިދާރާތަކުން 04 މުވައްޒަފުން، އަތޮޅުކައުންސިލްގެ އިދާރާއިން 05 މުވައްޒަފުންނާއެކު ޖުމްލަ 09 މުވައްޒަފުން ބައިވެރިވެ ތަމްރީނު ފުރިހަމަކޮށްފައި ވެއެވެ. މިތަމްރީނުގައި ކިޔަވައިދެވިފައިވަނީ 15 ގަޑިއިރުއެވެ. މި ތަމްރީނު ޕްރޮގްރާމްގައި ކިޔަވައި ދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ ފަންނީ މުވައްޒަފުންނެވެ. ކުރިއަށްއޮތްތަނުގައިވެސް މާލީބަޔާން ތައްޔާރުކުރަން ދަސްކޮށްދިނުމުގެ ތަމްރީނު ޕުރޮގުރާމްތައް ހިންގުމަށްވަނީ ހަމަޖެހިފައެވެ.


މިއަތޮޅު ފީއަލީ ކައުންސިލްގެ އިދާރާ މޮނިޓަރ ކުރުން

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން 2022 ވަނައަހަރު ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ ރަށުކައުންސިލް އިދާރާތައް މޮނިޓަރ ކުރުމުގެ މަސައްކަތުގެ ތެރެއިން މިއަތޮޅު ފީއަލީ ކައުންސިލް އިދާރާ މޮނިޓަރ ކުރުމުގެ މަސައްކަތް 2022 ޖަނަވަރީ 24 އިން 30 އަށް ކުރެވިފައި ވެއެވެ. މިއީ މިއަހަރު މޮނިޓަރކުރި ފުރަތަމަ ރަށެވެ. ފީއަލީ ކައުންސިލް އިދާރާ މޮނިޓަރކުރީ 01 ޖަނަވަރީ 2017 އިން 31 ޑިސެންބަރ 2021 ގެ ނިޔަލަށް 05 އަހަރު ދުވަހެވެ.

ރަށުކައުންސިލްތައް މޮނިޓަރ ކުރާއިރު ބަލަމުންގެންދާ ކަންތައް ތަކުގެ ތެރޭގައި އިދާރީ ކަންތައްތަކާއި، ފައިސާގެ ކަންތައްތައް ބެލުމުގެ އިތުރުން ރަށުކައުންސިލުން ކުރަމުން ގެންދާ މައިގަނޑު ހުރިހާކަމެއް ބެލުން ހިމެނެއެވެ.

ނިލަންދޫ ކައުންސިލްގެ އިދާރާ މޮނިޓަރ ކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން އެއިދާރާގެ ކައުންސިލަރުންނާއި މުވައްޒަފުން ހިމެނޭގޮތަށް ބައްދަލުވުމެއް ބާއްވައި، މޮނިޓަރިންގެ މަސައްކަތާބެހޭ ގޮތުން މަޢުލޫމާތު ދެވިފައި ވެއެވެ. އަދި މޮނިޓަރިންގެ މަސައްކަތް ނިންމުމަށްފަހު ފާހަގަ ކުރެވުނު ކަންތައްތަކާއި ރަގަނޅު ކުރަންޖެހޭ ކަންތައްތަކުގެ މަޢުލޫމާތުވެސް އެ އިދާރާގެ ވެރިންނާއި މުވައްޒަފުންނަށް ދެވިފައި ވެއެވެ.


2021 ވަނައަހަރު ހިންގި މުހިންމު ޙަރަކާތްތައް

ނަފްސާނީ މައްސަލަތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ތަމްރީނު ޕްރޮގްރާމެއް ހިންގުން

ކޮވިޑް-19 ގެ ބަލިމަޑުކަން ތަޙައްމަލް ކުރަމުން ގެންދާ ފަރާތްތަކަށް ދިމާވާ ނަފްސާނީ މައްސަލަތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން މިއަތޮޅުގެ ރަށުކައުންސިލް އިދާރާތަކާއި ޞިއްޙީ ދާއިރާގެ މުވައްޒަފުން ހިމެނޭގޮތަށް ތަމްރީނު ޕްރޮގްރާމެއް 08 ޖޫން 2021 ވަނަ ދުވަހު ހިންގައިފިއެވެ. މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އޮންލައިން ކޮށެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާއިން އިސް ނަގައިގެން ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމް ކީރިތި ޤުރުއާނުގެ ބަރަކާތުން ފައްޓަވައި ދެއްވީ އަތޮޅުކައުންސިލް އިދާރާގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ޙައްވާ ޢަބްދުލް ޢަޒީޒެވެ. ޕްރޮގްރާމް ފައްޓަވައި ދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް ޢަލީ މުޙައްމަދެވެ.

މި ތަމްރީނު ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވީ ނަފްސާނީ ޢިލްމުގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލް ކުރައްވާފައިވާ މަރިޔަމް އިނާޝާއާއި، ޝާފިޔާ ޢަބްދުލް ޢަޒީޒެވެ. މި ތަމްރީނު ޕްރޮގްރާމްގައި މިއަތޮޅުގެ ކޮންމެ ރަށުކައުންސިލް އިދާރާއަކުން 02 ބޭފުޅުންނާއި އަތޮޅު ހޮސްޕިޓަލުންނާއި ކޮންމެ ޞިއްޙީ މަރުކަޒަކުން 02 ބޭފުޅުންނާއެކު ޖުމްލަ 20 ބޭފުޅުން ބައިވެރިވެފައި ވެއެވެ.


2020 ވަނައަހަރު ހިންގި މުހިންމު ޙަރަކާތްތައް

ފ.އަތޮޅުސްޓޭޓް ހައުސްގޯތީގައި ހަދާ ގެސްޓްހައުސްގެ މަސައްކަތް ކުރުން

ފ.އަތޮޅުސްޓޭޓު ހަައުސްގައި ޢިމާރާތް ކުރުމުގެ މަސައްކަތްފަށާފައިވާ ގެސްޓު ހައުސްގެ މަސައްކަތުގެ ފުރަތަމަ ބްލޮކުގެ ދެ ކޮޓަރި ރޭނުމާއި ސިމެންތި ޖެހުމާއި، ސީލިންގ ކުރުމާއި، ފާޚާނާގެ މަސައްކަތާއި، މުށިޖެހުމުގެ މަސައްކަތާއި ކަރަންޓްވައިރާއި، ފެންވައިރުގެ މަަސައްކަތާއި ކުލަޔާއި ދަވާދު ލުމުގެ މަސައްކަތް ކުރެވިފައިވެއެވެ. މިމަސައްކަތްތައް ކުރެވިފައިވަނީ 30 ޑިސެންބަރ 2019 އިން 09 ޖުލައި 2020 ގެ ނިޔަލަށެވެ.

މީގެ އިތުރުން މި ދެކޮޓަރީގައި ދޮރުފަތްތައް ޖަހައި ހަރުމުގެ މަސައްކަތްވެސް 02 އޯގަސްޓް 2020 އިން 10 އޯގަސްޓް 2020 އަށް ކުރެވިފައިވެއެވެ. މި މަސައްކަތްތަކުގެ އިތުރުން މިދެކޮޓަރީގެ ދިއްލުންތަކާބެހޭ ހުރިހާ އެއްޗެއް ހަރުކޮށް، އެއަރކޯންވެސް ބަހައްޓާވަނީ ނިމިފައެވެ.


