ފ.އަތޮޅު ކައުންސިލްގެ އިދާރާގެ ޕޮރޮޖެކްޓު އޮފިސަރގެ މަޤާމަށް ބޭފުޅަކު ހަމަޖައްސަވައިފި

27 އޯގަސްޓު 2018


ފ.އަތޮޅު ކައުންސިލްގެ އިދާރާގެ ޕްރޮޖެކްޓު އޮފިސަރެއްގެ މަޤާމަށް ފ.ނިލަންދޫ ކެނެރީވިލާ އަލްފާޟިލް ޢަބުދުލް މުޢީދު ޢަބްދުއްރަޝީދު 26 އޯގަސްޓު 2018 ގައި ހަމަޖައްސަވައިފިއެވެ. ޢަބުދުލް މުޢީދު ޢަބުދުއްރަޝީދު މި މަޤާމަށް ހަމަޖެއްސެވިއިރު ހުންނެވީ ފ.އަތޮޅު ކައުންސިލްގެ އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމުގައެވެ.

ޢަބްދުލް މުޢީދު ޢަބުއްރަޝީދަށް މަރުޙަބާ ދެންނެވުމުގެ ގޮތުން 27 އޯގަސްޓު 2018 ގައި ފ.އަތޮޅު ކައުންސިލްގެ އިދާރާގައި ޙަފްލާއެއް ބޭއްވިއެވެ. މިޙަފްލާގައި ފ.އަތޮޅު ކައުންސިލް އިދާރާގެ ވެރިންނާއި މުވައްޒަފުން ބައިވެރި ވެފައި ވެއެވެ.

ޢަބުދުލް މުޢީދު ޢަބްދުއްރަޝީދަކީ 31 ޖަނަވަރީ 2018 އިން ފެށިގެން މިއިދާރާގައި ވަޒީފާ އަދާ ކުރަމުން ގެންދާ މުވައްޒަފެކެވެ.