ނިލަންދެއަތޮޅު އުތުރުބުރީގެ ރަށްރަށުގައި ކޮމިއުނިކޭޝަން ސްކިލްސް ޕްރޮގްރާމެއް ހިންގައިފި

04 މާރިޗު 2024



ނިލަންދެއަތޮޅު އުތުރުބުރީ ޕޮލިސްސްޓޭޝަނާއި، ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި ގުޅިގެން ނިލަންދެ އަތޮޅު އުތުރުބުރީގެ ރަށްރަށުގައި ކޮމިއުނިކޭޝަން ސްކިލްސް ޕްރޮގްރާމެއް ހިންގައިފިއެވެ.

ރަށްރަށުގެ މުވައްސަސާތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން 2024 ފެބްރުވަރީ 29 އިން 2024 މާރިޗު 03 އަށް ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމްގައި 210 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެފައި ވެއެވެ.

ދިވެހި ބަހުން މުޢާމަލާތްތައް ކުރުމުގެ ހުނަރު ދަސްކޮށްދިނުމަށް ހިންގި މި ޕްރޮގްރާމްގައި ގިނަ ޢަދަދެއްގެ މުވައްޒަފުން ބައިވެރިވެފައި ވުމާއެކު މި ޕްރޮގްރާމަކީ ވަރަށް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވުނު ޕްރޮގްރާމެއްކަން ފާހަގަ ކުރެވެއެވެ.

ކުރިއަށްއޮތް ތަނުގައިވެސް ޕޮލިސްސްޓޭޝަނާއި، އަތޮޅު ކައުންސިލާއި ރަށްރަށުގެ މުވައްސަސާތަކާ ގުޅިގެން މީހުން ހޭލުންތެރި ކުރުމުގެ މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.