ބިލެއްދޫ ކައުންސިލް އިދާރާގެ މުވައްޒަފުންނަށް އެއްގަމު ލައިސަންސާބެހޭ ތަމްރީނު ދިނުން

މިއަތޮޅު ބިލެއްދޫ ކައުންސިލްގެ އިދާރާއިން އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދިނުމަށްޓަކައި އެއްގަމު ލައިސަންސާބެހޭ ތަމްރީނު ޕްރޮގުރާމެއް 23 ޖުލައި 2020 ގައި ހިންގިފައި ވެއެވެ. މިތަމްރީނު ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ އަލްފާޟިލާ ޙައްވާ ޢަބްދުލް ޢަޒީޒެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާއިން ދެމުން ގެންދާ އެއްގަމު ލައިސަންސްގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން މި ޚިދުމަތް ދިނުމަށް ބޭނުންވާ ރަށުކައުންސިލްތަކަށް އެފުރުޞަތުވަނީ ހުޅުވާލެވިފައެވެ. އެގޮތުން އެއްގަމު ލައިސަންސް ދޫކުރުމުގެ ހުއްދަ ބިލެއްދޫ ކައުންސިލްގެ އިދާރާއަށް ދީފައިވަނީ 09 އޯގަސްޓް 2020 ގައެވެ. ބިލެއްދޫ ކައުންސިލްގެ އިދާރާއިން މިޚިދުމަތް ދޭންފެށީ 16 އޯގަސްޓް 2020 ގައެވެ. މިއީ އެއްގަމު ލައިސަންސް ދޫކުރުމުގެ ހުއްދަ ދެވުނު މިއަތޮޅުގެ ފުރަތަމަ ކައުންސިލެވެ.


މިނިވަން ދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތު ބޭއްވުން

މިއަހަރުގެ މިނިވަންދުވަސް ފާހަގަ ކުރުމުގެ ގޮތުން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާގައި ދިދަނެގުމުގެ ރަސްމިއްޔާތު 26 ޖުލައި 2020 ވަނަ ދުވަހުގެ ހެނދުނު 6.00 ގައި ބޭއްވިފައި ވެއެވެ. ދިދަނެގުމުގެ ރަސްމިއްޔާތުގައި ޤުރުއާން ކިޔެވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ އިކޮނަމިކް ޑިވެލޮޕްމެންޓް އޮފިސަރ އަލްފާޟިލާ ޖަމީލާ އަޙްމަދެވެ.

ދިދަނެގުމުގެ މިރަސްމިއްޔާތުގައި ޖަލްސާ ތަޢާރަފްކުރީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ އަލްފާޟިލާ ޙައްވާ ޢަބްދުލް ޢަޒީޒެވެ. ދިދަ ނަންގަވައިދެއްވީ އަތޮޅުކައުންސިލް މެންބަރ އަލްފާޟިލް ޢަބްދުލް ޤާދިރު މުޙައްމަދެވެ. ދިދަ ނެގުމުގެ މިރަސްމިއްޔާތުގައި ނިލަންދޫގައިހުރި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިންނާއި މިއިދާރާގެ ވެރިންނާއި މުވައްޒަފުން ބައިވެރިވެފައި ވެއެވެ.


އަތޮޅު ފެންވަރުގައި ކޮވިޑް-19 އާއިގުޅޭ ޙަރަކާތްތައް ހިންގުން

ނިލަންދެއަތޮޅު އުތުރުބުރީގެ އަތޮޅު ފެންވަރުގައި ކޮވިޑް-19 އާއިގުޅޭ ޙަރަކާތްތައް ހިންގުމުގެ ގޮތުން 30 އެޕްރީލް 2020 ގައި އަތޮޅު އެމަޖެންސީ އޮޕަރޭޓިންގ ސެންޓަރެއް އުފައްދައި، އެ ސެންޓަރަށް ލަފާދޭ ކޮމެޓީއެއްއެއް އެތާރީޚުގައި އެކުލަވާލާފައި ވެއެވެ. އަތޮޅު ފެންވަރުގައި ކޮވިޑް-19 ގެ ޙަރަކާތްތައް ހިންގުމަށް އެކުލަވާލި ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ އެކިދާއިރާތަކުން އެކުލަވާލި 10 ބޭފުޅުންގެ މައްޗަށެވެ. ކޮމެޓީގެ ޗެއަރއަކީ ފ.އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ އަލްފަޟިލް އިބްރާހީމް ޚަލީލެވެ.

ކޮވިޑް-19 އާއިގުޅޭ ޙަރަކާތްތައް ހިންގުމަށް އުފެއްދެވި އަތޮޅު އިމަރޖެންސީ އޮޕަރޭޓިންގ ސެންޓަރގެ ބޭނުމަކީ ކޮވިޑް-19 އާއިގުޅޭ ގޮތުން ރަށުކައުންސިލް ތަކުގައި އުފައްދާފައިވާ ރަށު އިމަޖެންސީ އޮޕަރޭޓިންގ ސެންޓަރ ތަކުގެ މަސައްކަތްތައް ހިންގަމުން ގެންދާގޮތް ވިލަރެސްކޮށް، އެކޮމެޓީތަކަށް ދޭންޖެހޭ މަޢުލޫމާތުތައް ދިނުމާއި، މާލޭގައި އުފައްދާފައިވާ ނޭޝަނަލް އެމަޖެންސީ އޮޕަރޭޓިންގ ސެންޓަރަށް ބޭނުންވާ މަޢުލޫމާތުތައް ފޯރުކޮށްދިނުމާއި، ކޮވިޑް-19 ގެ ރޯގާބަލިމަޑުކަން އަތޮޅުގެ ރަށްރަށަށް ފެތުރުނަ ނުދިނުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމެވެ. އެގޮތުން ކޮވިޑް-19 އާއިގުޅޭ ވަރަށްގިނަ ޙަރަކާތްތްތަކެއް ހިންގިފައި ވެއެވެ.


2019 ވަނައަހަރު ހިންގި މުހިންމު ޙަރަކާތްތައް

މިއަތޮޅު ނިލަންދޫ ކައުންސިލްގެ އިދާރާ މޮނިޓަރ ކުރުން

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން 2019 ވަނައަހަރު ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ ރަށުކައުންސިލްތައް މޮނިޓަރ ކުރުމުގެ މަސައްކަތުގެ ތެރެއިން މިއަތޮޅު ނިލަންދޫ ކައުންސިލް އިދާރާ މޮނިޓަރ ކުރުމުގެ މަސައްކަތް 2019 ނޮވެންބަރ 17 އިން 21 އަށް ކުރެވިފައި ވެއެވެ. މިއީ މިއަހަރު މޮނިޓަރ ކުރެވޭ 04 ވަނަ ރަށެވެ.

ރަށުކައުންސިލްތައް މޮނިޓަރ ކުރާއިރު ބަލަމުންގެންދާ ކަންތައް ތަކުގެ ތެރޭގައި އިދާރީ ކަންތައްތަކާއި، ފައިސާގެ ކަންތައްތައް ބެލުމުގެ އިތުރުން ރަށުކައުންސިލުން ކުރަމުން ގެންދާ މައިގަނޑު ހުރިހާކަމެއް ބެލުން ހިމެނެއެވެ.

