ރަށްރަށުގެ އިޖްތިމާޢީ ތަރައްޤީގެ މަސައްކަތްތައް ކުރުމަށް އަތޮޅު ކައުންސިލްގެ 04 ވަނަ ދައުރުގައި 5.6 މިލިއަން ރުފިޔާ އަތޮޅު ކައުންސިލުން ދޫކޮށްފިއެވެ. މިފައިސާ ދޫކޮށްފައިވަނީ ރަށުކައުންސިލް އިދާރާތަކަށާއި، ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށާއި، ފ. އަތޮޅުގެ ތަޢުލީމީ ދާއިރާއަށާއި، ޞިއްޙީ ދާއިރާއަށެވެ. މިއީ ކައުންސިލްގެ 04 ވަނަ ދައުރު ފެށުނު ތާރީޚް ކަމުގައިވާ 17 މޭ 2021 އިން 31 އޮގަސްޓު 2025 ގެ ނިޔަލަށް ދޫކުރެވުނު ފައިސާއެވެ.
އެންމެގިނަ ފައިސާ ދޫކޮށްފައިވަނީ 2022 ވަނަ އަހަރުއެވެ. އެ އަހަރު 3.4 މިލިއަން ރުފިޔާ ދޫކޮށްފައި ވެއެވެ. ދެން އެންމެގިނަ ފައިސާ ދޫކޮށްފައިވަނީ 2025 ވަނަ އަހަރުއެވެ. މިއަހަރުގެ މިހާތަނަށް 1.9 މިލިއަން ރުފިޔާ ދޫކޮށްފައި ވެއެވެ. އަދި ކްލަބު ޖަމްޢިއްޔާތަކަށް ދޫކުރަން ހަމަޖެހިފައިވާ ފައިސާ ދޫކުރުމުން މިއަހަރު ދޫކުރެވުނު ފައިސާގެ ޢަދަދު އިތުރުވެގެން ދާނެއެވެ.
ފައިސާ ދޫކުރެވުނު ދާއިރާތަކާއި ދޫކުރެވުނު ފައިސާގެ ޢަދަދު
| ރަށުކައުންސިލް އިދާރާތަކަށް |
5,307,042.32 |
| އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް |
45,000.00 |
| ތަޢުލީމީ ދާއިރާއަށް (ސްކޫލް / މަދަރުސާތައް) |
125,000.00 |
| ޞިއްޙީ ދާއިރާއަށް (ހޮސްޕިޓަލް / ޞިއްޙީމަރުކަޒުތައް) |
125,000.00 |
| ޖުމްލަ: |
5,602,042.32 |
ރަށުކައުންސިލް އިދާރާތައް
| ފ. ނިލަންދޫ ކައުންސިލްގެ އިދާރާ |
1,355,380.59 |
| ފ. ދަރަނބޫދޫ ކައުންސިލްގެ އިދާރާ |
863,889.43 |
| ފ. މަގޫދޫ ކައުންސިލްގެ އިދާރާ |
951,199.42 |
| ފ. ބިލެއްދޫ ކައުންސިލްގެ އިދާރާ |
1,076,235.96 |
| ފ. ފީއަލީ ކައުންސިލްގެ އިދާރާ |
1,060,336.92 |
| ޖުމްލަ: |
5,307,042.32 |
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތައް
| ފ. ނިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ |
10,000.00 |
| ފ. ދަރަނބޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ |
10,000.00 |
| ފ. މަގޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ |
5,000.00 |
| ފ. ބިލެއްދޫ އަންހެނުންގެ ތަރަރއްޤީއަށް މަސައްކަތްކުރާ ކޮމެޓީ |
10,000.00 |
| ފ. ފީއަލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ |
10,000.00 |
| ޖުމްލަ: |
45,000.00 |
ތަޢުލީމީ ދާއިރާ (ސްކޫލް / މަދަރުސާތައް)
| ފ. އަތޮޅު ތަޢުލީމީ މަރުކަޒު |
25,000.00 |
| ފ. އަތޮޅު މަދަރުސާ |
25,000.00 |
| ފ. ބިލެއްދޫ ސްކޫލް |
25,000.00 |
| ފ. މަގޫދޫ ސްކޫލް |
25,000.00 |
| ފ. ދަރަނބޫދޫ ސްކޫލް |
25,000.00 |
| ޖުމްލަ: |
125,000.00 |
ޞިއްޙީ ދާއިރާ (ހޮސްޕިޓަލް / ޞިއްޙީމަރުކަޒުތައް)
| ފ. އަތޮޅު ހޮސްޕިޓަލް |
