ކައުންސިލްގެ މަސައްކަތްތައް ބެހިފައިވާގޮތް

ސިވިލްސާރވިސް ކޮމިޝަނުން 26 އޮކްޓޯބަރ 2022 ގައި ފާސްކޮށްދެއްވައި 01 މާރިޗު 2023 ގައި ޢަމަލު ކުރަންފެށި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ އޮނިގަނޑުގައިވަނީ 01 ޑިޕާރޓްމަންޓާއި 03 ސެކްޝަނާއި 04 ޔުނިޓެވެ. އެއީ؛

ޓެކްނިކަލް ސާރވިސް ޑިޕާރޓްމަންޓް

އެޓޯލް ޑިވެލޮޕްމަންޓް ސެކްޝަން

އެޓޯލް ސަޕޯޓް ސާރވިސް ސެކްޝަން

ކޯޕަރޭޓް އެފެއާރޒް ސެކްޝަން

ބިޒްނަސް ޑިވެލޮޕްމަންޓް ޔުނިޓް

ސްޓްރެޓެޖިކް ޕްލޭނިންގ އެންޑް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

އިންފޮރމޭޝަން ޓެކްނޮލޮޖީ، ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް ޔުނިޓް

ލީގަލް އެންޑް ކޮންޕްލަޔަންސް ޔުނިޓް

މި އޮނިގަނޑުގައި ޓެކްނިކަލް ސާރވިސް ޑިޕާރޓްމަންޓްގެ ދަށުން 02 ސެކްޝަން އޮވެއެވެ. އެއީ؛ އެޓޯލް ޑިވެލޮޕްމަންޓް ސެކްޝަނާއި، އެޓޯލް ސަޕޯޓް ސާރވިސް ސެކްޝަނެވެ.

އެޓޯލް ޑިވެލޮޕްމަންޓް ސެކްޝަންގެ ދަށުން 02 ޔުނިޓް އޮވެއެވެ. އެއީ؛ ބިޒްނަސް ޑިވެލޮޕްމަންޓް ޔުނިޓާއި، ސްޓްރެޓެޖިކް ޕްލޭނިންގ އެންޑް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓެވެ.

އެޓޯލް ސަޕޯޓް ސާރވިސް ސެކްޝަންގެ ދަށުންވެސް 02 ޔުނިޓް އޮވެއެވެ. އެއީ؛ އިންފޮރމޭޝަން ޓެކްނޮލޮޖީ، ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް ޔުނިޓާއި، ލީގަލް އެންޑް ކޮންޕްލަޔަންސް ޔުނިޓެވެ.

މިއޮނިގަނޑުގައި ކޯޕަރޭޓް އެފެއާޒް ސެކްޝަނުގައި ވަކިޔުނިޓެއް ނޯވެއެވެ. އެ ސެކްޝަނުގެ މަސައްކަތްތައް ކުރަނީ މަލްޓި ޓާސްކްގެ ގޮތުގައެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ އިދާރީވެރިން

ސެކްރެޓަރީ ޖެނެރަލް އަޙްމަދު އިބްރާހީމް

އަޙްމަދު އިބްރާހީމަކީ އިދާރީގޮތުން މިއިދާރާ ހިންގުމުގެ އެންމެ އިސް ފަރާތެވެ. މައިގަނޑު މަސައްކަތަކީ ކައުންސިލުން ފާސްކުރާ ކަންތައްތައް ތަންފީޒު ކުރުމާއި، އިދާރީ ކަންތައްތަކާއި ފައިސާގެ ކަންތައްތައް ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތަށް ހިންގައި ބެލެހެއްޓުމާއި ސިވިލްސާރވިސް މުވައްޒަފުންގެ ކަންތައްތައް ކުރުމާއި ބެލެހެއްޓުމެވެ.


ސީނިއަރ ކައުންސިލް އެގްޒެކެޓިވް އިބުރާހީމް ޝިފާޙު ޢަބުދުއްރަޙުމާނު

އިބުރާހީމް ޝިފާޙު ޢަބުދުއްރަޙުމާނަކީ މިއިދާރާގެ ޓެކްނިކަލް ސާރވިސް ޑިޕާރޓްމަންޓްގެ ދަށުން އުފައްދާފައިވާ އެޓޯލް ޑިވެލޮޕްމަންޓް ސެކްޝަނާއި، އެޓޯލް ސަޕޯޓް ސާރވިސް ސެކްޝަން ހިންގައި ބެލެހެއްޓުމުގެ އެންމެ އިސް ފަރާތެވެ. މި ދެސެކްޝަނުން ކުރާ މައިގަނޑު މަސައްކަތްތަކަކީ ކައުންސިލުން ހިންގާ ވިޔަފާރީއާއި، ޕްރޮޖެކްޓް ތަކާއި ޕްލޭނިންގ އާއި، މޮނިޓަރިންގއާއި އައިޓީއާއި، ޓްރެއިނިންގެ މަސައްކަތްތަކާއި އަދި ލީގަލްގެ މަސައްކަތްތަކެވެ.


ކައުންސިލް އެގްޒެކެޓިވް އިބުރާހީމް ޝަރީފު

އިބުރާހީމް ޝަރީފަކީ މިއިދާރާގެ ކޯޕަރޭޓު އެފެއާރޒު ސެކްޝަން ހިންގައި ބެލެހެއްޓުމުގެ އެންމެ އިސް ފަރާތެވެ. ކޯޕަރޭޓް އެފެއާޒުންކުރާ މައިގަނޑު މަސައްކަތްތަކަކީ ކައުންސިލް އިދާރާގެ އިދާރީ މަސައްކަތްތައް ކުރުމާއި، މުވައްޒަފުންނާބެހޭ ކަންތައްތައް ކުރުމާއި ބެލެހެއްޓުމާއި، ޕްރޮކިއުމެންޓާބެހޭ މަސައްކަތްތަކާއި، ހަރުމުދަލުގެ ރަޖިސްޓްރީ ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމާއި ބެލެހެއްޓުމެވެ.


އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް އަޙުމަދު ރަފީޢު

އަޙުމަދު ރަފީޢުއަކީ މިއިދާރާގެ ބަޖެޓު އެންޑު ފައިނޭންސްގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުމުގެ އެންމެ އިސް ފަރާތެވެ. މައިގަނޑު މަސައްކަތަކީ މިއިދާރާގެ ބަޖެޓާއި، ޓުރަސްޓް ފަންޑާއި، ބަޖެޓާނުބެހޭ ފައިސާއާއި ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމާއި، ލަފާކުރާ ބަޖެޓާއި ފާސްކުރަންޖެހޭ ބަޖެޓްތައްޔާރުކޮށް ބަލަހައްޓަންޖެހޭ ހިސާބުތަކާއި ރިޕޯޓްތައް ތައްޔާރުކޮށް ބެލެހެއްޓުމެވެ.


އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް އިބްރާހީމް މޫސާ

އިބުރާހީމް މޫސާއަކީ މިއިދާރާގެ ބިޒްނަސް ޑިވެލޮޕްމަންޓް ޔުނިޓް ހިންގައި ބެލެހެއްޓުމުގެ އެންމެ އިސް ފަރާތެވެ. މައިގަނޑު މަސައްކަތަކީ ކައުންސިލުން ކުރާ ވިޔަފާރީގެ މަސައްކަތްތައް ކުރުމާއި ބެލެހެއްޓުމާއި، ކައުންސިލަށް އާމްދަނީ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އެކިފަރާތްތަކާއެކު ކުރަންޖެހޭ ވިޔަފާރީގެ މުޢާމަލާތައް ކުރުމާއި، ކައުންސިލަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތްތައް ކުރުމާއި ބެލެހެއްޓުމެވެ.


އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ފަރީދާ އިބުރާހީމް

ފަރީދާ އިބުރާހީމަކީ މިއިދާރާގެ ސްޓްރެޓެޖިކް ޕްލޭނިންގ އެންޑް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް ހިންގައި ބެލެހެއްޓުމުގެ އެންމެ އިސް ފަރާތެވެ. މައިގަނޑު މަސައްކަތްތަކަކީ ޕްރޮޖެކްޓާއި، ޕްލޭނިންގގެ މަސައްކަތްތަކާއި، މޮނިޓަރިންގެ މަސައްކަތްތަކާއި، ބިންބިމާއި ގޯތިގެދޮރާއި، ތިމާވެށީގެ މަސައްކަތްތަކާއި، އަތޮޅުގެ އާބާދީއާއި ތަފާސް ހިސާބުތައް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމާއި ބެލެހެއްޓުމެވެ.


އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ޝަޒީލާ މޫސާ

ޝަޒީލާ މޫސާއަކީ މިއިދާރާގެ އިންފޮރމޭޝަން ޓެކްނޮލޮޖީ، ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް ޔުނިޓް ހިންގައި ބެލެހެއްޓުމުގެ އެންމެ އިސް ފަރާތެވެ. މައިގަނޑު މަސައްކަތަކީ އަތޮޅު ކައުންސިލާއި ރަށުކައުންސިލް ތަކުގެ މުވައްޒަފުން ތަމްރީނު ކުރުމާއި އަތޮޅު ކައުންސިލް އިދާރާގެ މުވާޞަލާތާއި އައިޓީގެ ކަންތައްތައް ބެލެހެއްޓުމާއި، ޓްރެއިނިންގ އާއި ގުޅޭގޮތުން ކުރަންޖެހޭ އެހެނިހެން ކަންކަން ކުރުމާއި ބެލެހެއްޓުމެވެ.


މުވައްޒަފުންނާއި މަސައްކަތްތައް ތަރުތީބު ކުރެވިފައިވާގޮތް

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ އައު އޮނިގަނޑާއެއްގޮތަށް މުވައްޒަފުންނާއި މަސައްކަތްތައް ބަދަލު ކުރުމަށްޓަކައި 10 މޭ 2022 ގައި އެކުލަވާލި މަސައްކަތްތަކާއި އައު އޮނިގަނޑާ އެއްގޮތަށް މުވައްޒަފުން ބަހާލެވިފައިވާގޮތް ތިރީގައި އެވަނީއެވެ.

ކޯޕަރޭޓް އެފެއާރޒް ސެކްޝަން

ކޯޕަރޭޓް އެފެއާޒް ސެކްޝަނުގެ މުވައްޒަފުން

އިބްރާހީމް ޝަރީފް އަޙްމަދު ރަފީޢު މަޤާމު ހުސްކޮށް ފާޠިމަތު ނުޒުލާ ޖަލީލު
ކައުންސިލް އެގްޒެކެޓިވް އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ސީނިއަރ ކައުންސިލް އޮފިސަރ ސީނިއަރ ކައުންސިލް އޮފިސަރ

ޢަލީ އަޙްމަދު ފާޠިމަތު އިބްރާހީމް ހުމައިދާ ޙުސައިން ޖަމީލާ ޢަބްދުﷲ
އެކައުންޓްސް އޮފިސަރ ފައިނޭންސް އޮފިސަރ ކައުންސިލް އޮފިސަރ ކައުންސިލް އޮފިސަރ