ނިލަންދޫ ކައުންސިލްގެ އިދާރާ މޮނިޓަރ ކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން އެއިދާރާގެ ކައުންސިލަރުންނާއި މުވައްޒަފުން ހިމެނޭގޮތަށް ބައްދަލުވުމެއް ބާއްވައި، މޮނިޓަރިންގެ މަސައްކަތާބެހޭ ގޮތުން މަޢުލޫމާތު ދެވިފައި ވެއެވެ. އަދި މޮނިޓަރިންގެ މަސައްކަތް ނިންމުމަށްފަހު ފާހަގަ ކުރެވުނު ކަންތައްތަކާއި ރަގަނޅު ކުރަންޖެހޭ ކަންތައްތަކުގެ މަޢުލޫމާތުވެސް އެ އިދާރާގެ ވެރިންނާއި މުވައްޒަފުންނަށް ދެވިފައި ވެއެވެ.


އަތޮޅުކައުންސިލްގެ މުވައްޒަފުންނަށް އީ.އެޑްމިންއާބެހޭ ތަމްރީނު ދިނުމުގެ ޕްރޮގްރާމެއް ހިންގުން

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާގައި މުވައްޒަފުންނާބެހޭ މަސައްކަތްތައް އީ.އެޑްމިންގެ ތެރެއިން ކުރިއަށް ގެންދިއުމުގެ ގޮތުން އަތޮޅުކައުންސިލް އިދާރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން 08 ނޮވެންބަރ 2019 ގައި އެއްދުވަހުގެ ތަމްރީން ޕްރޮގުރާމެއް ހިންގިފައިވެއެވެ. މިތަމްރީނު ޕްރޮގުރާމްގައި މަޢުލޫމާތު ދެއްވާފައިވަނީ އެން.ސީ.އައިޓީގެ ބޭފުޅުންނެވެ.

މިތަމްރީނު ޕްރޮގުރާމަކީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާއާއި އެން.ސީއައިޓީއާއި ގުޅިގެން ހިންގި ތަމްރީނު ޕްރޮގުރާމެކެވެ. އެގޮތުން މަޢުލޫމާތު ދެއްވުމަށް ވަޑައިގެންނެވި ދެބޭފުޅުންގެ ދެކޮޅު ދަތުރުގެ ޚަރަދާއި، ހުރުން ހަމަޖައްސާފައިވަނީ މިއިދާރާއިންނެވެ.

އީ.އެޑްމިންއަކީ މުވައްޒަފުންނާބެހޭ ރެކޯޑްތައް ސަރުކާރުގެ ވިއުގައިގެ ތެރެއިން ފަސޭހަ ކަމާއެކު ބެލެހެއްޓޭގޮތަށް ފަރުމާކޮށްފައިވާ ޕްރޮގުރާމެކެވެ. މިތަމްރީނު ޕްރޮގުރާމްގައި އަތޮޅުކައުންސިލްގެ މުވައްޒަފުންގެ އިތުރުން ނިލަންދޫ ކައުންސިލްގެ އިދާރާގެ މުވައްޒަފުންނާއި ފ.އަތޮޅު ތަޢުލީމީމަރުކަޒުގެ މުވައްޒަފުން ބައިވެރިވެފައި ވެއެވެ.


1441 ވަނައަހަރުގެ ޤައުމީދުވަސް ފާގަހަކުރުން

1441 ވަނައަހަރުގެ ޤައުމީދުވަސް މިއަތޮޅު ނިލަންދޫގައި ރަށުފެންވަރުގައި ފާހަގަކުރުމުގެގޮތުން ހިންގި ޙަރަކާތްތަކުގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާާރާއިންވެސް ބައިވެރިވެ ޙަރަކާތްތަކެއް ހިންގާފައިވެއެވެ. ޤައުމީ ދުވަހުގެ ޙަރަކާތްތައް ނިލަންދޫގައި ކުރިއަށް ގެންގޮސްފައިވަނީ ނިލަންދޫގައިހުރި ސަރުކާރުގެ ހުރިހާ މުވައްސަސާތަކެއް ގުޅިގެން ނިލަންދޫ ހުޅަނގު ބަނަދަރުގައެވެ. ޤައުމީދުވަސް ފާހަގަ ކުރުމުގެގޮތުން އެންމެފުރަތަމަ ގެންދިޔަ ޙަރަކާތަކީ 29 އޮކްޓޯބަރ 2019 ވަނަ ދުވަހުގެ ހެދުނު 6.00 ގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބޭއްވުމެވެ. ދިދަ ނަންގަވައި ދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް ޢުމަރު ޒާހިރެވެ.

1441 ވަނައަހަރުގެ ޤައުމީ ދުވަސް ފަހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޙަރަކާތްތައް ގެންދިޔައީ އެދުވަހުގެ 4.30 ގައި ނިލަންދޫ ހުޅަނގު ބަދަރުގައެވެ. ހުޅަނގު ބަނދަރުގައި ކުރިއަށްގެންދިޔަ މި ޙަރަކާތުގައި އަތޮޅުކައުންސިލުން ކުރިއަށް ގެންގޮސްފައިވަނީ ފަންގިވިނުމާއި، ރޯނުވެށުމާއި، ހުނިގޭނުމުގެ މުބާރާތަކާއި، ކުޑަދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ޙަރަކާތްތަކެވެ. މި ޙަރަކާތްތައް ކުރިއަށް ގެންދިއުމުގައި އަތޮޅުކައުންސިލްގެ ވެރިންނާއި މުވައްޒަފުން ބައިވެރިވެފައި ވެއެވެ.


ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންގެ މެދުގައި ކުޅިވަރު މުބާރާތެއް ބޭއްވުން

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ރަގަނޅުކޮށް މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤުޞަދުގައި މުވައްޒަފުންގެ މެދުގައި ކުޅިވަރު މުބާރާތެއް 2019 އޮކްޓޯބަރ 13 އިން 17 އަށް ބޭއްވިފައި ވެއެވެ. މުވައްޒަފުން ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި ކުޅެފައިވަނީ ކެރަމް، ބެޑްމިންގޓަން، ފުޓުސަލް އަދި އަންހެން މުވައްޒަފުންގެ ވޮލީއެވެ. މިއީ މުވައްޒަފުންގެ މެދުގައި ބޭއްވި ތިންވަނަ ކުޅިވަރު މުބާރާތެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ މުވައްޒަފުންގެ މެދުގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި ބެޑްމިންގޓަނާއި، ކެރަމް މުބާރާތް ކުރިއަށް ގެންދިޔައީ ފ.ނިލަންދޫ ޒުވާނުންގެ މަރުކަޒުގައެވެ. ފުޓުސަލް މުބާރާތް ބޭއްވީ ނިލަންދޫ ފުޓުސަލް ދަނޑުގައެވެ. އަންހެނުންގެ ވޮލީ މުބަރާތް ބޭއްވީ ފ.އަތޮޅު ސްޓޭޓް ހައުސްގެ ގޯތީގައެވެ.


ފާފު އެންމެ ސާފު ޕްރޮގުރާމްގެ ދަށުން މީހުން ހޭލުންތެރި ކުރުމުގެ ބޯޑުތަކެއް ރަށްރަށުގައި ބެހެއްޓުން

ރައްކާތެރިގޮތުގައި ކުނި ނައްތާލައި ކުނިބުނިން ތިމާވެށި ސާފުއަތޮޅަކަށް ހެދުމަށްޓަކައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ފާފު އެންމެސާފު ޕްރޮގްރާމްގެ ދަށުން މިއަތޮޅުގެ ރަށްރަށުގެ މީހުން ހޭލުންތެރި ކުރުމުގެ ގޮތުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކުންޏާބެހޭ ޝިޢާރު ބޯޑުތަކެއް ބެހެއްޓިފައިވެއެވެ. މި މަސައްކަތް ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ބޯޑު ބަހައްޓާފައިވަނީ 06 އޯގަސްޓު 2019 ގައި މިއަތޮޅު ނިލަންދޫގައެވެ.

