ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ 03 މަޤާމަކަށް މުވައްޒަފުން ހަމަޖައްސައިފި

21 ޖުލައި 2023



ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ 03 މަޤާމަކަށް މުވައްޒަފުން ހަމަޖައްސައިފިއެވެ.

އެސިސްޓެންޓް ކައުންސިލް އޮފިސަރގެ މަޤާމަށް 2023 ޖޫން 20 ވަނަ ދުވަހު ހަމަޖައްސާފައިވަނީ ފ.ނިލަންދޫ ރާސްތާ ޢާއިޝަތު ޢިބާދާއެވެ. މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން ހަމަޖައްސާފައިވާ މަޤާމެކެވެ. އޮފީހަށް ނުކުންނަވާފައިވަނީ 2023 ޖޫން 21 ވަނަ ދުވަހުއެވެ.

ކައުންސިލް އޮފިސަރގެ މަޤާމަށް 2023 ޖުލައި 10 ވަނަ ދުވަހު ހަމަޖައްސާފައިވަނީ ފ.ނިލަންދޫ ދަނބުރުއްދޮށުގޭ ހުމައިދު އިބްރާހީމެވެ. މިއީ ދާއިމީ މަޤާމެކެވެ. އޮފީހަށް ނުކުންނަވާފައިވަނީ 2023 ޖުލައި 10 ވަނަ ދުވަހުއެވެ. ހުމައިދު އިބްރާހީމް މީގެކުރިން ހުންނެވީ މިނިސްޓްރީ އޮފް ހެލްތުގެ ހިއުމަންރިސޯސް އޮފިސަރގެ މަޤާމުގައެވެ.

ކައުންސިލް އެސިސްޓެންޓްގެ މަޤާމަށް 2023 ޖުލައި 19 ވަނަ ދުވަހު ހަމަޖައްސާފައިވަނީ ފ.ނިލަންދޫ ފަލްސަފާ އާމިނަތު ރަޙުމާ އެވެ. މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން ހަމަޖައްސާފައިވާ މަޤާމެކެވެ. އޮފީހަށް ނުކުންނަވާފައިވަނީ 2023 ޖުލައި 20 ވަނަ ދުވަހުއެވެ.

މި މުވައްޒަފުން އޮފީހުގެ މަސައްކަތަށް ނުކުތް ދުވަހު މުވައްޒަފުންނަށް މަރުޙަބާ ކިއުމުގެ ޙަފްލާގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް ޢަލީ މުޙައްމަދާއި ވެރިންނާއި މުވައްޒަފުން ބައިވެރިވެފައި ވެއެވެ.

މުވައްޒަފުންނަށް މަރުޙަބާ ކިއުމުގެ ޙަފްލާގައި ރައީސް ޢަލީ މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި، އޮފީހުގެ މަސައްކަތަށް އަލަށްގުޅުނު މުވައްޒަފުންނާއި ޙަވާލުކުރެވޭ މަސައްކަތްތައް އޮފީހަށް އެންމެފައިދާ ހުރި ގޮތަކަށް ކުރުމަށާއި، ވަޒީފާ އަދާކުރުމުގައި މުވައްޒަފުންގެ ފަރާތުން ރަގަނޅު ޚިދުމަތްތަކެއް ލިބިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.