މިއަތޮޅުގެ ރަށުކައުންސިލް އިދާރާތައް މޮނިޓަރ ކުރުމުގެ މަސައްކަތް ނިންމައިފި

23 މޭ 2022


މިއަތޮޅުގެ ރަށުކައުންސިލް އިދާރާތައް މޮނިޓަރ ކުރުމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން މިއަހަރު މޮނިޓަރ ކުރަންޖެހޭ މިއަތޮޅުގެ ހުރިހާ ރަށުކައުންސިލްތައް މޮނިޓަރ ކުރުމުގެ މަސައްކަތް ނިންމައިފިއެވެ. ރަށުކައުންސިލް އިދާރާތައް މޮނިޓަރކުރުމުގެ މަސައްކަތްފެށިފަހުން މިއީ އެންމެ އަވަހަށް މޮނިޓަރ ކުރުމުގެ މަސައްކަތް ނިމުނު އަހަރެވެ.

ރަށުކައުންސިލްތައް މޮނިޓަރ ކުރުމުގެ ބޭނުމަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެމަތިން ރަށުކައުންސިލް ތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު ތަކާއި ޒިންމާތައް އަދާކުރަމުން ގެންދާގޮތާއި މިޤާނޫނުގެ ދަށުން ކައުންސިލުން ތައްޔާރުކޮށް ހުށަހަޅަންޖެހޭ ރިޕޯޓްތަކާއި ލިއުންތައް ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހަޅާފައިވޭތޯ ބެލުމާއި ކައުންސިލްގެ މުދަލާއި ފައިސާގެ ކަންކަންތައްތަކާއި އިދާރީ ކަންތައްތައް ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތަށް ގެންދޭތޯ ބަލައި، އަތޮޅުކައުންސިލުން އެހީތެރިވެދޭންޖެހޭ ކަންކަމުގައި އެހީތެރިކަން ފޯރުކޮށް ދިނުމެވެ.

މިއަހަރު މޮނީޓަރކުރި ފުރަތަމަ ކައުންސިލަކީ ފީއަލީ ކައުންސިލެވެ. ފީއަލީ ކައުންސިލް މޮނިޓަރކުރުމުގެ މަސައްކަތްކުރީ 2022 ޖަނަވަރީ 24 އިން 30 އަށެވެ. މޮނިޓަރކުރި ދެވަނަ ކައުންސިލަކީ މިއަތޮޅު ދަރަނބޫދޫ ކައުންސިލެވެ. ދަރަނބޫދޫ ކައުންސިލް މޮނިޓަރކުރުމުގެ މަސައްކަތްކުރީ 2022 ފެބްރުވަރީ 09 އިން 11 އަށެވެ. މޮނިޓަރކުރި ތިންވަނަ ކައުންސިލަކީ މިއަތޮޅު ބިލެއްދޫ ކައުންސިލެވެ. ބިލެއްދޫ ކައުންސިލް މޮނިޓަރކުރުމުގެ މަސައްކަތްކުރީ 2022 ފެބްރުވަރީ 17 އިން 19 އަށެވެ. މޮނިޓަރކުރި ހަތަރުވަނަ ކައުންސިލަކީ މިއަތޮޅު މަގޫދޫ ކައުންސިލެވެ. މަގޫދޫ ކައުންސިލް މޮނިޓަރކުރުމުގެ މަސައްކަތްކުރީ 2022 ޖަނަވަރީ 24 އިން 30 އަށެވެ. އެންމެފަހުން މޮނިޓަރކުރި ކައުންސިލަކީ މިއަތޮޅު ނިލަންދޫ ކައުންސިލެވެ. ނިލަންދޫ ކައުންސިލް މޮނިޓަރކުރީ 2022 މޭ 09 އިން 12 އަށެވެ.

މިއަހަރު މޮނިޓަރކުރި ކައުންސިލް ތަކުގެ ތެރެއިން ފީއަލީ ކައުންސިލް ފިޔަވައި އެހެން ކައުންސިލްތައް މޮނިޓަރ ކޮށްފައިވަނީ 01 ޖަނަވަރީ 2021 އިން 31 ޑިސެންބަރ 2021 އަށް 01 އަހަރު ދުވަހެވެ. ފީއަލީ ކައުންސިލް މޮނިޓަރ ކޮށްފައިވަނީ 01 ޖަނަވަރީ 2017 އިން 31 ޑިސެންބަރ 2021 ގެ ނިޔަލަށް 05 އަހަރު ދުވަހެވެ.