މިއަތޮޅުގެ މީހުންދިރިއުޅޭ ކޮންމެ ރަށެއްގައި މިބޯޑު ބެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާގެ މުވައްޒަފުން ރަށްރަށަށްގޮސް އެރަށެއްގެ ރަށުކައުންސިލް ތަކުގެ އެހީތެރިކަމާއެކުގައެވެ. މިބޯޑުތައް ބެހެއްޓުމަށް އަތޮޅުގެ ރަށްރަށަށްކުރި ދަތުރުގައި ވެރިންގެ ގޮތުގައި ބައިވެރިވެފައިވަނީ އަތޮޅުކައުންސިލްގެ ނައިބްރައީސް އަލްފާޟިލް މަޙްމޫދު އަޙްމަދާއި ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އިބްރާހީމް ޝިފާޙު ޢަބްދުއްރަޙްމާނެވެ. ދަތުރުކުރީ މިއިދާރާގެ މާވަށި ދޯނީގައެވެ.


މާލީބަޔާން ތައްޔާރުކުރަން ދަސްކޮށްދިނުމުގެ ތަމްރީނު ޕުރޮގުރާމެއް ހިންގުން

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން އިސް ނަގައިގެން ނިލަންދެއަތޮޅު އުތުރުބުރީގެ ރަށުކައުންސިލް އިދާރާތަކުގެ މުވައްޒަފުންނަށް މާލީބަޔާން ތައްޔާރުކުރަން ދަސްކޮށް ދިނުމުގެ ތަމްރީނު ޕުރޮގުރާމެއް 2019 ޖޫން 16 އިން 17 އަށް ހިންގިފައިވެއެވެ. މިތަމްރީނު ޕުރޮގުރާމް ހިންގުމުގެ ބޭނުމަކީ، މާލީބަޔާން ތައްޔަރު ކުރުމުގެ ހުނަރުވެރިކަމާއި ޤާބިލުކަން ރަށުކައުންސިލް އިދާރާ ތަކުގެ މުވައްޒަފުންގެ ކިބައިގައި އުފައްދައި، ހުރިހާ ރަށުކައުންސިލްގެ އިދާރާތަކުންވެސް 2019 ވަނައަހަރުން ފެށިގެން މާލީބަޔާން ތައްޔާރުކުރަންޖެހޭ ހަމަތަކާއި އުޞޫލްތަކާ އެއްގޮތަށް ތައްޔާރުކޮށް ފޮނުވަންޖެހޭ ތަންތަނަށް ފޮނުވަންޖެހޭ މުއްދަތުގައި ފޮނުވުމަށް މަގުފަހި ކުރުމެވެ.

މިތަމްރީނު ޕުރޮގުރާމްގައި ރަށުކައުންސިލް އިދާރާތަކުން 07 މުވައްޒަފުން، އަތޮޅުކައުންސިލްގެ އިދާރާއިން 02 މުވައްޒަފުންނާއެކު ޖުމްލަ 09 މުވައްޒަފުން ބައިވެރިވެ ތަމްރީނު ފުރިހަމަކޮށްފައި ވެއެވެ. މިތަމްރީނުގައި ކިޔަވައިދެވިފައިވަނީ 15 ގަޑިއިރުއެވެ. ކުރިއަށްއޮތްތަނުގައިވެސް މާލީބަޔާން ތައްޔާރުކުރަން ދަސްކޮށްދިނުމުގެ ތަމްރީނު ޕުރޮގުރާމްތައް ހިންގުމަށްވަނީ ހަމަޖެހިފައެވެ.


ފ.އަތޮޅު ޤުރުއާން މުބާރާތް 2019 ބޭއްވުން

ފ.އަތޮޅުގެ ރަށްރަށުގެ ރައްޔިތުންގެ މެދުގައި ޤުރުއާނަށް ލޯބި ޖައްސައި ޤުރުއާނުގެ ފަންނު އަތޮޅުގައި ދިރުވައި އާލާ ކުރުމުގެ ގޮތުން ފ.އަތޮޅުގެ ސްކޫލް / މަދަރުސާ / ޖަމްޢިއްޔާތަކަށް ހުޅުވާލައިގެން ފ.އަތޮޅުކައުންސިލުން ކުރިއަށްގެންދިޔަ "ފ.އަތޮޅު ޤުރުއާން މުބާރާތް 2019" މިއަތޮޅު ދަރަނބޫދޫގައި 2019 އެޕްރީލް 18 އިން 20 އަށް ބޭއްވިފައި ވެއެވެ. މިމުބާރާތުގައި ޖުމްލަ 11 ޓީމަކުން 176 ބައިވެރިން ވާދަކޮށްފައި ވެއެވެ. މުބާރާތުގައި ބައިވެރިވެފައިވަނީ މިއަތޮޅުގެ 05 ސްކޫލުންނާއި، 06 ޖަމްޢިއްޔާއަކުންނެވެ. މިއީ އަތޮޅުކައުންސިލުން ޤުރުއާން މުބާރާތް ބާއްވަން ފެށީއްސުރެ މިހާތަނަށް އެންމެގިނަ ފަރާތްތަކުން ބައިވެރިވި ފަހަރުވެސް މެއެވެ.

މިމުބާރާތުގައި ހުރިހާ ގޮތަކުން އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ފ. އަތޮޅުމަދަރުސާގެ ދަރިވަރު ފ.ފީއަލީ ނަދީލާމަންޒިލް ޢާއިޝަތު ޔާނާ އަޙުމަދެވެ. ދެވަނަ ހޯދާފައިވަނީ ފ.ނިލަންދޫ ޑޭލައިޓު ކުލަބުން ބައިވެރިވި ފ.ނިލަންދޫ ދޮންފަތްބަގީޗާގޭ ޖިޢާން ޢަބުދުލް މަޖީދެވެ. ތިންވަނަ ހޯދާފައިވަނީ ފ.އަތޮޅު މަދަރުސާގެ ދަރިވަރު ފ.ފީއަލީ ޖަވާހިރުމާގޭ ރިވާ ޖަލީލެވެ.

މިމުބާރާތުގައި ވާދަކުރި ޓީމުތަކުގެ ތެރެއިން 01 ވަނަ ހޯދާފައިވަނީ ފ.ބިލެއްދޫ ނާރެސް ޖަމްޢިއްޔާއެވެ. ދެވަނަ ހޯދާފައިވަނީ ފ.އަތޮޅު ތަޢުލީމީ މަރުކަޒެވެ. ތިންވަނަ ހޯދާފައިވަނީ ނިލަންދޫ ޑޭލައިޓު ކުލަބެވެ. މިމުބާރާތް ފ.ދަރަނބޫދޫގައި ކުރިއަށް ގެންދިއުމުގައި އެރަށުގެ ކައުންސިލުންނާއި ސްކޫލުން އަދި ރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށްބޮޑު އެއްބާރުލުމެއް ލިބިފައި ވެއެވެ.


