ފ. އަތޮޅު އިންޓަރސްކޫލް ހޭންޑްބޯލް މުބާރާތުގެ ޗެންޕިއަންކަން ފ. އަތޮޅު މަދަރުސާއިން ހޯދައިފި

13 އޮކްޓޫބަރު 2023


ނިލަންދެ އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން މިއަތޮޅުގެ ސްކޫލް މަދަރުސާތަކުގެ މެދުގައި ކުރިއަށް ގެންދާ ފ. އަތޮޅު އިންޓަރސްކޫލް ކުޅިވަރު މުބާރާތުގައި ހިމެނޭ ހޭންޑްބޯލް މުބާރާތުގެ ފުރަތަމަ ޗެންޕިއަންކަން ފ. އަތޮޅު މަދަރުސާއިން ހޯދައިފިއެވެ. ފ. އަތޮޅު މަދަރުސާ ފައިނަލަށް ގޮސްފައިވަނީ ލީގުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އެއްވަނަ ޓީމެއްގެ ގޮތުގައެވެ.

މިއަތޮޅު ބިލެއްދޫ ފުޓްސަލް ދަނޑުގައި 2023 އޮކްޓޫބަރު 08 ވަނަ ދުވަހުގެ ހަވީރު 4.15 ގައި ކުޅުނު ހޭންޑްބޯލް ފައިނަލް މެޗުގައި ބައްދަލުކުރީ ފ. އަތޮޅު މަދަރުސާގެ އަންހެންޓީމާއި، ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އަންހެން ޓީމެވެ. މިމެޗު ފ. އަތޮޅު މަދަރުސާގެ ޓީމު ކާމިޔާބު ކޮށްފައިވަނީ 20 ލަނޑު 04 ލަނޑުންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފ. އަތޮޅު މަދަރުސާގެ ޓީމުގެ ލީމް އަޙްމަދު ލަޠީފެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ލީމް އަޙްމަދު ލަޠީފް ޙާޞިލް ކޮށްފައިވާއިރު، އެންމެގިނަ ގޯލްޖެހި ކުޅުންތެރިޔާގެ ޝަރަފްވެސް ހޯދާފައިވަނީ ލީމް އަޙްމަދު ލަޠީފެވެ. މި މުބާރާތުގައި ލީމް އަޙްމަދު ލަތީފް 36 ގޯލް ޖަހާފައި ވެއެވެ.

ހޭންޑްބޯލް މުބާރާތުގެ ޗެންޕިއަންކަން ހޯދި ފ. އަތޮޅު މަދާރުސާގެ ޓީމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ހުށަހަޅާފައިވާ -/10،000 ރުފިޔާގެ ފައިސާގެ އިނާމާއި، ހަނދާނީ ލިއުމާއި ތައްޓާއި މެޑަލް ޙަވާލުކޮށްދެއްވީ މި މެޗުގެ ޝަރަފްވެރި މެހުމާނު ފ. އަތޮޅު ޕޮލިސް ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޔަޢުޤޫބެވެ. ހޭންޑްބޯލް މުބާރާތުގެ ރަނަރަޕް ޓީމަކަށް ހޮވުނު ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޓީމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ހުށަހަޅާފައިވާ -/7،000 ރުފިޔާގެ ފައިސާގެ އިނާމާއި، ހަނދާނީ ލިއުމާއި ތައްޓާއި މެޑަލް ޙަވާލުކޮށްދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް ޢަލީ މުޙައްމަދެވެ.

ހޭންޑްބޯލް މުބާރާތުގެ ފެއަރޕްލޭ ޓީމަކަށް ހޮވިފައިވަނީ ބިލެއްދޫ ސްކޫލްގެ އަންހެން ޓީމެވެ. ފެއަރޕްލޭ ޓީމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ދޭ ތައްޓާއި ހަނދާނީ ލިއުން ހަވާލު ކޮށްދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް ޢަލީ މުޙައްމަދެވެ.

ހޭންޑްބޯލް މުބާރާތުގެ އެންމެމޮޅު 07 ކުޅުންތެރިންނަށާއި އެންމެ މޮޅު ކޯޗަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ދޭ ތައްޓާއި ހަނދާނީ ލިއުން ހަވާލު ކޮށްދެއްވީ ދަރަނބޫދޫ ސްކޫލްގެ ޕްރިންސިޕަލް ޙަސަން އާދަމެވެ.

ހޭންޑްބޯލް މުބާރާތުގެ އެންމެމޮޅު ކުޅުންތެރިން

01- ލީމް އަޙްމަދު ލަޠީފް ފ. އަތޮޅު މަދަރުސާ

02- މިޝްކާ މޫސާ ފ. ދަރަނބޫދޫ ސްކޫލް

03- އީމާން ޢަލީ ފ. އަތޮޅު މަދަރުސާ

04- ޝައިނީ އިސްމާޢީލް ޝަރީފް ފ. މަގޫދޫ ސްކޫލް

05- އާމިނަތު ދީނާ ޖާވިދު ފ. ބިލެއްދޫ ސްކޫލް

06- އަރީބާ ޙަސަން ފ. އަތޮޅު ތަޢުލީމީ މަރުކަޒު

07- ފާޠިމަތު ނީޝާން ސަޢީދު ފ. މަގޫދޫ ސްކޫލް

ހޭންޑްބޯލް ޗެންޕިއަންޓީމު: ފ. އަތޮޅު މަދަރުސާ
ހޭންޑްބޯލް ރަނަރަޕްޓީމު: ފ. އަތޮޅު ތަޢުލީމީ މަރުކަޒު
ހޭންޑްބޯލް އެންމެމޮޅު 07 ކުޅުންތެރިން
ހޭންޑްބޯލް ފެއަރޕްލޭޓީމު: ފ. ބިލެއްދޫ ސްކޫލް
އެންމެމޮޅު ކުޅުންތެރިޔާ: ލީމް އަޙްމަދު ލަޠީފް ފ. އަތޮޅު މަދަރުސާ
އެންމެމޮޅު ކޯޗު: މުޙައްމަދު ފަޒީން ފ. އަތޮޅު މަދަރުސާ