ޖަމްނާ މޫސާ ނަޢީމު ޙަބީބާ މުޙައްމަދު ޖަމީލާ މޫސާ
ކައުންސިލް އޮފިސަރ ކައުންސިލް އެސިސްޓެންޓް ކައުންސިލް އެސިސްޓެންޓް

ކޯޕަރޭޓް އެފެއާޒް ސެކްޝަނުން ކުރަންޖެހޭ މަސައްކަތްތައް

އިދާރީބައި

01- ކައުންސިލް އިދާރާއަށްލިބޭ ލިޔެކިއުންތައް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އެންޓްރީކުރުމާއި ރޫޓްކުރުން

02- ދުވަހު ޔައުމިއްޔާއާއި މުހިންމު ކަންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން

03- އޮފީސް ހުޅުވާ ލެއްޕުމުގެ އިންތިޒާމް ހަމަޖެއްސުން

04- ކޮންމެ އަހަރެއްގެ ފުރަތަމަ 06 މަހުގެ ރިޕޯޓާއި، އަހަރު ނިމުމުން އަހަރީ ރިޕޯޓް ތައްޔާރުކޮށް ފޮނުވުން

05- ލިޔެކިއުމުގެ ސްޓޮކާއި މުދަލުގެ ސްޓޮކަށް ބޭނުންވާ ތަކެތި ހޯދުމާއި ސްޓޮކް ބެލެހެއްޓުން

06- އެއްގަމާއި ކަނޑުގެ އުޅަނދު ފަހަރުގެ ލައިސަންސާއި ރޯޑްވާދިނަސް ހައްދައިދިނުން

07- ކައުންސިލް އިދާރާއިން އިންތިޒާމްކޮށްގެން ބާއްވާ އިވެންޓްތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން

08- މެހުމާނުންނަށް މެހެމާންދާރީ އަދާކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުން

09- ވިޔަމޮޑިއުލްގެ ތެރެއިން މުވައްޒަފުންނަށް ދޭންޖެހޭ ރޯލްތައް ދިނުމާގުޅޭގޮތުން ކުރަންޖެހޭ ކަންކަން ކުރުން

10- ރަށްވެހިކަން ބަދަލު ކުރުމާގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން ކުރުން

11- އިދާރީބައިން ބަލަހައްޓާ ހަރުމުދަލުގެ ތެރެއިން ނީލަންކިޔަންޖެހޭ ތަކެތި ނީލަންކިއުމުގެ އިންތިޒާމް ހަމަޖެއްސުން

12- އިންތިޚާބުތަކާ ގުޅޭގޮތުން އަތޮޅު ކައުންސިލުން ކުރަންޖެހޭ ކަންކަން ކުރުން

13- އުފަންދުވަހުގެ ސެޓްފިކެޓާ ބެހޭގޮތުން ރަށުކައުންސިލްތަކަށް ދޭންޖެހޭ މަޢުލޫމާތު ދިނުން

14- އިދާރާގެ މުވާޞަލާތާގުޅޭ އިދާރީ ކަންކަންކުރުން

15. ކައުންސިލް އިދާރާގެ ލިޔެކިއުންތައް އަރުޝީފު ކުރުން.

16- އަތޮޅު ރަށްރަށުގައި އުޅޭ ބިދޭސީންގެ ދަފުތަރު ބެލެހެއްޓުން

17- އަތޮޅުފެރީގެ ދަތުރުތަކާބެހޭ ގޮތުން ކުރަންޖެހޭ ކަންކަން ކުރުން

18- ކައުންސިލް އިދާރާއަށް ޚިދުމަތްލިބިގަންނަން އަންނަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުން

19- މުވައްޒަފުން ހުށަހަޅާ ޝަކުވާތަކާއި ޢާންމުން ހުށަހަޅާ ޝަކުވާގެ މައްސަލަތައް ބެލުމުގެ އިންތިޒާމް ހަމަޖެއްސުން

20- މަޢުލޫމާތު ހޯދައި ލިބިގަތުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންކަން ކުރުން

21- އތމ ކޮމެޓީތަކުގެ އަހަރީ ރިޕޯޓާއި ފާސްކުރާ ހަރަކާތްތަކާއި މީޑިއާ ސްޓޭޓްމެންޓް ހޯދައި އެލް.ޖީ.އޭ އަށް ފޮނުވުން

22- ކައުންސިލަރުންނާއި އިދާރީ ވެރިންނާއި ބައްދަލު ކުރަން އަންނަ ފަރާތްތަކާއި ބައްދަލު ކުރުމުގެ އިންތިޒާމް ހަމަޖެއްސުން

23- އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ، މިބަޔާއި ގުޅުންހުރި ކަންކަންތައް ކުރުން

24. ދިރިއުޅަމަށް ދޫކުރާ ގޯތިތަކާ ގުޅޭގޮތުން އިދާރާތަކުން ހޯދަންއެދޭ މަޢުލޫމާތުތައް ފޯރުކޮށްދިނުން

25. ކުއްޔަށާއި އެހެނިހެން ގޮތްގޮތުން ދޫކުރެވޭ ބިންބިމުގެ ކަންތައް ބެލެހެއްޓުން

26. ބިމުގެ ދަފްތަރު އެކުލަވާލައި ބެލެހެއްޓުން

27. ރަހުނުކުރަން އެދޭ ގޯތިތަކުގެ ރަހުނާގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން

28- ކައުންސިލް އިދާރާއަށް އަންނަ ފޯނުކޯލްތަކަށް ޖަވާބު ދިނުން.