މަގޫދޫ ކައުންސިލްގެ އިދާރާ މޮނިޓަރ ކުރުން

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން 2019 ވަނައަހަރު ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ ރަށުކައުންސިލްތައް މޮނިޓަރ ކުރުމުގެ މަސައްކަތުގެ ތެރެއިން މިއަތޮޅު މަގޫދޫ ކައުންސިލް އިދާރާ މޮނިޓަރ ކުރުމުގެ މަސައްކަތް 2019 މާރިޗު 24 އިން 28 އަށް ކުރެވިފައި ވެއެވެ. މިކައުންސިލް އިދާރާ މޮނިޓަރ ކުރުމަށްފަހު ފާހަގަ ކުރެވުނު ކަންތައްތަކާއި ކުރިއަށްއޮތް ތަނުގައި ރަގަނޅު ކުރަންޖެހޭ ކަންތައްތަކުގެ މަޢުލޫމާތު އެ އިދާރާގެ ވެރިންނާއި މުވައްޒަފުންނަށް ދެވިފައި ވެއެވެ.

ރަށުކައުންސިލްތައް މޮނިޓަރ ކުރާއިރު ބަލަމުންގެންދާ ކަންތައް ތަކުގެ ތެރޭގައި އިދާރީ ކަންތައްތަކާއި، ފައިސާގެ ކަންތައްތައް ބެލުމުގެ އިތުރުން ރަށުކައުންސިލުން ކުރަމުން ގެންދާ މައިގަނޑު ހުރިހާކަމެއް ބެލުން ހިމެނެއެވެ.


ނިލަންދޫ ކައުންސިލްގެ މުވައްޒަފުން ޖެމްސްއަށް އަހުލުވެރި ކުރުވުމުގެ ތަމްރީނު ޕްރޮގްރާމެއް ހިންގުން

ނިލަންދެއަތޮޅު އުތުރުބުރީގެ ރަށުކައުންސިލް ތަކުގެ މުވައްޒަފުން ޖެމްސްއަށް އަހުލުވެރި ކުރުމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ޕްރޮގުރާމްގެ ތެރެއިން ނިލަންދޫ ކައުންސިލްގެ މުވައްޒަފުން ޖެމްސްއަށް އަހުލުވެރި ކުރުމުގެ ތަމްރީނު ޕްރޮގުރާމެއް 2019 މާރިޗު 11 އިން 13 އަށް ހިންގިފައި ވެއެވެ.

މިތަމްރީނު ޕްރޮގުރާމްގައި ނިލަންދޫ ކައުންސިލް އިދާރާގެ 11 މުވައްޒަފަކު ބައިވެރިވެ ތަމްރީނު ހޯދާފައި ވެއެވެ. މިތަމްރީނު ޕްރޮގުރާމްގައި މަޢުލޫމާތު ދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ ސީނިއަރ އެޑުމިނިސްޓްރޭޓިވް އޮފިސަރ އަލްފާޟިލާ ޙައްވާ ޢަބުދުލް ޢަޒީޒެވެ.


ނިލަންދޫ ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ތަފާސްހިސާބާބެހޭ ތަމްރީނު ޕުރޮގުރާމެއް ހިންގުން

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަމުރީނު ޕްރޮގުރާމް ތަކުގެ ތެރެއިން ތަފާސް ހިސާބު ނެގުމާއި ބެލެހެއްޓުމުގެ ތަމްރީނު ޕްރޮގުރާމެއް 2019 މާރިޗު 05 އިން 06 އަށް މިއަތޮޅު ނިލަންދޫ ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ހިންގިފައި ވެއެވެ.

މިތަމްރީނު ޕްރޮގުރާމްގައި ނިލަންދޫ ކައުންސިލް އިދާރާގެ 09 މުވައްޒަފަކު ބައިވެރިވެ ތަމްރީނު ހޯދާފައި ވެއެވެ. މި ތަމްރީނު ޕްރޮގުރާމްގައި މަޢުލޫމާތު ދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޕްލޭނިންގ އޮފިސަރ އަލްފާޟިލާ ޝަޒީލާ މޫސާއާއި، ރިސާރޗު އޮފިސަރ އަލްފާޟިލާ ޚަދީޖާ ޢަލީއެވެ.


ބިލެއްދޫ ކައުންސިލްގެ އިދާރާ މޮނިޓަރ ކުރުން

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން 2019 ވަނައަހަރު ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ ރަށުކައުންސިލްތައް މޮނިޓަރ ކުރުމުގެ މަސައްކަތުގެ ތެރެއިން މިއަތޮޅު ބިލެއްދޫ ކައުންސިލް އިދާރާ މޮނިޓަރ ކުރުމުގެ މަސައްކަތް 2019 މާރިޗު 04 އިން 07 އަށް ކުރެވިފައި ވެއެވެ. ބިލެއްދޫ ކައުންސިލްގެ އިދާރާ މޮނިޓަރ ކުރުމަށްފަހު ފާހަގަ ކުރެވުނު ކަންތައްތަކާއި ކުރިއަށްއޮތް ތަނުގައި ރަގަނޅު ކުރަންޖެހޭ ކަންތައްތަކުގެ މަޢުލޫމާތު އެ އިދާރާގެ ވެރިންނާއި މުވައްޒަފުންނަށް ދެވިފައި ވެއެވެ.

ރަށުކައުންސިލްތައް މޮނިޓަރ ކުރާއިރު ބަލަމުންގެންދާ ކަންތައް ތަކުގެ ތެރޭގައި އިދާރީ ކަންތައްތަކާއި، ފައިސާގެ ކަންތައްތައް ބެލުމުގެ އިތުރުން ރަށުކައުންސިލުން ކުރަމުން ގެންދާ މައިގަނޑު ހުރިހާކަމެއް ބެލުން ހިމެނެއެވެ.


މާލޭގެ މުވައްސަސާތަކާއި ބައްދަލުކުރުމަށް އަތޮޅު ކައުންސިލުން މާލެއަށް ދަތުރެއް ކުރުން

ނިލަންދެ އަތޮޅު އުތުރުބުރީގެ ރަށްރަށުގައި ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރުޢުތައް ކުރިއަށް ގެންދިއުމުގައި ހުރި ކަންބޮޑުވުންތަކާއި، ރައްރަށުގެ ރައްްޔިތުންނަށް ދިމާވެފައިވާ ދަތިތަކާއި، އަތޮޅުގެ ޞިއްޙީ ދާއިރާއާއި، ތަޢުލީމީދާއިރާއިން ޚިދުމަތްދިނުމުގައި ހުރި ދަތިތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި އެކަންކަމަށް ޙައްލެއް ހޯދުމުގެ ގޮތުން މާލޭގެ ކަމާބެހޭ މުވައްސަސާތަކާއި މަޝްވަރާކުރުމަށް 2019 ފެބްރުވަރީ 02 އިން 07 އަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން މާލެއަށް ދަތުރެއް ކޮށްފައި ވެއެވެ.

މިދަތުރުގައި ބައެއް ވަޒީރުންނާއި، ބައެއް ސްޓޭޓު މިނިސްޓަރުންނާއި، މުވައްސަސާތަކުގެ ބައެއް ވެރިންނާއި ބައްދަލުކޮށް، ރަށްރަށުގެ ތަރައްޤީގެ މަޝްރުޢުތައް ކުރިއަށް ގެންދިއުމުގައި ހުރި ކަންބޮޑުވުންތަކާއި، ރަށްރަށުގެ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ކަންތައްތަކާއި، ދިމާވެފައިހުރި ދަތިތަކާއި، އަތޮޅުގެ ޞިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާއިން ޚިދުމަތްތައް ދިނުމުގައި ހުރި ދަތިތައް އޮޅުން ފިލުވައިދީ އެކަންކަމަށް ޙައްލެއް ހޯދައި ދިނުމަށް ކުރެވެންހުރި ކަންތައްތައް ކޮށްދިނުމާބެހޭ ގޮތުން މަޝްވަރާތައް ކުރެވިފައިވެއެވެ.

