މާލޭގެ މުވައްސަސާތަކާއި ބައްދަލު ކުރެއްވުމަށް އަތޮޅު ކައުންސިލުން މާލެއަށް ދަތުރެއް ކުރައްވައިފި

11 ފެބުރުވަރީ 2019


ނިލަންދެ އަތޮޅު އުތުރުބުރީގެ ރަށްރަށުގެ ތަރައްޤީގެ މަޝްރުޢުތައް ކުރިއަށް ގެންދިއުމުގައި ހުރި ކަންބޮޑުވުންތަކާއި، ރަށްރަށަށް ދިމާވެފައިވާ މައްސަލަތަކާއި، ރައްޔިތުންނަށް ޚިދުމަތްތައް ދިނުމުގައި ދިމާވަމުންދާ ދަތިތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން މާލެއަށް ދަތުރެއް ކުރައްވައިފިއެވެ.

2019 ފެބުރުވަރީ 02 އިން 07 އަށް މާލެއަށް ކުރެއްވި ދަތުރުގައި ބައެއް ވަޒީރުންނާއި، ބައެއް ސްޓޭޓު މިނިސްޓަރުންނާއި، މުވައްސަސާތަކުގެ ބައެއް ވެރިންނާއި ބައްދަލު ކުރައްވައި، ރަށްރަށުގެ ތަރައްޤީގެ މަޝްރުޢުތައް ކުރިއަށް ގެންދިއުމުގައި ހުރި ކަންބޮޑުވުންތަކާއި، ރަށްރަށަށް ދިމާވެފައިވާ މައްސަލަތަކާއި، ރައްޔިތުންނަށް ޚިދުމަތްތައް ދިނުމުގައި ދިމާވަމުންދާ ދަތިތަކާ މެދު މަޝްވަރާ ކުރައްވާފައި ވެއެވެ.

މިދަތުރުގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް ޢުމަރު ޒާހިރާއި، ކައުންސިލް މެންބަރ އަލްފާޟިލް ޢަބްދުލް ޤާދިރު މުޙައްމަދާއި، ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އިބުރާހީމް ޝިފާޙު ޢަބްދުއްރަޙުމާނާއި، ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ނަޞީރާއި، ޑެޕިއުޓީ ޑިރެކްޓަރ އަލްފާޟިލް އަޙުމަދު ރަފީޢު ބައިވެރިވެ ލެއްވިއެވެ.

މިދަތުރުގައި މަޝްވަރާކުރެއްވި މިނިސްޓްރީތަކާއި މުވައްސަސާތައް؛

01- މިނިސްޓްރީ އޮފް އިކޮނަމިކު ޑިވެލޮޕްމަންޓު

02- މިނިސްޓްރީ އޮފް އިސްލާމިކު އެފެއާރޒު

03- މިނިސްޓްރީ އޮފް ފިޝަރީޒު، މެރިން ރިސޯސަސް އެންޑު އެގުރިކަލްޗަރ

04- މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑު ސޯޝަލް ސާރވިސަސް

05- މިނިސްޓްރީ އޮފް އެޑިއުކޭޝަން

06- މިނިސްޓްރީ އިފް ޑިފެންސް

07- މިނިސްޓްރީ އޮފް ހޯމް އެފެއާރޒު

08- މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓުސް އެންޑު ކޮމިއުނިޓީ އެމްޕަވަރމަންޓު

09- މިނިސްޓްރީ އޮފް ފިނޭންސް

10- މޯލްޑިވްސް އިންލަންޑު ރެވެނިއު އޮތޯރިޓީ

11- ނޭޝަނަލް ޑިޒާސްޓަރ މެނޭޖުމެންޓު އޮތޯރިޓީ

12- ލޯކަލް ގަވަރމަންޓު އޮތޯރިޓީ

އިކޮނަމިކު މިނސްޓްރީގެ ސްޓޭޓު މިނިސްޓަރާ ބައްދަލު ކުރުމުގެ ތެރެއިން
އިސްލާމިކު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރާ ބައްދަލު ކުރުމުގެ ތެރެއިން
ފިޝަރީޒު މިނިސްޓަރާ ބައްދަލު ކުރުމުގެ ތެރެއިން
ޖެންޑަރ މިނިސޓްރީގެ ސްޓޭޓު މިނިސްޓަރާ ބައްދަލު ކުރުމުގެ ތެރެއިން
ޑިފެންސް މިނިސްޓަރާ ބައްދަލު ކުރުމުގެ ތެރެއިން
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރާ ބައްދަލު ކުރުމުގެ ތެރެއިން
ހޯމު މިނިސްޓަރާ ބައްދަލު ކުރުމުގެ ތެރެއިން
ޔޫތު މިނިސްޓަރާ ބައްދަލު ކުރުމުގެ ތެރެއިން
ފިނޭންސް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރާ ބައްދަލު ކުރުމުގެ ތެރެއިން
އިންލަންޑު ރެވެނިއު އޮތޯރިޓީގެ އިސް ވެރިންނާ ބައްދަލު ކުރުމުގެ ތެރެއިން
ޑިޒާސްޓަރ މެނޭޖުމެންޓު އޮތޯރިޓީގެ ސީ.އީ.އޯ އާއި ބައްދަލު ކުރުމުގެ ތެރެއިން
އެލް.ޖީ އޭގެ އިސް ވެރިންނާ ބައްދަލު ކުރުމުގެ ތެރެއިން