ފ.އަތޮޅު ކައުންސިލްގެ ވޮލީމުބާރާތުގެ ފައިނަލުގައި ވާދަކުރާ ޓީމްތައް ކަށަވަރުވެއްޖެ

15 އޮގަސްޓް 2023



ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން އިންތިޒާމް ކޮށްގެން މިއަތޮޅު ނިލަންދޫގައި މިހާރު ކުރިއަށްދާ ވޮލީ މުބާރާތުގައި ފައިނަލުގައި ވާދަކުރާ ފިރިހެން ޑިވިޜަނާއި އަންހެން ޓިވިޜަނުގެ ޓީމްތައް ކަށަވަރު ވެއްޖެއެވެ.

ފިރިހެން ޑިވިޜަންގެ ފައިނަލްގައި ވާދަކުރާނީ ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ ޓީމާއި، ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ ޓީމެވެ. އަންހެން ޓިވިޜަންގެ ފައިނަލްގައި ވާދަކުރާނީ ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ ޓީމާއި، ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ ޓީމެވެ.

ނިލަންދޫ ކައުންސިލްގެ ފިރިހެން ޑިވިޜަންގެ ޓީމު ފައިނަލްގެ ޖާގަ ކަށަވަރު ކޮށްފައިވަނީ 2023 އޮގަސްޓް 11 ވަނަ ދުވަހު މަގޫދޫ ކައުންސިލްގެ ޓީމާއި ވާދަކޮށްގެން 03 ސެޓް 01 ސެޓުން މެޗު ކާމިޔާބުކޮށްގެން 03 ޕޮއިންޓް ހޯދައި، 2023 އޮގަސްޓް 12 ވަނަ ދުވަހު ފީއަލީ ކައުންސިލްގެޓީމާއި ވާދަކޮށްގެން 03 ސެޓް 01 ސެޓުން މެޗު ކާބިޔާބުކޮށްގެން 03 ޕޮއިންޓް ހޯދައި، 2023 އޮގަސްޓް 14 ވަނަ ދުވަހު ދަރަނބޫދޫ ކައުންސިލްގެ ޓީމާއި ވާދަކޮށްގެން ސީދާ 03 ސެޓުން މެޗް ކާމިޔާބު ކޮށްގެން 03 ޕޮއިންޓް ހޯދައި މި މުބާރާތުގައި ކުޅުނު 03 މެޗުން މޮޅުވެގެން ޖުމްލަ 09 ޕޮއިންޓް ހޯދައިގެންނެވެ.

ފީއަލީ ކައުންސިލްގެ ފިރިހެން ޑިވިޜަންގެ ޓީމު ފައިނަލްގެ ޖާގަ ކަށަވަރު ކޮށްފައިވަނީ 2023 އޮގަސްޓް 10 ވަނަ ދުވަހު ދަރަނބޫދޫ ކައުންސިލްގެ ޓީމާއި ވާދަކޮށްގެން ސީދާ 03 ސެޓުން މެޗު ކާމިޔާބުކޮށްގެން 03 ޕޮއިންޓް ހޯދައި، 2023 އޮގަސްޓް 12 ވަނަ ދުވަހު ނިލަންދޫ ކައުންސިލްގެ ޓީމާއި ވާދަކޮށްގެން ކުޅުނު 03 ސެޓުން 01 ސެޓް ހޯދައިގެން ޕޮއިންޓެއް ނުލިބި، 2023 އޮގަސްޓް 15 ވަނަ ދުވަހު މަގޫދޫ ކައުންސިލްގެ ޓީމާއި ވާދަކޮށްގެން 03 ސެޓު 01 ސެޓުން މެޗް ކާމިޔާބުކޮށްގެން 03 ޕޮއިންޓް ހޯދައި މި މުބާރާތުގައި ކުޅުނު 03 މެޗުން ޖުމްލަ 06 ޕޮއިންޓް ހޯދައިގެންނެވެ.

