ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން އޮޓޯކެޑް ތަމްރީނު ޕްރޮގްރާމެއް ފަށައިފި

15 އޯގަސްޓް 2021



ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލާއި، ރަށުކައުންސިލް ތަކުގެ މުވައްޒަފުންގެ އިތުރުން އަތޮޅަށް ނިސްބަތްވާ ދާއިރާތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން އޮޓޯކެޑް ބޭސިކް ޓްރޭނިންގ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.

ދެބަޔަކަށް ހިންގާ މި ތަމްރީނު ޕްރޮގްރާމްގައި ކޮންމެ ރަށު ކައުންސިލަކަށް 02 މުވައްޒަފުންނާއި އަތޮޅަށް ނިސްބަތްވާ އިދާރާތަކުން 01 މުވައްޒަފުގެ އިތުރުން އަތޮޅުކައުންސިލްގެ މުވައްޒަފުންނާއެކު ޖުމްލަ 20 މުވައްޒަފުން ތަމްރީނު ކުރެވޭނެއެވެ.

މި ތަމްރީނު ޕްރޮގްރާމްގައި ކިޔަވައި ދެއްވަނީ މއ. ޖާރަލްގޭ އާމިނަތު ޒޫނާއެވެ. އާމިނަތު ޒޫނާ މީގެ ކުރިންވެސް ކައުންސިލްތަކުގެ މުވައްޒަފުންނަށް އޮޓޯކެޑް ތަމްރީނު ޕްރޮގްރާމެއް ހިންގަވާ ދެއްވާފައި ވެއެވެ.