މިދަތުރުގައި 09 މިނިސްޓްރީއަކާއި، 03 މުވައްސަސާއެއްގެ ކަމާބެހޭ ބޭފުޅުންނާއި ބައްދަލުކޮށްފައި ވެއެވެ.


އަތޮޅުތެރޭގެ ޙާލަތު ބެލުމަށް އަތޮޅު ކައުންސިލުން އަތޮޅުގެ ރަށްރަށަށް ދަތުރެއް ކުރުން

އަތޮޅުތެރޭގެ ޙާލަތު ބެލުމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން 2019 ޖަނަވަރީ 20 އިން 24 އަށް އަތޮޅުގެ ރަށްރަަށަށް ދަތުރެއް ކޮށްފައި ވެއެވެ. މިދަތުރުގެ ބޭނުމަކީ، ރަށްރަށުގެ ރައްޔިތުން ބޭނުންވާ ކަންތައްތަކާއި ހުރި ދަތިތަކަކީ ކޮބައިތޯ ބަލައި، އަދި ރަށުކައުންސިލް ތަކުންނާއި، ތަޢުލީމީ ދާއިރާއިންނާއި ޞިއްޙީ ދާއިރާއިން ޚިދުމަތްތައް ދިނުމުގައި ހުރި ދަތިތަކާއި ކަންބޮޑުވުން ތަކުގެ މަޢުލޫމާތުވެސް އޮޅުންފިލުވައި، އެކަންކަމަށް ޙައްލެއް ހޯދައި ދިނުމަށް އަތޮޅުކައުންސިލުން ކުރެވެންހުރި މަސައްކަތް ކުރުމެވެ.

އަތޮޅުގެ ރަށްރަށަށްކުރި މިދަތުތުރުގައި ރަށްރަށުގެ ކައުންސިލްތަކާއި، ތަޢުލީމީ ދާއިރާއާއި، ޞިއްޙީ ދާއިރާއާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި، ކުލަބު ޖަމްޢިއްޔާތަކުގެ މެންބަރުންނާ ބައްދަލުކޮށް ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކާއި، ތަޢުލީމީ ދާއިރާއާއި، ޞިއްޙީ ދާއިރާއިން ޚިދުމަތްތައް ދިނުމުގައި ހުރި ދަތިތަކުގެ މަޢުލޫމާތު އޮޅުންފިލުވާފައި ވެއެވެ.

މިދަތުރުގައި އަތޮޅުކައުންސިލުން 2019 ވަނައަހަރު ކުރިއަށް ގެންދިއުމަށް ރާއްވަވާފައިވާ ކަންކަމުގެ މަޢުލުމާތު އޮޅުން ފިލުވައިދީ، ކައުންސިލް ތަކުންނާއި، ދާއިރާތަކުން އަދި ކުލަބު ޖަމްޢިއްޔާ ތަކުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުން ކުރައްވާ ކަންތައްތަކުގައި އަތޮޅު ކައުންސިލުން އެހީތެރިވެ ދިނުމަށް ބޭނުންވާ ކަންތައްތަކުގެ މަޢުލޫމާތުވެސް އޮޅުން ފިލުވާފައި ވެއެވެ.


2018 ވަނައަހަރު ހިންގި މުހިންމު ޙަރަކާތްތައް

ފ.އަތޮޅު ކައުންސިލް އިދާރާގެ ކުލަބުން އަދަބީ ފޯވަހީގެ ނަމުގައި އަދަބީ މުބާރާތެއް ބޭއްވުން

ފ.އަތޮޅު ކައުންސިލް އިދާރާގެ ރެކުރިއޭޝަން ކުލަބު "އެއްބައިވަންތަ ކަމުގެ ރޫޙު" ގެ ފަރާތުން އަދަބީ ކަންތައްތައް ދިރުވައި އާލާކުރުމަށް ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން މިއަތޮޅު ނިލަންދޫގެ ޢުމުރުން 18 އަހަރުން މަތީގެ މީހުންނަށް އަމާޒުކޮށްގެން "ފޭސާ އަދާބީ ފޯވަހި 2018" ގެ ނަމުގައި އަދަބީ މުބާރާތެއް 2018 ޑިސެންބަރ 09 ވަނަ ދުވަހު ފ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ބާއްވައިފައި ވެއެވެ. މިއަދަބީ މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އަދަބީ ކުއިޒާއި، ބައިތުބާޒީއާއި މަދަޙަ ކިއުމެވެ.

ނިލަންދޫގެ 04 ޓީމަކުން ވާދަކޮށްގެން ކުރިއަށް ގެންދިޔަ މިމުބާރާތުގައި އަދަބީ ކުއިޒުން އެއްވަނަ ހޯދާފައިވަނީ ނިލަންދިއަންސް ޓީމެވެ. ގުރޫޕް މަދަޙަ ކިއުމުންނާއި ބައިތުބާޒީން އެއްވަނަ ހޯދާފައިވަނީ ޖަވާހިރު ޓީމެވެ. ވަކި މަދަޙަ ކިއުމުން އެއްވަނަ ހޯދާފައިވަނީ ނިލަންދިއަންސް ޓީމުގެ ރަޝީދާ ޢުމަރެވެ. އަދަބީ ކުއިޒުން އެންމެ މޮޅު ބައިވެރިއަކީ ނިލަންދިއަންސް ޓީމުގެ ޒީނަތު އިސްމާޢީލެވެ. އެންމެ މޮޅު ބައިތު ކިއުން ތެރިއަކީ ޖަވާހިރު ޓީމުގެ ޙަލީމާ ޢަބުއްރަޙުމާނެވެ. މި މުބާރާތުގައި ވަނަވަނައަށްދިޔަ ފަރާތްތަކަށް ހަނދާނީ ލިއުމާއި ފައިސާގެ އިނާމު ދީފައި ވެއެވެ.


"ފާފު އެންމެ ސާފު" ޕްރޮގުރާމްގެ ދަށުން ފ.ފީއަލި، ބިލެއްދޫ، ނިލަންދޫ ސާފުކުރުން

ފ.އަތޮޅުކައުންސިލުން އިސް ނަގައިގެން މިއަތޮޅުގެ ރަށްރަށް ސާފުކުރުމަށް ކުރިއަށް ގެންދާ "ފާފު އެންމެ ސާފު" ޕްރޮގުރާމްގެ ދަށުން މުޅި ރާއްޖެ ސާފުކުރުމާ ގުޅުވައިގެން "ފާފު އެންމެ ސާފު" ޕްރޮގުރާމްވެސް ކުރިއަށް ގެންދިއުމުގެ ގޮތުން މިއަތޮޅު ފީއަލި، ބިލެއްދޫ އަދި ނިލަންދޫގައި އަތޮޅުކައުންސިލްގެ މުވައްޒަފުން ބައިވެރިވެ ރަށުކައުންސިލް ތަކުގެ އެހީތެރިކަމާއެކު ރަށުގެ ރައްޔިތުންނާ ގުޅިގެން ރަށްރަށުގެ ގޮނޑު ދޮށުގައިހުރި ޕުލާސްޓިކުގެ ބާވްތައްތަކާއި އެނޫންވެސް ތަކެތި ނަގައި ސާފުކުރުމުގެ މަސައްކަތް 08 ޑިސެންބަރ 2018 ވަނަ ދުވަހު ކުރެވިފައި ވެއެވެ.

