2023 ވަނަ އަހަރުގެ ފ. އަތޮޅު ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

25 ނޮވެންބަރު 2023


މުބާރާތުން 01 ވަނަހޯދި ފ. އަތޮޅު މަދަރުސާގެ ދަރިވަރު ޢާއިޝަތު ޔާނާ އަޙްމަދު

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން މިއަތޮޅުގެ ސްކޫލް މަދަރުސާތަކަށް ހުޅުވާލައިގެން 2023 ނޮވެންބަރު 23 އިން 25 އަށް ފ. މަގޫދޫގައި ކުރިއަށް ގެންދިޔަ 2023 ވަނަ އަހަރުގެ ފ. އަތޮޅު ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު 2023 ނޮވެންބަރު 25 ވަނަ ދުވަހުގެ 13.00 ގައި ފ. މަގޫދޫ އިޖްތިމާޢީ މަރުކަޒުގައި ބާއްވައިފިއެވެ.

މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރި ކޮށްދެއްވީ ފ. އަތޮޅު ޕޮލިސް ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޔައުޤޫބެވެ. މިރަސްމިއްޔާތުގައި ބަލައިގެން ކިޔެވުމުގެ ގޮފިންނާއި ނުބަލައި ކިޔެވުމުގެ ގޮފިން ވަނަވަނަ އަށްދިޔަ ފަރާތްތަކަށް ތައްޓާއި ހަނދާނީ ލިއުމާއި ފައިސާގެ އިނާމު ޙަވާލުކޮށްފައި ވެއެވެ. މި ރަސްމިއްޔާތުގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް ޢަލީ މުޙައްމަދާއި، އަތޮޅު ކައުންސިލްގެ މެންބަރުންނާއި، ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި، އަތޮޅު ކައުންސިލްގެ އިސް ވެރިންނާއި މަގޫދޫގެ ދާއިރާތަކުގެ ވެރިންނާއި ދަރިވަރުންގެ ބެލެނިވެރިން ބައިވެރި ވެފައި ވެއެވެ.

2023 ވަނަ އަހަރުގެ ފ. އަތޮޅު ޤުރުއާން މުބާރާތުން 01 ވަނަ ހޯދާފައިވަނީ ފ. އަތޮޅު މަދަރުސާގެ ދަރިވަރު ޢާއިޝަތު ޔާނާ އަޙްމަދެވެ. 02 ވަނަ ހޯދާފައިވަނީ ފ. އަތޮޅު މަދަރުސާގެ ދަރިވަރު ރުޚާއު ރިފްޢަތު މުޙައްމަދެވެ. 03 ވަނަ ހޯދާފައިވަނީ ފ. ދަރަނބޫދޫ ސްކޫލްގެ ދަރިވަރު މިޝްކާ މޫސާއެވެ. މި މުބާރާތުން 01 ވަނަ ސްކޫލަކަށް ހޮވިފައިވަނީ ފ. އަތޮޅު ތަޢުލީމީ މަރުކަޒެވެ. 02 ވަނަ ސްކޫލަކަށް ހޮވިފައިވަނީ ފ. އަތޮޅު މަދަރުސާއެވެ. 03 ވަނަ ސްކޫލަކަށް ހޮވިފައިވަނީ ބިލެއްދޫ ސްކޫލެވެ.

މި މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން 01 ވަނަ ހޯދާފައިވަނީ ފ. އަތޮޅު މަދަރުސާގެ ދަރިވަރު ޢާއިޝަތު ޔާނާ އަޙްމަދެވެ. 02 ވަނަ ހޯދާފައިވަނީ ފ. ދަރަނބޫދޫ ސްކޫލްގެ ދަރިވަރު މިޝްކާ މޫސާއެވެ. 03 ވަނަ ހޯދާފައިވަނީ ފ. މަގޫދޫ ސްކޫލްގެ ދަރިވަރު ރައިޠަތު ބިންތި މުޙައްމަދު މުޞްތަފާއެވެ. ބަލައިގެން ކިޔެވުމުގެ ގޮފިން 01 ވަނަ ސްކޫލަށް ހޮވިފައިވަނީ ފ. އަތޮޅު ތަޢުލީމީ މަރުކަޒެވެ. 02 ވަނަ ސްކޫލަކަށް ހޮވިފައިވަނީ ފ. ބިލެއްދޫ ސްކޫލެވެ. 03 ވަނަ ސްކޫލަކަށް ހޮވިފައިވަނީ ފ. މަގޫދޫ ސްކޫލެވެ.

