ކީރިތި ޤުރުއާން ކިޔެވުމުގެ 35 ވަނަ ޤައުމީ މުބާރާތުން ވަނަހޯދި ދަރިވަރަށް މަރުޙަބާ ކިޔައިފި

21 މާރިޗު 2023



ކީރިތި ޤުރުއާނާބެހޭ މަރުކަޒުން އިންތިޒާމުކޮށްގެން 2022 ވަނައަހަރު ބޭއްވި ކީރިތި ޤުރުއާން ކިޔެވުމުގެ 35 ވަނަ ޤައުމީ މުބާރާތުގައި ކީސްޓޭޖު 05 ން ބަލައިގެން ކިޔެވުމުގެ ގޮފިން 03 ވަނަހޯދި ދަރިވަރަށް މަރުޙަބާ ކިޔައިފިއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ނަމުގައި ދެގޮފިން ޖުމްލަ 22 ދަރިވަރުން ބައިވެރިވި މި މުބާރާތުގައި ވަނަ ހޯދާފައިވަނީ ހަމައެކަނި ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ މަލާޒު މުޞްލިޙް މޫސާއެވެ. މިމުބާރާތުގައި ބައިވެރި ކޮށްފައިވަނީ މިއަތޮޅު ސްކޫލް / މަދަރުސާތަކުން މުބާރާތަށް ހޮވުނު ދަރިވަރުންނެވެ.

މި މުބާރާތުން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލަށް ލިބުނު ކަމިޔާބީ ފާހަގަ ކުރުމާއި މުސްލިޙް މޫސާ އަށް މަރުޙަބާ ކިއުމުގެ ގޮތުން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގައި 21 މާރިޗު 2023 ގައި ޙަފްލާއެއް ބާއްވާފައި ވެއެވެ. މި ޙަފްލާގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ވެރިންނާއި މުވައްޒަފުންގެ އިތުރުން މުޞްލިޙް މޫސާއާއި އޭނާގެ މައިން ބަފައިން ބައިވެރިވެފައި ވެއެވެ.

މުސްލިޙް މޫސާ ހޯދި ކާމިޔާބީއާއި ގުޅިގެން އަތޮޅުކައުންސިލުން ދޭ ޓްރޮފީއާއި، ފައިސާގެ އިނާމުގެ ގޮތުގައި -/1500 ރުފިޔާ މުސްލިޙް މޫސާއާއި ޙަވާލު ކޮށްފައި ވެއެވެ.