ރަށްރަށް ސާފުކުރުމަށް ރަށްރަށުގެ ރައްޔިތުންނާ އެކުގައި އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުން މިއަދު ކުރިއަށް ގެންދިޔަ މަސައްކަތުން ޖަންބޯ ގޯނީގެ 10 ގޯނި ޕްލާސްޓިކު ފީއަލި ބިލެއްދޫން ނެގިފައި ވެއެވެ. އަދި ނިލަންދޫވެސް 173.2 ކިލޯ ޕްލާސްޓިކު ނެގިފައި ވެއެވެ.


"ފާފު އެންމެ ސާފު" ޕްރޮގުރާމްގެ ދަށުން ފ.މަގޫދޫ ސާފުކުރުން

ފ.އަތޮޅުކައުންސިލުން އިސް ނަގައިގެން މިއަތޮޅުގެ ރަށްރަށް ސާފުކުރުމަށް ކުރިއަށް ގެންދާ "ފާފު އެންމެ ސާފު" ޕްރޮގުރާމްގެ ދަށުން މިއަތޮޅު މަގޫދޫ ސާފުކުރުމަށް މަގޫދޫއަށްގޮސް މަގޫދޫގެ ގޮނޑުދޮށުގައިހުރި ޕްލާސްޓިކުގެ ބާވަތްތަކާއި އެނޫންވެސް ތަކެތި ނަގައި ސާފު ކުރުމުގެ މަސައްކަތް 05 ޑިސެންބަރ 2018 ވަނަ ދުވަހު ކުރެވިފައި ވެއެވެ. މަގޫދޫގެ ގޮނޑުދޮށް ސާފުކުރުމުގެ އިތުރުން ރަށުތެރޭގައިހުރި ޕްލާސްޓިކުގެ ބާވަތްތައްވެސް ނަގައި ސާފުކުރެވިފައި ވެއެވެ. މިއަދުގެ މަސައްކަތުން ޖަންބޯ ގޯނީގެ 08 ގޯނި ޕްލާސްޓިކު މަގޫދޫން ނެގިފައި ވެއެވެ.

މަގޫދޫ ސާފުކުރުމަށް ކުރިއަށް ގެންދިޔަ މަސައްކަތުގައި ފ.އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންގެ އިތުރުން ފ.ދަރަނބޫދޫ ކައުންސިލް އިދާރާގެ ބައެއް މުވައްޒަފުން ބައިވެރި ވެފައިވެއެވެ. އަދި މަގޫދޫ ކައުންސިލް އިދާރާގެ މުވައްޒަފުންނާއި، މަގޫދޫގައިހުރި އެކިދާއިރާތަކުގެ މުވައްޒަފުންނާއި އެރަށުގެ ޢާންމު ބައެއް ފަރާތްތަކުންނާއި މަގޫދޫ ސްކޫލްގެ ބައެއް ދަރިވަރުން ބައިވެރި ވެފައި ވެއެވެ. މިގޮތުން މިމަސައްކަތުގައި ކުދިބޮޑު 95 މީހުން ބައިވެރި ވެފައި ވެއެވެ. މިމަސައްކަތުގައި ފ.މަގޫދޫ ކައުންސިލް އިދާރާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައި ވެއެވެ.


"ފާފު އެންމެ ސާފު" ޕްރޮގުރާމްގެ ދަށުން ފ.ދަރަނބޫދޫ ސާފުކުރުން

ފ.އަތޮޅުކައުންސިލުން އިސް ނަގައިގެން މިއަތޮޅުގެ ރަށްރަށް ސާފުކުރުމަށް ކުރިއަށް ގެންދާ "ފާފު އެންމެ ސާފު" ޕްރޮގުރާމްގެ ދަށުން މިއަތޮޅު ދަރަނބޫދޫ ސާފުކުރުމަށް ދަރަނބޫދޫއަށްގޮސް ދަރަނބޫދޫގެ ގޮނޑުދޮށުގައިހުރި ޕްލާސްޓިކުގެ ބާވަތްތަކާއި އެނޫންވެސް ތަކެތި ނަގައި ސާފު ކުރުމުގެ މަސައްކަތް 04 ޑިސެންބަރ 2018 ވަނަ ދުވަހު ކުރެވިފައި ވެއެވެ. މިއަދުގެ މަސައްކަތުން ޖަންބޯ ގޯނީގެ 06 ގޯނި ޕްލާސްޓިކު ދަރަނބޫދޫ ގޮނޑުދޮށުން ނަގައި ސާފު ކުރެވިފައި ވެއެވެ.

ދަރަނބޫދޫ ސާފުކުރުމަށް މިއަދު ކުރިއަށް ގެންދިޔަ މަސައްކަތުގައި ފ.އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންގެ އިތުރުން ފ.ދަރަނބޫދޫ ކައުންސިލް އިދާރާގެ މުވައްޒަފުންނާއި، ދަރަނބޫދޫގައިހުރި އެކިދާއިރާ ތަކުގެ މުވައްޒަފުންނާއި، އެރަށުގެ ޢާންމު ބައެއް ފަރާތްތަކުން އަދި ދަރަނބޫދޫ ސްކޫލްގެ ބައެއް ދަރިވަރުން ބައިވެރި ވެފައި ވެއެވެ. މިގޮތުން މިމަސައްކަތުގައި ކުދިބޮޑު 54 މީހުން ބައިވެރި ވެފައި ވެއެވެ. މިމަސައްކަތުގައި ފ.ދަރަނބޫދޫ ކައުންސިލް އިދާރާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައި ވެއެވެ.


އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންގެ މެދުގައި ކުޅިވަރު މުބާރާތެއް ބޭއްވުން

ފ.އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ރަގަނޅުކޮށް މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤުޞަދުގައި ފ.އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންގެ މެދުގައި ކުޅިވަރު މުބާރާތެއް 2018 ސެޕްޓެންބަރ 04 އިން 06 އަށް ފ.ނިލަންދޫ ޒުވާނުންގެ މަރުކަޒުގައި ބޭއްވިފައި ވެއެވެ. މުވައްޒަފުން ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި ކުޅެފައިވަނީ ކެރަމް، ރާޒުވާ އަދި ބެޑްމިންގޓަން އެވެ. މިއީ ފ.އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންގެ މެދުގައި ބޭއްވި ދެވަނަ ކުޅިވަރު މުބާރާތެވެ.

ވަރަށް ފޯރިއާއެކު ކުރިއަށް ގެންދިޔަ މި މުބާރާތުގައި ކެރަމް ސިންގަލް ޗެމްޕިއަނަކީ ބަދަހިޓީމުގެ މަޙުމޫދު އަޙުމަދެވެ. ކެރަމް ޑަބަލްސް ޗެމްޕިއަނުންނަކީ ބުންވަރު ޓީމުގެ ފާޠިމަތު އަޙުމަދާއި، ނުޒުލާ ޖަލީލު އެވެ. ބެޑްމިންގޓަން ޗެމްޕިއަނަކީ ބަދަހި ޓީމުގެ ޢަބްދުލް ވާޙީދު ޢަބްދުލް ޢަޒީޒެވެ. ބެޑްމިންގޓަން ޑަބަލްސް ޗެމްޕިއަނުންނަކީ ބަދަހި ޓީމުގެ ޢަބްދުލް ވާޙިދު ޢަބްދުލް ޢަޒީޒާއި، ޔޫސުފު ދާއޫދުއެވެ. ރާޒުވާ ޗެމްޕިއަނަކީ ބުންވަރު ޓީމުގެ އިބުރާހީމް ޝިފާޙު ޢަބްދުއްރަޙުމާނެވެ.

