2021 ވަނައަހަރުގެ ޕާފޯމް އިންޑެކްސްއިން 02 ވަނަ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ހޯދައިފި

13 ފެބްރުވަރީ 2023



2021 ވަނައަހަރުގެ ޕާފޯމް އިންޑެކްސް އިން އަތޮޅުކައުންސިލް ތަކުގެ ބައިން 02 ވަނަ އަދި ޕާޓިސިޕޭޝަން އިންޑެކްސް އިން 01 ވަނަ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ހޯދައިފިއެވެ. މިކަން އިޢުލާން ކޮށްފައިވަނީ ލޯކަލް ކައުންސިލްތަކުގެ 2021 ވަނައަހަރުގެ ނަތީޖާ އިޢުލާނު ކުރުމަށް 13 ފެބްރުވަރީ 2013 ދުވަހު ލޯކަލް ގަވަރުމަންޓް އޮތޯރިޓީން ބޭއްވި ބައްދަލު ވުމުގައެވެ.

ކޮންމެ އަހަރަކުވެސް އަތޮޅުކައުންސިލް ތަކާއި ރަށުކައުންސިލްތައް ދަރަޖަކޮށް ވަނަވަނައަށް އަންނަ ފަރާތްތަކަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ދެމުން ގެންދާ "ކަންގަތި އެވޯޑް" ގެ ތެރެއިން 2021 ވަނައަހަރު "ގަދަހަމާންތި ދަރަޖަ" އެވޯޑާއި "މާރާދަ" ހަނދާނީ ފިލައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލަށް ލިބިފައިވެއެވެ.

މިއަތޮޅުކައުންސިލް ތަކުން 2021 ވަނައަހަރުގެ ޕާފޯމަންސް އިންޑެކްސްއިން 01 ވަނަ ކައުންސިލަކަށް ހޮވިފައިވަނީ ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލެވެ. މިއީ ޕާފޯމަންސް އިންޑެކްސްއިން މިފަދަ ވަނައެއް ދަރަނބޫދޫ ކައުންސިލަށް ލިބުނު ފުރަތަމަ ފަހަރެވެ.