ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިފެކްޓުން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލަށް ޒިޔާރާތް ކޮށްފި

15 މާރިޗު 2023



" ސްމައިލް އޮން ކެމްޕެއިން " ގެ ދަށުން ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިފެކްޓުގެ ދަރިވަރުން ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫގެ މުވައްސަސާތަކަށް ޒިޔާރަތްކޮށް އެތަންތަނުން ކުރަމުންދާ މަސައްކަތްތަތަކުގެ މަޢުލޫމާތު ހޯދުމަށް މުވައްސަސާތަކަށް ކުރަމުންދާ ޒިޔާރަތުގެ ތެރެއިން 2023 މާރިޗް 14 ވަނަ ދުވަހު ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލަށް ޒިޔާރަތްކޮށްފިއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ކުރަމުން ގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު ހޯދުމަށް ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިފެކްޓްގެ ދަރިވަރުން ކުރި މިޒިޔާރަތުގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ މަސައްކަތްތައް ބެހިފައިވާ ގޮތާއި ސެކްޝަންތަކުންނާއި ޔުނިޓްތަކުން ކުރަމުން ގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު ދެވިފައި ވެއެވެ.