ފ.އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންގެ މެދުގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި ކުޅުންތެރިން ޕްރެކްޓިސް ކުރުމާއި، މުބާރާތުގެ ހުރިހާ ކަމެއް ކުރިއަށް ގެންދިއުމުގައި ފ.ނިލަންދޫ ޒުވާނުންގެ މަރުކަޒުގެ އެހީތެރިކަމާ އެއްބާރުލުން ވަރަށް ބޮޑަށް ލިބިފައި ވެއެވެ.


ފ.ފީއަލީގައި އެއްގަމުގައި ދުއްވާ އިންޖީނުލީ ތަކެތީގެ ލައިސަންސް ދޫކުރުން

ރަށްރަށުގެ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެއްގަމުގައި ދުއްވާ އިންޖީނުލީ ތަކެތީގެ ލައިސަންސް ރަށުގައި ތިބެގެން ނެގޭނެ އިންތިޒާމް ހަމަޖައްސައި ދިނުމުގެ ގޮތުން އަތޮޅު ކައުންސިލުން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ޕްރޮގުރާމްގެ ދަށުން އަތޮޅުކައުންސިލްގެ ޓީމެއް މިއަތޮޅު ފީއައްޔަށްގޮސް ލައިސަންސް ދޫކުރުމުގެ މަސައްކަތް 2018 ޖޫން 10 އިން 12 އަށް އެރަށުގައި ކުރެވިފައި ވެއެވެ.

ފީއަލީގައި ލައިސަންސް ދިނުމަށް ކުރިއަށް ގެންދިޔަ މަސައްކަތުން ސައިކަލް ދުއްވުމުގެ ލައިސަންސް އަލަށް 22 ފަރާތަކަށް ދޫކުރެވި ފައިވެއެވެ. އަދި 39 މީހެއްގެ ލައިސަންސް ފޮތަށް ރަށުޕިކަޕު ދުއްވުމުގެ ހުއްދަ C4,C3 ކެޓަގަރީ އިތުރު ކޮށްދެވިފައި ވެއެވެ. ފީއަލީގައި ކުރިއަށް ގެންދިޔަ މިމަސައްކަތުގައި ފީއަލީ ކައުންސިލް އިދާރާގެ އެހީތެރިކަމާ އެއްބާރުލުން ވަރަށްބޮޑަށް ލިބިފައި ވެއެވެ.


ފ.އަތޮޅު ޤުރުއާން މުބާރާތް 2018 ބޭއްވުން

ފ.އަތޮޅުގެ ރަށްރަށުގެ ރައްޔިތުންގެ މެދުގައި ޤުރުއާނަށް ލޯބި ޖައްސައި ޤުރުއާނުގެ ފަންނު އަތޮޅުގައި ދިރުވައި އާލާ ކުރުމުގެ ގޮތުން ފ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން "ފ.އަތޮޅު ޤުރުއާން މުބާރާތް 2018" ގެ ނަމުގައި ޤުރުއާން މުބާރާތެއް 2018 މޭ 04 އިން 05 އަށް މިއަތޮޅު މަގޫދޫގައިވަނީ ބޭއްވިފައެވެ. މިމުބާރާތުގައި މިއަތޮޅުގެ 03 ސްކޫލުންނާއި، 05 ޖަމްޢިއްޔާއަކުން ޖުމްލަ 80 ކުދިން ބައިވެރި ވެފައި ވެއެވެ. މިމުބާރާތުގައި ބަލައިގެން ކިއުމުގެ ގޮފިން ބައިވެރި ވެފައިވަނީ 64 ކުދިންނެވެ. ނުބަލައި ކިއުމުގެ ގޮފިން ބައިވެރި ވެފައިވަނީ 16 ކުދިންނެވެ. މިމުބާރާތަކީ ކޮންމެ އަހަރަކުވެސް އަތޮޅުކައުންސިލުން ބާއްވަމުން ގެންދާ މުބާރާތެކެވެ.

މިމުބާރާތުގައި ހުރިހާ ގޮތަކުން އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު ފ.ނިލަންދޫ ދެކުނުގޭ ޝަހުލާ ޢަބުދުލް ފައްތާޙުއެވެ. މުބާރާތުގައި ބައިވެރިވި ސްކޫލްތަކާއި ޖަމްޢިއްޔާ ތަކުގެ ތެރެއިން އެއްވަނަ ހޯދާފައިވަނީ ފ.ބިލެއްދޫ ލާރނިންގ ސެންޓަރެވެ. އަތޮޅު ޤުރުއާން މުބާރާތް މަގޫދޫގައި ކުރިއަށް ގެންދިޔައިރު މަގޫދޫ ކައުންސިލްގެ އިދާރާގެ މުވައްޒަފުންނާއި، މަގޫދޫ ރައްޔިތުންގެ ފަރާތުން ވަރަށްބޮޑު އެހީތެރިކަމަކާއި އެއްބާރު ލުމެއް ލިބިފައި ވެއެވެ.


ފ.އަތޮޅު ސްޓޭޓު ހައުސް ގޯތީގައި ޢިމާރާތްކުރާ ގެސްޓު ހައުސް ރޭނުމަށް ބޭނުންވާ ގައު އެޅުން

ފ.އަތޮޅުރައްޔިތުންނަށް އާމްދަނީއެއް ހޯދުމުގެ ބޭނުމުގައި ފ.އަތޮޅު ސްޓޭޓު ހައުސް ގޯތީގައި ޢިމާރާރާތް ކުރަމުން ގެންދާ ގެސްޓު ހައުސް ޢިމާރާތް ރޭނުމަށް ބޭނުންވާ ގައު އެޅުމުގެ މަސައްކަތް 31 ޖަނަވަރީ 2018 ގައި އަތޮޅު ކައުންސިލްގެ މުވައްޒަފުން ކޮށްފައި ވެއެވެ. މިދުވަހު ގައު އެޅުމަށް ކުރި މަސައްކަތުން 1050 ގައު އަޅާފައި ވެއެވެ. އަދި 09 ޖަނަވަރީ 2018 ގައިވެސް އަތޮޅު ކައުންސިލްގެ މުވައްޒަފުން ގައު އެޅުމަށް ކުރި މަސައްކަތުން 1082 ގައު އަޅާފައި ވެއެވެ. މިދެދުވަހު ކުރި މަސައްކަތުން 2132 ގައު އަޅާފައި ވެއެވެ.

ޖުމްލަ 16 ކޮޓަރި ހިމެނޭގޮތަށް ފ.އަތޮޅު ސްޓޭޓުހައުސް ގޯތީގައި ޢިމާރާތްކުރާ ގެސްޓު ހައުސްގެ މަސައްކަތް ކުރިއަށް ގެންދާގޮތަށް ރޭވިފައިވަނީ ދެފޭސްއަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފޭހުގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 08 ކޮޓަރިއެވެ. އެގޮތުން 04 ކޮޓަރި ޢިމާރާތް ކުރުމުގެ މަސައްކަތް ފަށައި 02 ކޮޓަރީގެ ޕައުންޑޭޝަން އަޅައި ތަބުތައްޖަހައި، 02 ކޮޓަރީގެ ޕައުންޑޭޝަންވަނީ އަޅާފައެވެ. ގައު އެޅުމާއި ޕައުންޑޭޝަން އަޅައި ތަނބުތައް ޖެހުމުގެ މަސައްކަތް ކައުންސިލް އިދާރާގެ މުވައްޒަފުން ކޮށްފައިވަނީ އެއްވެސް އުޖޫރައަކާ ނުލައި ހިލޭ ސާބަހަށެވެ.


Back to top