ނިލަންދެއަތޮޅު އުތުރުބުރީގައި "ހަފްތާރެސް" ޕްރޮގްރާމް ބާއްވައިފި

14 މާރިޗު 2023



މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ކުރިއަށް ގެންދާ "ހަފްތާރެސް" ޕްރޮގްރާމް 2023 މާރިޗު 07 އިން 12 އަށް ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫގައި ބާއްވައިފިއެވެ.

މި ޕްރޮގްރާމްގެ މަޤްޞަދަކީ މުޖްތަމަޢުގައި ހުންނަ އެކިއެކި މައްސަލަތަކާގުޅޭ ދާއިރާތަކުން ޢާންމުންނާއި ޒުވާނުންގެ ހޭލުންތެރިކަން އިތުރުކުރުމާއި ޒުވާނުން ވަޒީފާގެ ބާޒާރަށް ނެރުމަށް މަސައްކަތް ކުރުމެވެ.

08 މާރިޗު 2023 ދުވަހު ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ޓީއާރުސީ ހޯލްގައިފެށި މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ޕްރޮގްރާމް ފައްޓަވައި ދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް ޢަލީ މުޙައްމަދެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި، ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބައިވެރިވެގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި މިއަތޮޅުގައި ހުރި ސަރުކާރުގެ އިދާރާތަކުގެ ވެރިންނަށް އަމާޒުކޮށްގެން "ލީޑަރުންނާއެކު" މިނަމުގައި ބައްދަލުވުމެއް ބޭއްވުމާއި، ތަރުބިއްޔަތު ކުރުމާގުޅޭގޮތުން މިއަތޮޅުގެ ހުރިހާ ސްކޫލް ތަކުގެ ދަރިވަރުންގެ ބެލެނިވެރިންނަށް މަޢުލޫމާތު ދިނުމާއި، "އަމާން ވިލުންތެރި މުޖްތަމަޢުއެއް ބިނާކުރުމަށް" މިނަމުގައި މިއަތޮޅުގެ ރަށްރަށުގެ ޒުވާނުންނަށާއި، ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް އަމާޒުކޮށްގެން ބައްދަލުވުންތައް ބޭއްވުމުގެ އިތުރުން މިއަތޮޅު ނިލަންދޫގައި ޢާއިލީ ހަވީރެއް ބައްވާފައި ވެއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫގައި ބޭއްވި މި "ހަފްތާރެސް" ޕްރޮގްރާމަކީ ވަރަށްބޮޑު ތަރުޙީބެއް ލިގެންދިޔަ ޕްރޮގްރާމެކެވެ.