29- މިނޫނަސް މިބައިން ކުރަންޖެހޭ ކަންކަން ކުރުން

މުވައްޒަފުންނާބެހޭބައި

01- އިދާރާގެ މުވައްޒަފުންގެ ޙާޟިރީގެ ކަންތައް ބެލެހެއްޓުން

02- ވަޒީފާ ދިނުމާއި، ވަޒީފާއިން ވަކިކުރުމާއި، ވަޒީފާ ބަދަލު ކުރުމާބެހޭ ކަންކަން ކުރުމާއި ބެލެހެއްޓުން

03- އިދާރާގެ މުވައްޒަފުންގެ ރަޖިސްޓްރީ ބެލެހެއްޓުން

04- މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންކަން ކުރުމާއި ބެލެހެއްޓުން

05- އިދާރީ އޮނިގަނޑު އެކުލަވާލައި އޮނިގަނޑަށް އަންނަ ބަދަލުތައް ބެލެހެއްޓުން

06- އިދާރާގެ މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ރެކޯޑް ބެލެހެއްޓުން

07- އިދާރާގެ މުވައްޒަފުންގެ އަހަރީ ޗުއްޓީގެ ކަލަންޑަރ އެކުލަވާލުން

08- މުވައްޒަފުންގެ ޙާޟިރީ ރިޕޯޓް ތައްޔާރު ކުރުން

09- ހިއުމަން ރިސޯސް އެންޑް ޑިވެލޮޕްމަންޓް ކޮމެޓީގެ މަސައްކަތްތައް ކުރުމާ ބެލެހެއްޓުން

10- މުވައްޒަފުންގެ ރެކޯޑްފައިލްތައް ބެލެހެއްޓުން

11- މިނޫނަސް މިބައިން ކުރަންޖެހޭ ކަންކަން ކުރުން

ފައިސާއާއިބެހޭ ބައި

01- އިދާރާއަށް ބަލައިގަންނަންޖެހޭ ހުރިހާ ފައިސާއެއް ބަލައިގަތުން

02- އިދާރާގެ ބަޖެޓާއި ބަޖެޓާނުބެހޭ ފައިސާގެ ހިސާބުތައް ބެލެހެއްޓުން

03- އިދާރާގެ ބަޖެޓާއި ބަޖެޓާނުބެހޭ ފައިސާއާއި ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން

04- އިދާރާގެ މުވައްޒަފުންގެ ޕެންޝަން ސްކީމާއި ކްރެޑިޓް ސްކީމްގެ ކަންތައް ބެލެހެއްޓުން

05- ދައުލަތުގެ އާމްދަނީއަށް ލިބޭފައިސާއާ ގުޅޭގޮތުން ކުރަންޖެހޭ ކަންކަން ކުރުން

06- އިދާރާގެ ބެންކް އެކައުންޓް ހުޅުވުމާއި އެކައުންޓްގެ ކަންތައް ބެލެހެއްޓުން

07- ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ބަޖެޓާއި، ފާސްކުރާ ބަޖެޓް ތައްޔާރު ކުރުމާގުޅޭގޮތުން ކުރަންޖެހޭ ކަންކަން ކުރުން

08- ސަޕްލިމެންޓްރީ ބަޖެޓް ތައްޔާރު ކުރުމާއި އެކަމާގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން

09- އިދާރާގެ ބަޖެޓް ވިޔަމޮޑިއުލްގެ ތެރެއިން ބެލެހެއްޓުމާގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން ކުރުން

10- "މާވަރު" ޓުރަސްޓް ފަންޑަށް ލިބޭފައިސާއާއި ފަންޑުން ކުރާ ޚަރަދުގެ ހިސާބުތައް ބެލެހެއްޓުން

11- އެކިފަރާތްތަކަށް ފޮނުވަންޖެހޭ ފައިސާގެ ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން

12- ފާއިތުވި އަހަރުގެ މާލީ ބަޔާނާއި މާލީ އަހަރީ ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން

13- ރަށުކައުންސިލް އިދާރާތަކުގެ މާލީ ބަޔާނާއި މާލީ އަހަރީ ރިޕޯޓް ހޯދައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން

14- އިދާރާއާއި ރަށުކައުންސިލް އިދާރާތަކުގެ މާލީ ބަޔާނާއި މާލީ އަހަރީ ރިޕޯޓް ޢާންމުކުރުން

15- ރަށުކައުންސިލުތަކުން ފާސްކުރާ އަހަރީ ބަޖެޓާއި ބަޖެޓާއި ގުޅޭ ލިޔުންތައް ހޯދައި އެލް.ޖީ.އޭ އަށް ފޮނުވުން

16- ރަށުކައުންސިލްތަކުން ލަފާކުރާ ބަޖެޓާއި، ފާސްކުރާ ބަޖެޓާއި މާލީ ބަޔާނުގެ މީޑިއާ ސްޓޭޓްމަންޓް ޢާންމުކުރުން

17- އިދާރާއިން މަހުންމަހަށް ކުރާ ޚަރަދުތަކުގެ ތަކުގެ މަޢުލޫމާތު ޢާންމު ކުރުން

18- ރަށުކައުންސިލް އިދާރާތަކުގެ ބަޖެޓުން ކުރާ ޚަރަދުތައް ވިމޮޑިއުލްގެ ތެރެއިން މޮނިޓަރކޮށް ބެލެހެއްޓުން