ފީއަލީ ކައުންސިލްގެ އަންހެން ޑިވިޜަންގެ ޓީމު ފައިނަލްގެ ޖާގަ ކަށަވަރު ކޮށްފައިވަނީ 2023 އޮގަސްޓް 10 ވަނަ ދުވަހު ދަރަނބޫދޫ ކައުންސިލްގެ ޓީމާއި ވާދަކޮށްގެން 03 ސެޓް 01 ސެޓުން މެޗު ކާމިޔާބުކޮށްގެން 03 ޕޮއިންޓް ހޯދައި، 2023 އޮގަސްޓް 12 ވަނަ ދުވަހު މަގޫދޫ ކައުންސިލްގެޓީމާއި ވާދަކޮށްގެން ސީދާ 03 ސެޓުން މެޗު ކާބިޔާބުކޮށްގެން 03 ޕޮއިންޓް ހޯދައި، 2023 އޮގަސްޓް 15 ވަނަ ދުވަހު ނިލަންދޫ ކައުންސިލްގެ ޓީމާއި ވާދަކޮށްގެން ސީދާ 03 ސެޓުން މެޗް ކާމިޔާބު ކޮށްގެން 03 ޕޮއިންޓް ހޯދައި މި މުބަރާތުގައި ކުޅުނު 03 މެޗުން ޖުމްލަ 09 ޕޮއިންޓް ހޯދައިގެންނެވެ.

މަގޫދޫ ކައުންސިލްގެ އަންހެން ޑިވިޜަންގެ ޓީމު ފައިނަލްގެ ޖާގަ ކަށަވަރު ކޮށްފައިވަނީ 2023 އޮގަސްޓް 11 ވަނަ ދުވަހު ނިލަންދޫ ކައުންސިލްގެ ޓީމާއި ވާދަކޮށްގެން ސީދާ 03 ސެޓުން މެޗު ކާމިޔާބުކޮށްގެން 03 ޕޮއިންޓް ހޯދައި، 2023 އޮގަސްޓް 12 ވަނަ ދުވަހު ފީއަލީ ކައުންސިލްގެޓީމާއި ވާދަކޮށްގެން ޕޮއިންޓެއް ނުލިބި، 2023 އޮގަސްޓް 14 ވަނަ ދުވަހު ދަރަނބޫދޫ ކައުންސިލްގެ ޓީމާއި ވާދަކޮށްގެން ސީދާ 03 ސެޓުން މެޗް ކާމިޔާބު ކޮށްގެން 03 ޕޮއިންޓް ހޯދައި މި މުބާރާތުގައި ކުޅުނު 03 މެޗުން ޖުމްލަ 06 ޕޮއިންޓް ހޯދައިގެންނެވެ.

ފައިނަލަށްދިޔަ ޓީމުތަކުގެ ކުޅުން އޮންނާނީ 2023 އޮގަސްޓް 16 ވާ ބުދަ ދުވަހުގެ ހަވީރު އަދި ރޭގަނޑުގައި ނިލަންދޫ ވޮލީކޯޓުގައެވެ. ހަވީރު ކުޅުމަށް ހަމަޖެހިފައިވަނީ ފިރިހެން ޑިވިޜަންގެ ދެޓީމު ކަމަށްވާ ފީއަލީ ކައުންސިލްގެ ޓީމާއި، ނިލަންދޫ ކައުންސިލްގެ ޓީމެވެ. ރޭގަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ އަންހެން ޑިވިޜަންގެ ދެޓީމު ކަމަށްވާ ފީއަލީ ކައުންސިލްގެ ޓީމާއި، މަގޫދޫ ކައުންސިލްގެ ޓީމެވެ.

މި މުބާރާތުގެ ކޮންމެ ޑިވިޜަނެއްގެ ޗެންޕިއަންޓީމަށް -/20،000 ރުފިޔާ، ކޮންމެ ޑިވިޜަނެއްގެ ރަނަރަޕް ޓީމަށް -/10،000 ރުފިޔާގެ ފައިސާގެ އިނާމު ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ހުށަހަޅާފައި ވެއެވެ.