ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އެކައުންޓްސް އޮފިސަރގެ މަޤާމަށް ބޭފުޅަކު ހަމަޖައްސައިފި

02 މާރިޗު 2023



ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އެކައުންޓްސް އޮފިސަރގެ މަޤާމަށް ފ.ނިލަންދޫ ޖަވާހިރުމާގޭ ޢަލީ އަޙްމަދު 01 މާރިޗު 2023 ގައި ހަމަޖައްސައިފިއެވެ. ޢަލީ އަޙްމަދު މީގެކުރިން ހުންނެވީ ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ ފައިނޭންސް އޮފިސަރގެ މަޤާމުގައެވެ.

އެކައުންޓްސް އޮފިސަރގެ މަޤާމަށް ހަމަޖެއްސެވި ޢަލީ އަޙްމަދަށް މަރުޙަބާ ދެންނެވުންއޮތީ 01 މާރިޗު 2023 ގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާގައެވެ. މިޙަފްލާގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް ޢަލީ މުޙައްމަދާއި، ކައުންސިލްއިދާރާގެ ވެރިންނާއި މުވައްޒަފުން ބައިވެރި ވިއެވެ.

މިޙަފްލާގައި ރައީސް ޢަލީ މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި އެކައުންޓްސް އޮފިސަރގެ މަޤާމަށް ހަމަޖެއްސެވި ޢަލީ އަޙްމަދަކީ ނިލަންދޫ ކައުންސިލްގެ ފައިނޭންސް އޮފިސަރގެ މަޤާމުގައިވެސް މަސައްކަތް ކުރައްވައި ފައިނޭންސް ދާއިރާއިން މަތީ ތަޢުލީމު ޙާޞިލް ކުރައްވާފައި ހުންނެވި މުވައްޒަފެއް ކަމަށާއި، ޢަލީ އަޙްމަދަށް ލިބިފައިވާ ތަޢުލީމާއި ތަޖުރިބާގެ އަލީގައި ޢަލީ އަޙްމަދުގެ ފަރާތުން މިއިދާރާއަށް ރަގަނޅު ޚިދުމަތްތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.