ރަށުކައުންސިލްތަކުގެ މުވައްޒަފުން ތާޒާކުރުމުގެ ތަމްރީނު ޕްރޮގްރާމްތަކެއް ހިންގައިފި

07 ޖުލައި 2023


ނިލަންދެއަތޮޅު އުތުރުބުރީގެ ރަށުކައުންސިލް ތަކުގެ މުވައްޒަފުން ތަމްރީނު ކުރުމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަމްރީނު ޕްރޮގްރާމް ތަކުގެ ތެރެއިން އިދާރީ މަސައްކަތްތަކާގުޅޭ 03 ޕްރޮގްރާމެއް ހިންގައިފިއެވެ.

ރަށުކައުންސިލް ތަކުގެ މުވައްޒަފުން ތާޒާކުރުމަށް 2023 ޖޫން 04 އިން 2023 ޖުލައި 06 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމް ތަކުގެ ތެރޭގައި ހިމެނެނީ ވިޔަމޮޑިއުލް، ދައުލަތުގެ ޕްރޮކިއުމެންޓް ނިޒާމް އަދި ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދުގެ ތަމްރީނެވެ.

ކޮންމެ ކައުންސިލެއް ވަކިން ކުރިއަށް ގެންދިޔަ މި ތަމްރީނު ތަކުގައި 40 މުވައްޒަފުން ބައިވެރިވެ ތަމްރީނު ފުރިހަމަ ކޮށްފައި ވެއެވެ.