ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން 2023 ވަނައަހަށް ލަފާކުރި ބަޖެޓް ފާސްކޮށްފި

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން 2023 ވަނަ އަހަރަށް ލަފާކުރި ބަޖެޓް އަތޮޅު ކައުންސިލްގެ 2023 ވަނައަހަރުގެ ފުރަތަމަ ޢާންމު ޖަލްސާއިން 10 ޖަނަވަރީ 2023 ގައި ފާސްކޮށްފިއެވެ. މި ބަޖެޓަކީ އާމްދަނީއާއި ޚަރަދު އެއްވަރުވާ ތިލަފަތް ހަމަ ބަޖެޓެކެވެ.
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން 2023 ވަނަ އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓްގެ ޖުމްލައަކީ -/28،572،592 ރުފިޔާއެވެ. ޚަރަދުވާނެކަމަށް ލަފާކުރި ޚަރަދުގެ ޖުމްލައަކީވެސް -/28،572،592 ރުފިޔާއެވެ.
2023 ވަނައަހަރަށް ފާސްކުރި ބަޖެޓުގެ ތެރެއިން ކުރަން ކަނޑައަޅާފައިވާ މުހިންމު ކަންތައް ތަކުގެ ތެރޭގައި އަތޮޅުފެންވަރުގައި ޤުރުއާން މުބާރާތެއް ބޭއްވުމާއި، އަތޮޅުގެ ސްކޫލްތަކަށް އަމާޒުކޮށްގެން އަދަބީ މުބާރާތަކާއި ފުޓްބޯޅަ މުބާރާތަކާއި، ހޭންޑްބޯލް މުބާރާތެއް ބޭއްވުމާއި އަތޮޅުގެ ޒުވާނުންނަށް އަމާޒުކޮގެން އަތޮޅު ފެންވަރުގައި ވޮލީ މުބާރާތެއް ބޭއްވުމާއި، ރަށުކައުންސިލް އިދާރާ ތަކުގެ މުވައްޒަފުންގެ ފަންނީ ޤާބިލްކަން އިތުރުކުރުމަށް އެކި ދާއިރާތަކުން ތަމްރީނު ޕްރޮގްރާމްތައް ހިންގުން ހިމެނެއެވެ.
2023 ވަނައަހަރު ލިބޭނެކަމަށް ލަފާކުރި އާމްދަނީ
1 | ދައުލަތުން ދޭ ބްލޮކް ގްރާންޓް | ދައުލަތުން ދޭ އެހީގެ ފައިސާ | 7,387,012.00 |
2 | "މާވަރު" ޓުރަސްޓް ފަންޑް | ޓުރަސްޓް ފަންޑުގެ ޙަރަކާތްތަކުން ލިބޭފައިސާ | 5,537,299.00 |
3 | ފ.އަތޮޅުސްޓޯރަށް ލިބޭ އާމްދަނީ | މުދާ ވިއްކައިގެން ލިބޭފައިސާ | 15,648,281.00 |
ޖުމްލަ | 28,572,592.00 |
2023 ވަނައަހަރު ޚަރަދުވާނެކަމަށް ލަފާކުރި ޚަރަދު
1 | ދައުލަތުން ދޭ ބްލޮކް ގްރާންޓް | މުވައްޒަފުންނަށް މުސާރަ ދިނުމާއި އިދާރީ ހިންގުމަށް | 7,387,012.00 |
2 | "މާވަރު" ޓުރަސްޓް ފަންޑް | ޓުރަސްޓް ފަންޑުގެ ޙަރަކާތްތައް ހިންގުމަށް | 5,537,299.00 |
3 | ފ.އަތޮޅުސްޓޯރަށް ލިބޭ އާމްދަނީ | މުވައްޒަފުންނަށް މުސާރަ ދިނުމާއި ސްޓޯރ ހިންގުމަށް | 15,648,281.00 |
ޖުމްލަ | 28,572,592.00 |