25,000.00 |
| ފ. ދަރަނބޫދޫ ޞިއްޙީ މަރުކަޒު |
25,000.00 |
| ފ. މަގޫދޫ ޞިއްޙީ މަރުކަޒު |
25,000.00 |
| ފ. ބިލެއްދޫ ޞިއްޙީ މަރުކަޒު |
25,000.00 |
| ފ. ފީއަލީ ޞިއްޙީ މަރުކަޒު |
25,000.00 |
| ޖުމްލަ: |
125,000.00 |
މީގެ ކުރީގެ ދައުރުތަކުގައިވެސް އަތޮޅު ކައުންސިލަށް އާމްދަނީލިބޭ މިންވަރަކުން ރަށްރަށުގެ ތަރައްޤީގެ މަސައްކަތްތައް ކުރުމަށާއި އެކިއެކި ބޭނުންތަކަށް ދާއިރާތަކަށް ފައިސާއާއި ތަކެތި ފ. އަތޮޅު ކައުންސިލުން ދެމުން ގެންގޮސްފައި ވެއެވެ. އެގޮތުން؛
| ފ. އަތޮޅު ހޮސްޕިޓަލްގައި ޑެންޓަލް ޚިދުމަތް ޤާއިމު ކުރުމުގެ މަސައްކަތަށް |
30,000.00 |
| ފީއަލީގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީ ކުރުމުގެ މަސައްކަތަށް |
150,000.00 |
| ބިލެއްދޫގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީ ކުރުމުގެ މަސައްކަތަށް |
150,000.00 |
| މަގޫދޫގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީ ކުރުމުގެ މަސައްކަތަށް |
150,000.00 |
| ނިލަންދޫގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީ ކުރުމުގެ މަސައްކަތަށް |
150,000.00 |
| ދަރަނބޫ އިންޑޯ ހޯލްގައި މެޓްއެޅުމަށް |
150,000.00 |
| މަގޫދޫ ޞިއްޙީ މަރުކަޒަށް ކޮންޕިއުޓަރ ސިސްޓަމެއް ހޯދުމަށް |
10,000.00 |
| ފީއަލީ ޞިއްޙީ މަރުކަޒަށް ކޮންޕިއުޓަރ ސިސްޓަމެއް ހޯދުމަށް |
10,000.00 |
| ބިލެއްދޫ ޞިއްޙީ މަރުކަޒަށް ދޮންނަ މެޝިނެއް ހޯދުމަށް |
10,000.00 |
| ބިލެއްދޫ ސްކޫލަށް ޕްރޮޖެކްޓެއް ހޯދައި ދިނުމަށް (ތަކެތި ދިނުން) |
10,335.00 |
| ދަރަނބޫދޫ ޞިއްޙީ މަރުކަޒަށް ކޮންޕިއުޓަރަކާއި ޕްރިންޓަރެއް ހޯދައި ދިނުމަށް (ތަކެތި ދިނުން) |
15,990.00 |
| ފީއަލީ ކައުންސިލަށް ރަށު ޕިކަޕެއް ހޯދުމަށް |
35,000.00 |
| ބިލެއްދޫ ކައުންސިލަށް ރަށު ޕިކަޕެއް ހޯދުމަށް |
35,000.00 |
| މަގޫދޫ ކައުންސިލަށް ރަށު ޕިކަޕެއް ހޯދުމަށް |
35,000.00 |
| ދަރަނބޫދޫ ކައުންސިލަށް ރަށު ޕިކަޕެއް ހޯދުމަށް |
35,000.00 |
| ނިލަންދޫ ކައުންސިލަށް ރަށު ޕިކަޕެއް ހޯދުމަށް |
35,000.00 |
| ޖުމްލަ: |
1,011,325.00 |
2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު މިއަތޮޅުގެ ސްކޫލްތަކުގެ އޭލެވެލް / އޯވެލް ބެސްޓް އޯލްރައުންޑަށް ހޮވޭ ދަރިވަރުންނަށް އަތޮޅު ކައުންސިލުން ފައިސާގެ އިނާމާއި ޓްރޮފީ ދިނުމުގެ އިތުރުން އޯލެވެލް / އޭލެވެލްގެ ޤައުމީ ގަދަ 10 ގައި ހިމެނޭ މިއަތޮޅުގެ ސްކޫލްތަކުގެ ދަރިވަރުންނަށް ހަނދާނީ ފިލައި ދެމުން ގެންދާކަން ފާހަގަ ކުރެވެއެވެ. އޯލެވެލް / އޭލެވެލްގެ ބެސްޓް އޯލްރައުންޑަށް ހޮވޭ ދަރިވަރަކަށް ފައިސާގެ އިނާމުގެ ގޮތުގައި ދެމުން ގެންދަނީ ދަރިވަރަކަށް -/2،000 ރުފިޔާއެވެ.