އަތޮޅުތެރޭގެ ޙާލަތު ބެލުމަށް އަތޮޅު ކައުންސިލުން އަތޮޅުގެ ރަށްރަށަށް ދަތުރެއް ކުރައްވައިފި

24 ޖަނަވަރީ 2019


އަތޮޅުތެރޭގެ ޙާލަތު ބެލުމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން އަތޮޅުގެ ރަށްރަށަށް ދަތުރެއް ކުރައްވައިފިއެވެ.

މިފަދަ ދަތުރެއް އަތޮޅުގެ ރަށްރަށަށް ކުރުމުގެ ބޭނުމަކީ، ރަށްރަށުގެ ރައްޔިތުން މިވަގުތަށް ބޭނުންވާ ކަންތައްތަކާއި، ރަށުކައުންސިލް ތަކުންނާއި، ތަޢުލީމީ ދާއިރާއިން އަދި ޞިއްޙީ ދާއިރާއިން ރައްޔިތުންނަށް ޚިދުމަތްތައް ދިނުމުގައި ދަތިވާ ކަންތައްތަކާއި ހުރި ކަންބޮޑުވުން ތަކުގެ މަޢުލޫމާތު އޮޅުންފިލުވައި، އެކަންތައް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ހަމައަށް ގެންގޮސްގެން ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކާއި، އެތަންތަނުން ރައްޔިތުންނަށް ޚިދުމަތްތައް ދިނުމުގައި ދިމާވަމުންދާ ދަތިތަކަށް ޙައްލެއް ހޯދައި ދިނުމަށް މަސައްކަތް ކުރުމެވެ.

20 ޖަނަވަރީ 2019 ވަނަ ދުވަހު ފެއްޓެވި މިދަތުރުފުޅުގައި މިއަތޮޅު ފީއަލި، ބިލެއްދޫ، މަގޫދޫ އަދި ދަރަނބޫދޫއަށް ޒިޔާރަތް ކުރައްވައި، އެރަށްރަށުގެ ކައުންސިލްތަކާއި، ސްކޫލްތަކާއި، ޞިއްޙީ ދާއިރާތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި، ކުލަބު ޖަމްޢިއްޔާތަކުގެ މެންބަރުންނާ ބައްދަލު ކުރައްވައި، ރަށްރަށުގެ ރައްޔިތުންނަށް މިވަގުތަށް ބޭނުންވާ ކަންތައްތަކާއި، ރައްޔިތުންނަށް ޚިދުމަތްތައް ދިނުމުގައި ދިމާވާ ދަތިތަކާއި ހުރި ކަންބޮޑުވުންތަކުގެ މަޢުލޫމާތު ހޯއްދަވާފައި ވެއެވެ.

މިދަތުރުގައި ނިލަންދޫ ފިޔަވައި އެހެން ރަށްރަށުގެ މަސައްކަތް ނިންމަވާފައިވަނީ 24 ޖަނަވަރީ 2019 ވަނަ ދުވަހުއެވެ. ނިލަންދޫގެބައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 27 ޖަނަވަރީ 2019 ވާ އާދީއްތަ ދުވަހުއެވެ.

އަތޮޅު ކައުންސިލުން އަތޮޅުތެރެއަށްކުރެއްވި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުނަކީ؛

01- ފ.އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢުމަރު ޒާހިރު

02- ފ.އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަލްފާޟިލް މަޙުމޫދުއަޙުމަދު

03- ފ.އަތޮޅު ކައުންސިލް މެންބަރ އަލްފާޟިލް ޢަބުދުލް ޤާދިރު މުޙައްމަދު

04- ފ.އަތޮޅު ކައުންސިލް އިދާރާގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އިބުރާހީމް ޝިފާޙު ޢަބުދުއްރަހުމާނު

05- ފ.އަތޮޅު ކައުންސިލް އިދާރާގެ ޑިރެކްޓަރ އަލްފާޟިލް އިބުރާހީމް ނަޞީރު

06- ފ.އަތޮޅު ކައުންސިލް އިދާރާގެ ޑިރެކްޓަރ އަލްފާޟިލް އިބުރާހީމް ޝަރީފު

07- ފ.އަތޮޅު ކައުންސިލް އިދާރާގެ ޑެޕިއުޓީ ޑިރެކްޓަރ އަލްފާޟިލް އަޙުމަދު ރަފީޢު

08- ފ.އަތޮޅު ކައުންސިލް އިދާރާގެ އެޑުމިނިސްޓްރޭޓިވް އޮފިސަރ އަލްފާޟިލާ ޖަމުނާ މޫސާ ނަޢީމު

ފީއަލީ ކައުންސިލާއި، ކޮމެޓީތަކާއި، ޖަމްޢިއްޔާތަކާ ބައްދަލު ކުރުމުގެ ތެރެއިން
ފ.އަތޮޅު މަދަރުސާގެ މުވައްޒަފުންނާ ބައްދަލު ކުރުމުގެ ތެރެއިން
ފީއަލީ ޞިއްޙީ މަރުކަޒުގެ މުވައްޒަފުންނާ ބައްދަލު ކުރުމުގެ ތެރެއިން
ބިލެއްދޫ ކައުންސިލާއި، ކޮމެޓީތަކާއި، ޖަމްޢިއްޔާތަކާ ބައްދަލު ކުރުމުގެ ތެރެއިން
ބިލެއްދޫ ސްކޫލްގެ މުވައްޒަފުންނާ ބައްދަލު ކުރުމުގެ ތެރެއިން
ބިލެއްްދޫ ޞިއްޙީ މަރުކަޒުގެ މުވައްޒަފުންނާ ބައްދަލު ކުރުމުގެ ތެރެއިން
މަގޫދޫ ކައުންސިލާއި، ކޮމެޓީތަކާއި، ޖަމްޢިއްޔާތަކާ ބައްދަލު ކުރުމުގެ ތެރެއިން
މަގޫދޫ ސްކޫލްގެ މުވައްޒަފުންނާ ބައްދަލު ކުރުމުގެ ތެރެއިން
މަގޫދޫ ޞިއްޙީ މަރުކަޒުގެ މުވައްޒަފުންނާ ބައްދަލު ކުރުމުގެ ތެރެއިން
ދަރަނބޫދޫ ސްކޫލްގެ މުވައްޒަފުންނާ ބައްދަލު ކުރުމުގެ ތެރެއިން
ދަރަނބޫދޫ ކައުންސިލާއި، ކޮމެޓީތަކާއި، ޖަމްޢިއްޔާތަކާ ބައްދަލު ކުރުމުގެ ތެރެއިން
ދަރަނބޫދޫ ޞިއްޙީ މަރުކަޒުގެ މުވައްޒަފުންނާ ބައްދަލު ކުރުމުގެ ތެރެއިން