މިއަހަރު މޮނިޓަރކުރި ކައުންސިލްތަކުގެ ތެރެއިން ނިލަންދޫ ކައުންސިލް ފިޔަވައި އެހެން ކައުންސިލް ތަކުގެ މޮނިޓަރިންގ ރިޕޯޓް މިހާރުވަނީ ޢާންމު ކުރެވިފައެވެ. ނިލަންދޫ ކައުންސިލްގެ ރިޕޯޓްވެސް މިމަހުގެ ތެރޭގައި ޢާންމު ކުރެވޭނެއެވެ. އެހެން އަހަރުތަކާ ޚިލާފަށް މޮނިޓަރިންގެ މަސައްކަތް އަވަހަށް ނިންމައި، ކައުންސިލްތަކުން އިޞްލާޙް ކުރަންޖެހޭ ކަންތައްތައް އިސްލާޙް ކުރުމަށް ފުރުޞަތު ދިނުމަށްފަހު އިޞްލާޙް ކުރި މިންވަރެއް ބެލުމުގެ ގޮތުން މިއަހަރުގެ ފަހުކޮޅުގައި ކައުންސިލްތައް ރިވިއު ކުރުމަށްވަނީ ހަމަޖެހިފައެވެ.

ފީއަލީ ކައުންސިލް މޮނިޓަރކުރި ޓީމު

1- ސީނިއަރ ކައުންސިލް އެގްޒެކެޓިވް އިބްރާހީމް ޝިފާޙް ޢަބްދުއްރަޙްމާނު

02- ސީނިއަރ ކައުންސިލް އޮފިސަރ ޖަމީލާ އަޙްމަދު

03- ސީނިއަރ ކައުންސިލް އޮފިސަރ ޝަޒީލާ މޫސާ

04- ކައުންސިލް އޮފިސަރ ޚަދީޖާ ޢަލީ

ދަރަނބޫދޫ ކައުންސިލް މޮނިޓަރކުރި ޓީމު

01- އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް އިބްރާހީމް މޫސާ

02- ސީނިއަރ ކައުންސިލް އޮފިސަރ ޖަމީލާ އަޙްމަދު

03- ސީނިއަރ ކައުންސިލް އޮފިސަރ ޝަޒީލާ މޫސާ

04- ކައުންސިލް އޮފިސަރ ޚަދީޖާ ޢަލީ

ބިލެއްދޫ ކައުންސިލް މޮނިޓަރކުރި ޓީމު

01- އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް އިބްރާހީމް މޫސާ

02- ސީނިއަރ ކައުންސިލް އޮފިސަރ ޝަޒީލާ މޫސާ

03- އެސިސްޓެންޓް ފައިނޭންސް އޮފިސަރ ފާޠިމަތު އިބްރާހީމް

04- ކައުންސިލް އޮފިސަރ ޚަދީޖާ ޢަލީ

މަގޫދޫ ކައުންސިލް މޮނިޓަރކުރި ޓީމު

01- އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް އިބްރާހީމް މޫސާ

02- ސީނިއަރ ކައުންސިލް އޮފިސަރ ޝަޒީލާ މޫސާ

03- އެސިސްޓެންޓް ފައިނޭންސް އޮފިސަރ ފާޠިމަތު އިބްރާހީމް

04- ކައުންސިލް އޮފިސަރ ޚަދީޖާ ޢަލީ

ނިލަންދޫ ކައުންސިލް މޮނިޓަރކުރި ޓީމު

01- ސީނިއަރ ކައުންސިލް އެގްޒެކެޓިވް އިބްރާހީމް ޝިފާޙް ޢަބްދުއްރަޙްމާނު

03- އެސިސްޓެންޓް ފައިނޭންސް އޮފިސަރ ފާޠިމަތު އިބްރާހީމް

04- ކައުންސިލް އޮފިސަރ ޚަދީޖާ ޢަލީ

04- ކައުންސިލް އޮފިސަރ ހުމައިދާ ޙުސައިން