މި މުބާރާތުގެ ނުބަލައި ކިޔެވުމުގެ ގޮފިން 01 ވަނަ ހޯދާފައިވަނީ ފ. އަތޮޅު މަދަރުސާގެ ދަރިވަރު ރުޚާއު ރިފްޢަތު މުޙައްމަދެވެ. 02 ވަނަ ހޯދާފައިވަނީ ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު އާމިނަތު މަލްހާ ނަސީމެވެ. 03 ވަނަ ހޯދާފައިވަނީ ފ. ބިލެއްދޫ ސްކޫލްގެ ދަރިވަރު އަޙްމަދު އައިކް ފާރިޝްއެވެ. ނުބަލައި ކިޔެވުމުގެ ގޮފިން 01 ވަނަ ސްކޫލަށް ހޮވިފައިވަނީ ފ. އަތޮޅު ތަޢުލީމީ މަރުކަޒެވެ. 02 ވަނަ ސްކޫލަކަށް ހޮވިފައިވަނީ ފ. އަތޮޅު މަދަރުސާއެވެ. 03 ވަނަ ސްކޫލަކަށް ހޮވިފައިވަނީ ފ. ބިލެއްދޫ ސްކޫލެވެ.

2023 ވަނަ އަހަރުގެ ފ. އަތޮޅު ޤުރުއާން މުބާރާތުގައި ބައިވެރިވެފައިވަނީ ޖުމްލަ 88 ދަރިވަރުންނެވެ. އެއީ 53 އަންހެން ދަރިވަރުންނާއި، 35 ފިރިހެން ދަރިވަރުންނެވެ. ބަލައިގެން ކިޔެވުމުގެ ގޮފީގައި ބައިވެރި ވެފައިވަނީ 51 ދަރިވަރުންނެވެ. ނުބަލައި ކިޔެވުމުގެ ގޮފީގައި ބައިވެރިވެފައިވަނީ 37 ދަރިވަރުންނެވެ. މި މުބަރާތުގެ ފަނޑިޔާރުންގެ ގޮތުގައި މަސައްކަތް ކޮށްފައިވަނީ އައްޝެއިޚް އަޙްމަދު މައުމޫނާއި އައްޝެއިޚް ޙަސަން ތަޢުފީޤުގެ އިތުރުން އަލްޤާރީ ޙުސައިން ޝަފީޤެވެ.

ފ. އަތޮޅު ޤުރުއާން މުބާރާތުން 01 ވަނައަށް ދިޔަ ފ. އަތޮޅު ތަޢުލީމީ މަރުކަޒަށް -/10،000 ރުފިޔާ، 02 ވަނައަށް ދިޔަ ފ. އަތޮޅު މަދަރުސާއަށް -/7،000 ރުފިޔާ އަދި 03 ވަނައަށް ދިޔަ ފ. ބިލެއްދޫ ސްކޫލަށް -/5،000 ރުފިޔާގެ ފައިސާގެ އިނާމު ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ދީފައި ވެއެވެ. އަދި ޤުރުއާން މުބާރާތުގެ ދެ ގޮފީގައި ހިމެނޭ 01 ވަނަ 02 ވަނަ އަދި 03 ވަނައަށް ދިޔަ ދަރިވަރުންނަށާއި، މުޅި މުބާރާތުން 01 ވަނަ 02 ވަނަ އަދި 03 ވަނައަށް ދިޔަ ދަރިވަރުންނަށްވެސް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ހުށަހަޅާފައިވާ ފައިސާގެ އިނާމުވެސް މިރަސްމިއްޔާތުގައި އެ ދަރިވަރުންނާއި ޙަވާލު ކޮށްފައި ވެއެވެ.