19- ކައުންސިލް އިދާރާގެ އެއްގަމާއި ކަނޑުގެ އުޅަނދުފަހަރާއި ލައިސަންސްގެ އަހަރީ ފީދެއްކުން

20- އިންކަމް ރަޖިސްޓްރީ ބަލަހައްޓައި ރަޖިސްޓްރީއަށް އަންނަ އުނިއިތުރު ބެލެހެއްޓުން

21- ވެންޑަރ ރަޖިސްޓްރީ ބެލެހެއްޓުން

22- އިދާރާއިން ނީލަންކިޔަންޖެހޭ ތަކެތީގެ ނީލަން ކިއުން

23- މިނޫނަސް މިބައިން ކުރަންޖެހޭ ކަންކަން ކުރުން

ޕްރޮކިއުމެންޓާބެހޭ ބައި

01- އިދާރާއަށް ހޯދާ ތަކެއްޗާއި ޚިދުމަތާއި ކުރަންޖެހޭ މަސައްކަތްތަކުގެ ޕްރޮކިއުމެންޓްގެ މަސައްކަތްތައް ކުރުން

02- އިދާރާގެ ސެކްޝަން / ޔުނިޓުތަކުން ހޯދަންއެދޭ ތަކެތި ހޯދައި ޙަވާލު ކުރަންޖެހޭ ފަރާތްތަކާއި ޙަވާލު ކުރުން

03- މަރާމާތު ކުރަންޖެހޭ ތަންތަނާއި ތަކެތި މަރާމާތު ކުރުން

04- ބިޑްކޮމެޓީއާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމާއި ބިޑްކޮމެޓީގެ ރަޖިސްޓްރީ ބެލެހެއްޓުން

05- އިދާރާގެ ޕްރޮކިއުމެންޓްގެ ތެރެއިން ކުރެވޭ މަސައްކަތްތައް މަހުންމަހަށް ގެޒެޓްގައި ޢާންމުކުރުން

06- އަހަރީ ޕްރޮކިއުމެންޓްގެ ޕްލޭންތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން

07- މިނޫނަސް މިބައިން ކުރަންޖެހޭ ކަންކަން ކުރުން

ބިއުރޯ

01- ކައުންސިލް އިދާރާއިން އިންތިޒާމްކޮށްގެން ބާއްވާ ބައްދަލުވުންތަކާއި ޖަލްސާތައް ބޭއްވުމުގެ އިންތިޒާމްތައް ހަމަޖެއްސުން.

02- އަތޮޅު ކައުންސިލްގެ ޢާންމު ބައްދަލުވުންތަކާއި ކޯޑިނޭޝަން ބައްދަލުވުންތަކުގެ ޙާޟިރީއާއި ޔައުމިއްޔާ ލިއުން

03- ކައުންސިލުން ނިންމާ ނިންމުންތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި ޢާންމު ކުރުން

04- އަތޮޅުކައުންސިލްގެ ރައީސްގެ މަންތްލީ ޙާޟިރީ ރިޕޯޓާއި ޖަލްސާތަކުގެ ހާޒިރީ ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަށް ފޮނުވުން

05- ކައުންސިލްގެ ހިންގާ ޤަވާޢިދު ފާސްކުރުމުން ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން

06- އަތޮޅު ކައުންސިލުން ނިންމާ ނިންމުންތައް އިދާރާގެ ސެކްޝަންތަކަށް އެންގުން

07- މިނޫނަސް މިބައިން ކުރަންޖެހޭ ކަންކަން ކުރުން


ޓެކްނިކަލް ސާރވިސް ޑިޕާރޓްމަންޓް

އިބްރާހީމް ޝިފާޙް ޢަބްދުއްރަޙްމާނު
ސީނިއަރ ކައުންސިލް އެގްޒެކެޓިވް / ޑިޕާރޓްމަންޓްގެ އިސް ވެރިޔާ

އެޓޯލް ޑިވެލޮޕްމަންޓް ސެކްޝަން

ބިޒްނަސް ޑިވެލޮޕްމަންޓް ޔުނިޓް

ބިޒްނަސް ޑިވެލޮޕްމަންޓް ޔުނިޓްގެ މުވައްޒަފުން

އިބްރާހީމް މޫސާ ސީމާ ޢަލީ ޚަދީޖާ ޢަލީ ޒަހީރާ އިސްމާޢީލް
އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ސީނިއަރ ކައުންސިލް އޮފިސަރ ކައުންސިލް އޮފިސަރ ކައުންސިލް އޮފިސަރ


ފާޠިމަތު އަޙްމަދު އާމިނަތު ޖަހީޒާ (ކޮންޓްރެކްޓް) ޢަބްދުލް ވާޙިދު ޙުސައިން ޢަލީ ވަޙީދު
އެސިސްޓެންޓް ކައުންސިލް އޮފިސަރ އެސިސްޓެންޓް ކައުންސިލް އޮފިސަރ ދޯނީގެ ނެވި ލޯންޗް ޑްރައިވަރ


ޢަބްދުއްރައްޒާޤް އިބްރާހީމް އިސްމާއީލް ޒާހިރު އިބްރާހީމް ފާޜޫޤް އަޙްމަދު އިޙްސާން
ކާރު ޑްރައިވަރ ވޭން ޑްރައިވަރ ލޯންޗު ފަޅުވެރި ލޯންޗު ފަޅުވެރ


އަޙްމަދު މުޙައްމަދު މަޤާމު ހުސްކޮށް ފާޠިމަތު ނަޢީމާ ޢާއިޝަތު މުޙައްމަދު
ދޯނީ ފަޅުވެރި ދޯނީ ފަޅުވެރި ކައުންސިލް އެސިސްޓެންޓް ކައުންސިލް އެސިސްޓެންޓް


