ފ.އަތޮޅުސްޓޯރުގެ ވިޔަފާރި ފ.ނިލަންދޫ ރައްޔިތުންގެ ފިނިހިޔާ ޢިމާރާތަށް ބަދަލުކޮށްފި

28 ނޮވެންބަރ 2018


ފ.އަތޮޅު ސްޓޯރުގެ ވިޔަފާރި ބަދަލުކުރި ޢިމާރާތް

ފ.އަތޮޅު ސްޓޯރުގެ ވިޔަފާރި ފ.ނިލަންދޫ ރައްޔިތުންގެ ފިނިހިޔާ ޢިމާރާތަށް ބަދަލުކޮށް، އެޢިމާރާތުގައި ވިޔަފާރި ކުރުމުގެ މަސައްކަތް މިއަދު (28 ނޮވެންބަރ 2018 ދުވަހު) ފަށައިފިއެވެ.

ފ.އަތޮޅު ސްޓޯރުގެ ވިފާރި ފ.ނިލަންދޫ ރައްޔިތުންގެ ފިނިހިޔާ ޢިމާރާތަށް ބަދަލުކުރީ، ސްޓޯރުގެ ވިޔަފާރި މިހާރު ހިންގަމުން ގެންދާ ފ.އަތޮޅު ރައްޔިތުންގެ ޢިމާރާތުގެ ޖާގަ ކުޑަކަމުން ވިޔަފާރި ކުރުމަށް ވަރަށްބޮޑަށް ދަތިވެފައިވާތީއާއި، އަދި އެޢިމާރާތުގެ ޙާލަތު ހުރިގޮތުން ވަރަށް ބޮޑަށް މަރާމާތު ކޮށްގެންނޫނީ އެޢިމާރާތުގައި ވިޔަފާރި ކުރެވެން ނެތުމުންނެވެ.

ފ.އަތޮޅު ސްޓޯރުގެ ވިޔަފާރި ހިންގުމަށް ފ.ނިލަންދޫ ރައްޔިތުންގެ ފިނިހިޔާ ޢިމާރާތް ކުއްޔަށް ހިފާފައިވަނީ 01 ނޮވެންބަރ 2018 އިން ފެށިގެން 10 އަހަރު ދުވަހުގެ މުއްދަށެވެ. މިވިޔަފާރީގެ އެއްބަސް ވުމުގައި ފ.އަތޮޅު ކައުންސިލާއި، ފ.ނިލަންދޫ ކައުންސިލުން ސޮއިކޮށްފައިވަނީ 31 އޮކްޓޯބަރ 2018 ގައެވެ.

ފ.ނިލަންދޫ ރައްޔިތުންގެ ފިނިހިޔާ ޢިމާރާތަކީ ކުރިންވެސް ފ.އަތޮޅުސްޓޯރުގެ ވިޔަފާރި ހިންގި ޢިމާރާތެކެވެ.