ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ބައިނަލް އަޤްވާމީ ފިރިހެނުންގެ ދުވަސް ފާހަގަ ކޮށްފި

21 ނޮވެންބަރު 2023


ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން 2023 ވަނަ އަހަރުގެ ބައިނަލް އަޤްވާމީ ފިރިހެނުންގެ ދުވަސް ފާހަގަ ކޮށްފިއެވެ.

މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގައި 2023 ނޮވެންބަރު 21 ވަނަ ދުވަހު ޙަފްލާއެއް ބާއްވާފައި ވެއެވެ. މި ޙަފްލާގައި ފިރިހެން މުވައްޒަފުންގެ އިތުރުން އަންހެން މުވައްޒަފުންވެސް ބައިވެރިވެފައި ވެއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގައި މިދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޙަފްލާގައި އަންހެން މުވައްޒަފުންގެ ފަރާތުން ފިރިހެން މުވައްޒަފުންނަށް ގިފްޓެއް ދިނުމުގެ އިތުރުން ފިރިހެން މުވައްޒަފުންގެ ޝަރަފްގައި އަންހެން މުވައްޒަފުން ތައްޔާރުކޮށްފައިވާ ކޭކު ފެޅުންވެސް މި ޙަފްލާގައި ކުރިއަށް ގެންގޮސްފައި ވެއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އަންހެން މުވައްޒަފުން އިސް ނަގައިގެން ފާހަގަ ކުރި މިދުވަހުގެ މުނާސަބަތުގައި އަންހެން މުވައްޒަފުންގެ ފަރާތުން ތައްޔާރުކުރި ރޭގަނޑުގެ ކެއުމެއް 2023 ނޮވެންބަރު 21 ވަނަ ދުވަހުގެރޭ 20.30 ގައި ފ. އަތޮޅު ސްޓޭޓްހައުސްގައި އޮތެވެ. މި ކެއުމުގައި ހުރިހާ މުވައްޒަފުންވެސް ބައިވެރިވެފައި ވެއެވެ.

ފިރިހެނުންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ 19 ވަނަ ދުވަހެވެ. މި ދުވަސް 2022 ވަނަ އަހަރުވެސް ފާހަގަ ކޮށްފައި ވެއެވެ.