ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކޮށްފި

14 މާރިޗު 2023



ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން މިއަހަރުގެ ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކޮށްފިއެވެ. މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން 13 މާރިޗު 2023 ދުވަހު ބޭއްވި ޙަފްލާއޮތީ ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ތުނޑިމަތީގައެވެ. މި ޙަފްލާގައި އަންހެން މުވައްޒަފުންގެ އިތުރުން ހުރިހާ ފިރިހެން މުވައްޒަފުންވެސް ބައިވެރިވެފައި ވެއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ އަންހެން މުވައްޒަފުންނަށް ޚާއްޞަ ކޮށްގެން ފާހަގަކުރި ކައުންސިލް އިދާރާގެ ފިރިހެން މުވައްޒަފުންގެ ފަރާތުން އަންހެން މުވައްޒަފުންނަށް ގިފްޓެއް ދިނުން އޮތެވެ. މިގިފްޓް އަންހެން މުވައްޒަފުންނާއި ޙަވާލުކޮށްދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ނައިބްރައީސާ ޢަޒުމީރާ އިބްރާހީމެވެ.

ބައިނަލްއަޤަވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ މި ޙަރަކާތުގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ އަންހެން މުވައްޒަފުންގެ މެދުގައި ތަފާތު ކުޅިވަރުތައް ބާއްވާފައި ވެއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ އަންހެން މުވައްޒަފުންގެ ޝަރަފްގައި ފިރިހެން މުވައްޒަފުންގެ ފަރާތުން ތައްޔާރުކުރި ހަވީރުގެ ސައިފޮދެއް އޮތެވެ. މި ސައިފޮދުގައި އަންހެން މުވައްޒަފުންގެ އިތުރުން ފިރިހެން މުވައްޒަފުންވެސް ބައިވެރިވެފައި ވެއެވެ.