އަތޮޅު ކައުންސިލުން ދޭ ޚިދުމަތްތައް

01- އިދާރީ ދާއިދާއިރާގައި ހިމެނޭ ރަށްރަށުގެ ތެރެއިން އެއްރަށަށްވުރެ ގިނަ ރަށްރަށަށް ދޭންޖެހޭ ޚިދުމަތްތަކާއި އެކިއެކި ޤާނޫނުތަކުގެ ދަށުން އަތޮޅު ކައުންސިލާއި ހަވާލު ކޮށްފައިވާ މަސައްކަތްތައް ކުރުން

02- ސަރުކާރުގެ މިނިސްޓްރީތަކާއި އެކިއެކި އޮފީސްތަކުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކުގެ ތެރެއިން، އެމިނިސްޓްރީތަކާއި އޮފީސްތަކުން އަތޮޅު ކައުންސިލްތައް މެދުވެރިކޮށް އެ އިދާރީ ދާއިރާއެއްގައި ދޭން ކަނޑައަޅާ ޚިދުމަތްތައް ދިނުން

03- އިދާރީ ދާއިރާއެއްގައި ހުންނަ ދައުލަތުގެ މުވައްސަސާތަކާއި ސަރުކާރުގެ އިދާރާތަކަށް ބޭނުންވާނެ އެހީތެރިކާމާއި އެއްބާރުލުން ދިނުން

04- އިދާރީ ދާއިރާގެ އެންމެހައި ރަށްރަށާއި ބިންބިމުގެ ދަފްތަރު އެކުލަވައި، އެ ދަފްތަރު ބެލެހެއްޓުމާއި، ބިމާބެހޭ ޤައުމީ ދަފްތަރު އެކުލަވައި ބަލަހައްޓާ އިދާރާއަށް ބޭނުންވާނެ މަޢުލޫމާތު ފޯރުކޮށްދިނުން

05- ރަށުކައުންސިލް ތަކަށް ބޭނުންވާ ފަންނީ އަދި މާލީއެހީ ފޯރުކޮށްދިނުމުގައި އެހީތެރިވުން

06- ރަށުކައުންސިލް ތަކަށް ބޭނުންވާ ލަފާ ދިނުން

07- އިދާރީ ދާއިރާގެ ތަރައްޤީގެ ޕްލޭންގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން ވަކި ރަށުކައުންސިލަކާ ޙަވާލުނުކޮށް ހުންނަ މަޝްރުޢުތައް ހިންގުން

08- ކައުންސިލުން ދޭންޖެހެނެ ކަމަށް ޤާނޫނަކުން ކަނޑައަޅާ މިނޫންވެސް ޚިދުމަތްތައް ދިނުން