ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް އިސްތިޢުފާ ދެއްވައިފި

18 ޑިސެންބަރު 2023


ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް ޢަލީ މުޙައްމަދު އަތޮޅު ކައުންސިލްގެ ރައީސްކަމުން 2023 ޑިސެންބަރު 17 ވަނަ ދުވަހު އިސްތިޢުފާ ދެއްވައިފިއެވެ. އިސްތިޢުފާ ދެއްވާފައިވަނީ އެ ދުވަހު އޮފީހަށް ނުކުންނަވައި ރަސްމީގަޑި ނިމުނު ފަހުންނެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް ޢަލީ މުޙައްމަދަކީ އަތޮޅު ކައުންސިލްގެ 04 ވަނަ ދައުރުގެ ރައީސެވެ. ޢަލީ މުޙައްމަދު، އިސްތިޢުފާ ދެއްވިއިރު، ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް ކަމުގައި ހޭދަކުރައްވާފައިވަނީ 02 އަހަރާއި 07 މަސްދުވަހެވެ. ޢަލީ މުޙައްމަދު އަތޮޅު ކައުންސިލްގެ ރައީސްކަމުގެ ހުވާ ކުރައްވާފައިވަނީ ގައެވެ.

ރައީސް ޢަލީ މުޙައްމަދު އަތޮޅު ކައުންސިލްގެ ރައީސްކަމުގައި ހޭދަކުރެއްވި ދުވަސްތަކުގައި އަތޮޅުކައުންސިލްގެ މެންބަރުންނާއި އަތޮޅު ކައުންސިލްގެ މުވައްޒަފުންނާއި ގުޅިގެން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލަށާއި، އަތޮޅުގެ ރައްޔިތުންނަށް ފައިދާހުރި ގިނަގުނަ މަސައްކަތްޕުޅު ތަކެއް ކޮށްދެއްވާފައި ވެއެވެ. އެގޮތުން ފާހަގަ ކޮށްލެވޭ މުހިންމު ކަންތައްތަކުގެ ތެރޭގައި؛

01- އޭޒޯން ލައިސަންސްގެ ޚިދުމަތްދިނުމަށް ލައިސަންސް ޓްރެކެއް ތައްޔާރުކޮށް އެ ޚިދުމަތް ފައްޓަވާ ދެއްވާފައި ވެއެވެ.

02- އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އަތޮޅުގެ ސްކޫލްތަކުގެ ދަރިވަރުންނަށް ކުޅިވަރު މުބާރާތެއް އިންތިޒާމްކޮށް ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި ހޭންޑްބޯލް މުބާރާތަކާއި ފުޓްސަލް މުބާރާތެއް ބާއްވާފައި ވެއެވެ.

03- އަތޮޅުގެ ޒުވާނުންނަށް އަމާޒުކޮށްގެން އަތޮޅު ފެންވަރުގައި ކުޅިވަރު މުބާރާތެއް ނުބާއްވާތާ އެތައް އަހަރެއް ވެފައި ވަނިކޮށް ޒުވާނުންނަށް އަމާޒުކޮށްގެން އަތޮޅު ފެންވަރުގައި އަންހުންނާއި ފިރިހެނުންނަށް ވޮލީ މުބާރާތެއް ބާއްވާފައި ވެއެވެ.

04- އަތޮޅުގެ ސްކޫލްތަކުގެ ދަރިވަރުންނަށް އަދަބީ މުބާރާތްތަކެއް ކުރިއަށް ގެންދިއުމަށް ބޭނުންވާ އުޞޫލްތަކާއި ޤަވާޢިދުތައް ތައްޔާރުކޮށް އެކަމާގުޅޭ ހުރިހާ އިންތިޒާމްތަކެއް ރާއްވަވާފައި ވެއެވެ.

05- އަތޮޅު ކައުންސިލް ހިންގާ ޢިމާރާތުގެ ގޯތިތެރެ ފެހި ކުރުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން ގޯތިތެރޭގައި ބަގީޗާގަސް ހައްދައި ގޯތި ތެރެއަށް ހެޔޮބަދަލުތަކެއް ގެނެސް ދެއްވާފައި ވެއެވެ.

06- އަތޮޅު ކައުންސިލުން ކުރިއަށް ގެންދާ، ރަށުކައުންސިލް އިދާރާތައް މޮނިޓަރ ކުރުމަށް ހެޔޮ ބަދަލުތަކެއް ގެންނަވައި އަހަރުން އަހަރަށް މޮނިޓަރ ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ އިތުރުން ފުރަތަމަ ފަހަރަށް މޮނިޓަރިން ރިވިއު ކުރުމަށް ތަޢާރަފް ކުރައްވާފައި ވެއެވެ. އަދި އަތޮޅު ކައުންސިލާއި، ރަށުކައުންސިލް ތަކުގެ މުވައްޒަފުން ތަމްރީނު ކުރުމަށް ޚާއްޞަ އިސްކަމެއް ދެވައި އެމަސައްކަތްތައް ކުރައްވާފައި ވެއެވެ.

07- އަތޮޅު ކައުންސިލަށް އާމްދަނީ ހޯދުމަށް ފ. އަތޮޅު ސްޓޭޓް ހައުސްގޯތީގައި އޮތް ހުސްބިމުން ބައެއް ދިގުމުއްދަތަކަށް ކުއްޔަށް ދޫކުރައްވާފައި ވެއެވެ. މިނޫނަސް ފާހަގަ ކުރެވޭ އެހެނިހެން ކަންތައްތައް އެބަހުއްޓެވެ.