ފ. އަތޮޅު ޤުރުއާން މުބާރާތުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން މާލޭގައި ބާއްވާ 36 ވަނަ ޤައުމީ ޤުރުއާން މުބާރާތަށް ހޮވުނު ދަރިވަރުންނަށް ހަނދާނީ ލިއުން މިރަސްމިއްޔާތުގައި ހަވާލުކޮށްފައި ވެއެވެ. ޤައުމީ ޤުރުއާން މުބާރާތަށް ހޮވާފައިވަނީ 22 ދަރިވަރުންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފިން 12 ދަރިވަރުންނާއި، ނުބަލައި ކިޔެވުމުގެ ގޮފިން 10 ދަރިވަރުންނެވެ. އެދަރިވަރުންނަކީ؛

ބަލައިގެން ކިޔެވުމުގެ ގޮފި

01- ކުލްސޫމް ވިސާމް – ފ. ބިލެއްދޫ ސްކޫލް

02- މިއުވާން ބިން ޢުމަރު ޔައުސާން – ފ. މަގޫދޫ ސްކޫލް

03- ޔޫން އަޙްމަދު ޠަލާލް – ފ. އަތޮޅު މަދަރުސާ

04- އާމިނަތު އަނާހް ނިހާދު – ފ. ބިލެއްދޫ ސްކޫލް

05- ޢާއިޝަތު ރައުޝަން ރަމީޒު – ފ. ބިލެއްދޫ ސްކޫލް

06- ހާޖަރު ބިންތި މުޙައްމަދު މުޞްޠަފާ - ފ. މަގޫދޫ ސްކޫލް

07- ތައިޠަތް ބިންތި މުޙައްމަދު މުޞްޠަފާ – ފ. މަގޫދޫ ސްކޫލް

08- ފާޠިމަތު އަމްނާ ޢަބަދުﷲ - ފ. އަތޮޅު ތަޢުލީމީ މަރުކަޒު

09- ޢާއިޝަތު ޔާނާ އަޙްމަދު – ފ. އަތޮޅު މަދަރުސާ

10- މިޝްކާ މޫސާ – ފ. ދަރަނބޫދޫ ސްކޫލް

11- އިމްނާ އިބްރާހީމް – ފ. އަތޮޅު ތަޢުލީމީ މަރުކަޒު

12- މިހުނާ ރަޝީދު – ފ. ބިލެއްދޫ ސްކޫލް

ނުބަލައި ކިޔެވުމުގެ ގޮފި

13- އަޙްމަދު ޝަޔާން ޝާހިދު – ފ. އަތޮޅު ތަޢުލީމީ މަރުކަޒު

14- މުޙައްމަދު ޚާޝިޢު – ފ. އަތޮޅު މަދަރުސާ

15- ރުޚާޢު ރިފްޢަތު މުޙައްމަދު – ފ. އަތޮޅު މަދަރުސާ

16- މަޢާލް މޫސާ – ފ. ދަރަނބޫދޫ ސްކޫލް

17- އަޙްމަދު އައިކް ފާރިޝް – ފ. ބިލެއްދޫ ސްކޫލް

18- އަޙްމަދު ޝަޔާން ބިން މުޙައްމަދު ޝަނޫނު – ފ. އަތޮޅު މަދަރުސާ

19- އާމިނަތު މަލްހާ ނަސީމް – ފ. އަތޮޅު ތަޢުލީމީ މަރުކަޒު

20- ޝަޔާން އަޙްމަދު ރަޝީދު – ފ. އަތޮޅު ތަޢުލީމީ މަރުކަޒު

21- މަޒީނާ ޢަބްދުﷲ އަޙްމަދު – ފ. އަތޮޅު ތަޢުލީމީ މަރުކަޒު

22- މަލާހާ މުޙައްމަދު – ފ. ބިލެއްދޫ ސްކޫލް

މުބާރާތުން 01 ވަނަހޯދި ފ. އަތޮޅު މަދަރުސާގެ ދަރިވަރު ޢާއިޝަތު ޔާނާ އަޙްމަދު
މުބާރާތުން 02 ވަނަހޯދި ފ. އަތޮޅު މަދަރުސާގެ ދަރިވަރު ރުޚާއު ރިފްޢަތު މުޙައްމަދު
މުބާރާތުން 03 ވަނަހޯދި ފ. ދަރަނބޫދޫ ސްކޫލްގެ ދަރިވަރު މިޝްކާ މޫސާ
މުބާރާތުން ސްކޫލްތަކުގެ ބައިން 01 ވަނަހޯދި ފ. އަތޮޅު ތަޢުލީމީ މަރުކަޒު
މުބާރާތުން ސްކޫލްތަކުގެ ބައިން 02 ވަނަހޯދި ފ. އަތޮޅު މަދަރުސާ
މުބާރާތުން ސްކޫލްތަކުގެ ބައިން 03 ވަނަހޯދި ފ. ބިލެއްދޫ ސްކޫލް