އާމިނަތު ރަޙްމާ (ކޮންޓްރެކްޓް)
ކައުންސިލް އެސިސްޓެންޓް

ބިޒްނަސް ޑިވެލޮޕްމަންޓް ޔުނިޓުން ކުރަންޖެހޭ މަސައްކަތްތައް

01- އަތޮޅުކައުންސިލުން ހިންގާ ވިޔަފާރިތައް ހިންގައި ބެލެހެއްޓުމާއި ގެންނަންޖެހޭ ބަދަލުތައް ގެނައުން

02- އަތޮޅުކައުންސިލްގެ އާމްދަނީ އިތުރުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމާއި ކައުންސިލުން ކަނޑައަޅާ ކުލިތައް ނެގުން

03- ކައުންސިލްގެ ވިޔަފާރިތަކުގެ އަހަރީ ހިސާބު ކުރުމާއި އަހަރީ ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން

04- ކައުންސިލަށް ހުށަހަޅަންޖެހޭ ވިޔަފާރިތަކުގެ މާލީ ހިސާބުތައް ތައްޔާރުކޮށް ހުށަހެޅުން

05- އިދާރާގެ "މާވަރު" ޓުރަސްޓް ފަންޑުގެ އިދާރީ ކަންތައްތައް ކުރުމާއި ގެންނަންޖެހޭ ބަދަލުތައް ގެނައުން

06- އިދާރާގެ "މާވަރު" ޓުރަސްޓް ފަންޑުގެ އަހަރީ ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން

07- ކައުންސިލުން ހިންގާ ވިޔަފާރިތައް ކުރިއެރުވުމުގެ ބިޒްނަސް ޕްލޭން ތައްޔާރު ކުރުމާއި އެކަމާގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން

08- އިދާރާގެ އެއްގަމާއި ކަނޑުގެ އުޅަނދުފަހަރާއި ސްޓޭޓް ހައުސް ކުއްޔަށް ދޫކުރުމުގެ ކަންތައް ކުރުން

09- ކައުންސިލްގެ ވިޔަފާރިތަކަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތްކުރުން

10- ފ.އަތޮޅު ސްޓޭޓް ހައުސްއާއި ގެސްޓް ހައުސްގެ އިންވެންޓްރީ ބެލެހެއްޓުން

11- އަތޮޅުކައުންސިލާއި ޙަވާލުކޮށްފައި ހުންނަ ފަޅުރަށްރަށް އިޤްތިޞާދީ މަސައްކަތްތަކަށް ދޫކުރުމުގެ ކަންތައް ކުރުން

12- ކައުންސިލްގެ ވިޔަފާރީގެ ހިސާބުތަކާއި ހިސާބުތަކުގެ ލިޔެކިއުންތައް ބެލެހެއްޓުން

13- ކައުންސިލްގެ ވިޔަފާރިތަކުން ދިނުމަށް ނިންމާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމާގުޅޭ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން

14- ކައުންސިލްގެ ވިޔަފާރި ތަކުގައި ގެންގުޅޭ މުވައްޒަފުންގެ ވަޒީއާއި ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން

15- ކައުންސިލްގެ ވިޔަފާރި ތަކުގައި ގެންގުޅޭ މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ރެކޯޑް ބެލެހެއްޓުން

16- ކައުންސިލްގެ ވިޔަފާރިތަކުގައި ގެންގުޅޭ މުވައްޒަފުންގެ ޑިއުޓީ އިންތިޒާމްކޮށް ބެލެހެއްޓުން

17- ކައުންސިލްގެ ވިޔަފާރި ތަކުގައި ގެންގުޅޭ މުވައްޒަފުންގެ ޕެންޝަން ސްކީމާއި ކްރެޑިޓް ސްކީމްތަކުގެ ކަންތައް ބެލެހެއްޓުން

18- ކައުންސިލް އިދާރާގެ ވިޔަފާރި ކުރަމުން ގެންދާ ޢިމާރާތްތައް މަރާމާތުކޮށް ބެލެހެއްޓުން

19- ކައުންސިލްގެ ވިޔަފާރި ތަކުގައި ގެންގުޅޭ ވެހިކަލްތައް މަރާމާތުކޮށް ބެލެހެއްޓުން

20- އިދާރާގެ އެއްގަމާއި ކަނޑުގެ އުޅަނދު ފަހަރު މަރާމާތުކޮށް ބެލެހެއްޓުން

21- އިޤްތިޞާދީ، އިޖްތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި ފަރާއި ފަޅު ހޯދުމާއި އެތަންތަން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމާއި ދިނުމާއި، މިފަދަ ތަންތަނުގައި އިންވެސްޓް ކުރުމާއި އަދި މި އިންވެސްޓްމަންޓްތައް ކައުންސިލްގެ ނަމުގައި މިލްކް ކުރުން

22- ކައުންސިލުން ލޯނު ނެގުމާއި ލޯނު ދޯކުރުމާއި ކައުންސިލުން ކުރަންޖެހޭ އިންވެސްޓްމަންޓްތައް ބެލެހެއްޓުން

23- އިދާރާގެ އެއްގަމާއި ކަނޑުގެ އުޅަނދު ފަހަރުގައި ކުރަންޖެހޭ ދަތުރުތަކުގެ އިންތިޒާމްތައް ހަމަޖެއްސުން

24- ފ. އަތޮޅު ސްޓޭޓްހައުސްއާއި، އިދާރާގެ އެއްގަމާއި ކަނޑުގެ އުޅަނދުފަހަރުގެ އިންވެންޓްރީ ބެލެހެއްޓުން

