ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް މޮނިޓަރ ކުރުމުގެ މަސައްކަތް ފަށައިފި

16 އޮކްޓޫބަރު 2023


އަތޮޅު ތަކުގެ ކައުންސިލްތައް މޮނިޓަރ ކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ފަރާތުން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް މޮނިޓަރ ކުރުމުގެ މަސައްކަތް 2023 އޮކްޓޫބަރު 15 ވަނަ ދުވަހު ފަށައިފިއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް މޮނިޓަރ ކުރުމުގެ މަސައްކަތް ފެށުމުގެކުރިން އަތޮޅު ކައުންސިގެ ރައީސާއި، ކައުންސިލްގެ މެންބަރުންނާއި، ކައުންސިލްގެ އިދާރާވެރިން ހިމެނޭގޮތަށް 2023 އޮކްޓޫބަރު 15 ވަނަ ދުވަހުގެ ހެނދުނު 10.00 ގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގައި ބައްދަލުވެއް ބާއްވައި، މޮނިޓަރިންގެ މަސައްކަތްތަކާ ގުޅޭގޮތުން މޮނިޓަރ ކުރުމަށް ދުރުވި ޓީމުގެ ފަރާތުން މަޢުލޫމާތު ދެއްވާފައި ވެއެވެ. މިޓީމުގައި ހިމެނިވަޑައި ގަންނަވަނީ؛

1. އޮޑިޓަރ މުޙައްމަދު އިރުފާމް

2. އޮޑިޓަރ އަޙްމަދު ސައިފުﷲ ޙަސަން

3. އޮޑިޓަރ ރިޒްނާ ޢަބްދުލް ވައްހާބު

4. ފައިނޭންސް އޮފިސަރ މިފްތާހު މަޖީދު

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 58 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކައުންސިލްތަކުގެ މަސައްކަތްތަކާއި ޙަރަކާތްތައް ހިނގަމުންދަނީ ޤާނޫނުއަސާސީއާއި ލާމަރުކަޒީ ޤާނޫނާއި އަދި އެހެނިހެން ޤާނޫނުތަކާއި އެއްގޮތަށްތޯ ބަލައި، އެމަސައްކަތްތަކާއި ޙަރަކާތްތައް ޤައުމީ ފެންވަރުގައި ވިލަރެސްކުރުމަކީ ލޯގަލްފަވަރމަންޓް އޮތޯރިޓީގެ ޒިންމާއެކެވެ.

ލޯކަލްގަވަރމަންޓް އޮތޯރިޓީގެ ފަރާތުން ކުރިއަށްގެންދާ މި މޮނިޓަރިންގައި ބެލުމަށް ހަމަޖެހިފައިވަނީ 2022 ވަނަ އަހަރު އަތޮޅު ކައުންސިލުން ހިންގާފައިވާ މުޢާމަލާތްތަކެވެ. މޮނިޓަރ ކުރުމުގެ މަސައްކަތް ނިމޭނެކަމަށް ލަފާކުރެވެނީ 2023 ޖޫން 19 ވަނަ ދުވަހުއެވެ.