ފ.އަތޮޅު ކައުންސިލްގެ ވޮލީމުބާރާތް 2023 ގައި ބައިވެރިވުގެ ފުރުޞަތު ހުޅުވާލައިފި

20 ޖޫން 2023


ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން އިންތިޒާމްކޮށްގެން ނިލަންދެއަތޮޅު އުތުރުބުރީގެ ދެޖިންސްގެ ޒުވާނުންނަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ފ.އަތޮޅު ކައުންސިލްގެ ވޮލީމުބަރާތް 2023 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ނިލަންދެއަތޮޅު އުތުރުބުރީގެ ކޮންމެ ރަށުކައުންސިލަކުން އަންހެންޓީމަކާއި، ފިރިހެންޓީމެއް ބައިވެރިކުރާގޮތަށް ހުޅުވާލި މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 2023 ޖުލައި 10 ގެ ނިޔަލަށެވެ. މުބާރާތުގައި ބައިވެރިވާ ކައުންސިލްތަކުން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލަށް ޓީމުލިސްޓް ހުށަހެޅުމުގެ ސުންގަޑިއަކީ 2023 ޖުލައި 31 ވަނަ ދުވަހުގެ 14.00 އެވެ. ޓީމު ލިސްޓަށް ބަދަލު ގެނައުމުގެ އެންމެފަހުގެ ތާރީޚަކީ 2023 އޮގަސްޓް 05 ވަނަ ދުވަހުގެ 13.00 އެވެ.

2023 އޮގަސްޓް 10 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި އަންހެން، ފިރިހެން ޗެންޕިއަންޓީމަށް -/20000 ރުފިޔާ، ރަނަރަޕް ޓީމަށް -/10000 ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައެވެ.

މުބާރާތް ބާއްވާ ރަށެއް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ޕްރޮޕޯސަލް ހުށަހަޅައިގެން އެންމެ މަތިން މާކްސްލިބޭ ރަށެއްގައެވެ. ޕްރޮޕޯސަލް އަތޮޅުކައުންސިލަށް ހުށަހަޅަންޖެހޭ އެންމެފަހުގެ ތާރިޚަކީ 2023 ޖުލައި 06 ވަނަދުވަހުގެ ނިޔަލަށެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން މީގެ ކުރިންވެސް އަތޮޅު ފެންވަރުގައި ފުޓުބޯޅަ، ވޮލީ، ބަށިމުބާރާތް ބާއްވާފައި ވެއެވެ.