25- ފ.އަތޮޅުސްޓޭޓް ހައުސް ޢިމާރާތާއި ގޯތި ބެލެހެއްޓުން

26- މިނޫނަސް މިޔުނިޓުން ކުރަންޖެހޭ ކަންކަން ކުރުން


އެޓޯލް ޑިވެލޮޕްމަންޓް ސެކްޝަން

ސްޓްރަޓެޖިކް ޕްލޭނިންގ އެންޑް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

ސްޓްރަޓެޖިކް ޕްލޭނިންގ އެންޑް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓްގެ މުވައްޒަފުން


ފަރީދާ އިބްރާހީމް މަޤާމު ހުސްކޮށް ޢާއިޝަތު އިބާދާ ޢާއިޝަތު ޔުމްނާ
އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ސީނިއަރ ކައުންސިލް އޮފިސަރ ކައުންސިލް އޮފިސަރ އެސިސްޓެންޓް ކައުންސިލް އޮފިސަރ

ސްޓްރަޓެޖިކް ޕްލޭނިންގ އެންޑް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓުން ކުރަންޖެހޭ މަސައްކަތްތައް

01- އަތޮޅާއި ރަށްރަށުގެ ތަރައްޤީ ޕްލޭނާއި، ފައިނޭންޝަލް ޕްލޭން ތައްޔާރު ކުރުމާއި ގެންނަންޖެހޭ ބަދަލުތައް ގެނައުން

02- ޤައުމީ އިދާރާތަކުން ރަށުކައުންސިލްތަކާއި ޙަވާލުކޮށްގެން ހިންގާ މަޝްރޫޢުތައް ހިނގާ ނުހިނގާގޮތް ބެލުމާއި އެކަމާގުޅޭގޮތުން ކުރަންޖެހޭ ކަންކަން ކުރުން

03- އަތޮޅުކައުންސިލުން ހިންގާ އަތޮޅު ތަރައްޤެ މަޝްރޫޢުތައް ހިންގައި ބެލެހެއްޓުމާއި އެކަމާގުޅޭގޮތުން ކުރަންޖެހޭ ކަންކަން ކުރުން

04- އަތޮޅުގެ ރަށްރަށުގެ ބިނާވެށި ޕްލޭން ތައްޔާރުކޮށް އަންނަ ބަދަލުތައް ބެލެހެއްޓުން

05- އަތޮޅުކައުންސިލްގެ ކުރިއަށްއޮންނަ އަހަރުގެ މަސައްކަތު ތާވަލް ތައްޔާރު ކުރުން

06- ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ޕީ.އެސް.އައި.ޕީ ޕްރޮޖެކްޓްތައް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން

07- އަތޮޅުކައުންސިލުން ކުރިއަށް ގެންދަންޖެހޭ އެކިއެކި ޕްރޮޖެކްޓްތައް އެކުލަވާލުން

08- އަތޮޅުގެ ސިނާޢަތްތައް ކުރިއެރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން

09- ރަށްރަށުގެ ރަށުކައުންސިލް އިދާރާތައް މޮނިޓަރކުރުމާއި އެކަމާގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން

10- އަތޮޅުކައުންސިލުން ދިރާސާ ކުރަންޖެހޭ ކަންތައްތައް ދިރާސާކުރުމާއި އެކަމާގުޅޭގޮތުން ކުރަންޖެހޭ ކަންކަން ކުރުން

11- ރަށްރަށުގެ ބިނާވަށި ޕްލޭނާގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމާއި އަންނަ ބަދަލުތައް ބެލެހެއްޓުން

12- ކުއްޔަށާއި އެހެނިހެން ގޮތްގޮތުން ދޫކުރެވޭ ބިންބިމުގެ ކަންތައް ބެލެހެއްޓުން

13- ބިމުގެ ދަފްތަރު އެކުލަވާލައި ބެލެހެއްޓުން

14- ލޭންޑް ސާވޭކުރުމާއި އެކަމާގުޅޭ ކަންތައްތައް ކުރުމާއި ބެލެހެއްޓުން

15- އަތޮޅުކައުންސިލާއި ޙަވާލުކުރާ ފަޅުރަށްރަށް ބެލެހެއްޓުމާއި އެކަމާގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން

16- އަތޮޅުގެ ތަފާސް ހިސާބު ބެލެހެއްޓުމާއި އެކަމާގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން

17- އަތޮޅާއި ރަށްރަށުގެ އާބާދީ ބެލެހެއްޓުމާއި ބޯހިމެނުމުގެ ކަންތަކާއި ސާވޭގެ ކަންތައް ބެލެހެއްޓުން

18- އަތޮޅުގެ ތިމާވެއްޓާ ގުޅޭގޮތުން ކުރަންޖެހޭ ކަންކަން ކުރުން

19- މިނޫނަސް މިޔުނިޓުން ކުރަންޖެހޭ ކަންކަން ކުރުން


އެޓޯލް ސަޕޯރޓް ސާރވިސް ސެކްޝަން

އިންފޮރމޭޝަން ޓެކްނޮލޮޖީ، ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް ޔުނިޓް

އިންފޮރމޭޝަން ޓެކްނޮލޮޖީ، ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް ޔުނިޓްގެ މުވައްޒަފުން


ޝަޒީލާ މޫސާ ޢަބްދުލް ވާހިދު ޢަބްދުލް ޢަޒީޒު ހުމައިދު އިބްރާހީމް ހުސް މަޤާމު
އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ކޮންޕިއުޓަރ ޓެކްނީޝަން ކައުންސިލް އޮފިސަރ ކޮންޕިއުޓަރ ޓެކްނީޝަން

އިންފޮރމޭޝަން ޓެކްނޮލޮޖީ، ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް ޔުނިޓުން ކުރަންޖެހޭ މަސައްކަތްތައް

01- ކައުންސިލްގެ އިދާރާގެ ޓްރެއިނިންގ ރިކްވަޔަމަންޓް ތައްޔާރުކޮށް ސީ.އެސް.އައިޓީ އަށް ފޮނުވުން

02- އަތޮޅުކައުންސިލް އިދާރާގެ މުވައްޒަފުން ތަމްރީނު ކުރުމުގެ ކަންތައް ހިންގައި ބެލެހެއްޓުން

03- ރަށުކައުންސިލް ތަކުގެ މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީނުތައް ދިނުން

04- ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ހިންގާ އެކިއެކި ޓްރެއިނިން ތަކުގެ ދަފްތަރު ބެލެހެއްޓުން

06- އިދާރާގެ މުވާޞަލާތާ ގުޅޭގޮތުން ކުރަންޖެހޭ ޓެކްނިކަލް މަސައްކަތްތައް ކުރުން

07- އިދާރާގެ އައިޓީއާއި ގުޅޭގޮތުން ކުރަންޖެހޭ ކަންކަން ކުރުން

08- އިދާރާގެ ސާވާއާއި ނެޓްވޯކް ބަލަހައްޓައި ގެންނަންޖެހޭ ބަދަލުތައް ގެނައުން

09- އިދާރާގެ ވެބްސައިޓާއި އެފް.ބީ ޕޭޖް ބަލަހަޓައި ގެންނަންޖެހޭ ބަދަލުތައް ގެނައުން

10- އިދާރާގެ ކޮންޕިއުޓަރުތަކާއި ޕްރިންޓަރ ތަކުގެ ސޮފްޓްވެއަރއާއި ހާޑްވެއަރގެ މައްސަލަތައް ޙައްލުކޮށް ބެލެހެއްޓުން

11- ރަށުކައުންސިލް ތަކުން ބޭނުންވާ އައިޓީއާއި ގުޅޭ ކަންކަމުގައި އެހީތެރިވެދިނުން

12- އިދާރާގެ ސާވާއާއި ކޮންޕިއުޓަރ ތަކަށް ދިމާވާ ވައިރަސްގެ މައްސަލަތައް ޙައްލުކުރުން

13- ކައުންސިލް އިދާރާއިން އިންތިޒާމްކުރާ އޮންލައިން ބައްދަލުވުންތަކާ ގުޅޭގޮތުން ކުރަންޖެހޭ ޓެކްނިކަލް ކަންތައްތައް ކުރުން

14- މުވައްޒަފުންނަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ދިނުމާއި މުވައްޒަފުންގެ ފެންވަރު ރަގަނޅު ކުރުމަށް ކުރަންޖެހޭ ކަންތައްތަ ކުރުން

15- މިނޫނަސް މި ޔުނިޓުން ކުރަންޖެހޭ ކަންކަން ކުރުން

އެޓޯލް ސަޕޯރޓް ސާރވިސް ސެކްޝަން

ލީގަލް އެންޑް ކޮންޕްލަޔަންސް ޔުނިޓް

ލީގަލް އެންޑް ކޮންޕްލަޔަންސް ޔުނިޓްގެ މުވައްޒަފުން



ޙައްވާ އަނޫޝާ
ލީގަލް އޮފިސަރ

ލީގަލް އެންޑް ކޮންޕްލަޔަންސް ޔުނިޓުން ކުރަންޖެހޭ މަސައްކަތްތައް

01- އަތޮޅުކައުންސިލް ހިންގާ ޤަވާޢިދު އެކުލަވާލައި ގެންނަންޖެހޭ ބަދަލުތައް ގެނައުން

02- އަތޮޅުކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތަކާގުޅޭ ޤަވާޢިދުތަކާއި އުޞޫލްތައް ހެދުމާއި ގެންނަންޖެހޭ ބަދަލުތައް ގެނައުން

03- ކައުންސިލުން ހިންގާ ވިޔަފާރިތަކުގެ ޤަވާޢިދުތަކާއި އުޞޫލްތައް ހެދުމާއި ގެންނަންޖެހޭ ބަދަލުތައް ގެނައުން

04- ކައުންސިލް އިދާރާއިން ތައްޔާރު ކުރަންޖެހޭ އެސް.އޯ.ޕީ ތައް ތައްޔާރު ކުރުމާއި ގެންނަންޖެހޭ ބަދަލުތައް ގެނައުން

05- އަތޮޅުކައުންސިލުން ދަޢުވާކުރުމާއި ދަޢުވާ ލިބިގަތުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން

06- އަތޮޅުކައުންސިލާއި ރަށުކައުންސިލްތަކަށް ބޭނުންވާ ޤާނޫނީ ލަފާދިނުން

07- ކައުންސިލް އިދާރާގެ ފަރާތުން ވަކާލާތު ކުރަންޖެހޭ ކަންކަމުގައި ވަކާލާތު ކުރުން

08- މިނޫނަސް މި ޔުނިޓުން ކުރަންޖެހޭ ކަންކަން ކުރުން

ފ. އަތޮޅު ކައުންސިލް އިދާރާގެ އައު އޮނިގަނޑު

ފ. އަތޮޅު ކައުންސިލް އިދާރާއިން ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް